ށ. ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ 22 އަހަރުގެ ޒުވާނެކެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން އެރަށު ކައުންސިލުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ، ޖެޓްސްކީ ފަހަތުގައި އައްސާފައި އޮތް ފަންބެޑެއް ޖަހައިގެން ދުއްވަމުން ދަނިކޮށް،އަނބުރާލި ގަޑީގައި ވިއްސައިގެން ގޮސް މޫދުގައި ހުރި ލަކުޑި ޕޯސްޓެއްގައި ފަހަތުގައި އިން އެކަކު ޖެހިގެން ކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.

އެވަގުތު އެ ފަންބެޑްގައި ދެމީހަކު ތިއްބެވެ. އޭގެ ތެރެއިން ނިޔާވި އެކަކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ފުނަދޫގައި ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއްގައި އައްސާފައި އޮތް ސީބެޑެއްގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފުންމާލި ކަމާއި، އަނެއް މީހާ ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:00ގައި ކަމަށެެވެ.

އަދި އެ ޒުވާނާ ހޮޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮންފިޔުޒްޑް

    ފަންޓިއުބް ގަ އިން ޒުވާނާތަ ނިޔާވީ ނުވަތަ ޖެޓްސްކީގެ ފަހަތުގަ އިން ޒުވާނާތަ؟

    22
    • ހަސަނު

      ފަންބެޑް ގަ އިން ދެމީހުން ތެރެއިން އެކަކު

      19
  2. ޔައުޤުބު

    ޔަޤީން ޓެސްޓް ކޮށްފިއްޔާ ކޮވިޑް ޕޮޒިޓިވް ވެގެން އެ ކްސިޑެންޓް ހިގާފައި އޮންނާނީ ....
    ސަރު ކާރުގެ ދިފާއީ އަޢްޑަނަ ކޮވިޑް ކިޓް ..
    ޒުވާން ހެލްތު މިނިސްޓަރ
    ކޮބާ ރިޕޯޓް ނެއްލަން ބުނާ މިނިސްޓަރު ކެރާފާ

    30
    11
  3. ޙަސަނާ

    ޒުވާނުންވެސް ވެއްޖެދޯ މިހާރު ތަންކޮޅެއްބޮޑައްވިސްނަން މަޑުމައިތިރިކަމާ އަދަބުވެރިކަން އިސްކުރިއަކަސް ޒުވާނުންނަކި ދެރަބަޔަކައްނުވާނެ ބޮމުންދުވާ މަސްތުވާތަކެއްޗަކީ އަދިބޮވުމައްހިތްވަރުދޭ މީހުންނަކީ ޒުވާނުންގެ އަދުއްވުންކަމައްދެކުމަކީ އެންމެބުއްދިވެރިގޮތް...

    34
    15
    • މުޙައްމަދު

      ހަސަނާ ކޮން ގޮތަކުން ބަލާފަ އޭނަ ކޯޗެއް ބޯ ވާހަކައެއް ތީ ދައްކަނީ؟ ވާނުވާ ނޭނގޭ ހާލު އަނގަ ހާވާ އެއްޗެއް ނޫން. ތީ ބުނާ އެއްޗެއް ބޮވިފަ ހުރި ހަސަނާ އަށް ހެން ހީވަނީ

      22
      4
    • ކިޔާ މީހާ

      މަރުވި ކުއްޖާ އކި އަހުލާގު ރަނފަޅު ކުއްޖެއް، އެ ކުދިން ދިޔައީ އާދައިގެ މަތިން ހަފްތާ ބަންދުގައި މޫދު އެރިލާ މަޖާ ކޮއްލަން، ސްޓޮޕް ޖަޖިން ޕީޕަލް

  4. ޙަސަނު

    ތި ޖެޓްސްކީގެ ކަންތައް ބޮޑުވެއްޖެ ހުޅުމާލޭގަ ވެސް ކުޑަ ކުއްޖަކު ގޮވައިގެން މޫދަށް އެރެން ބިރުގަނޭ އެ އެއްޗަކާހެދިި( އަދި އިތުރުކޮށްލާނަން ) މުޅި އަތިރިމަތިވެސް ގެސްޓުންގެ ޚިދުމަތަށް ހިސޯރު ކޮށްފަ ފައިބަރުލޯންޗު ވެސް މަރާމާތުކޮށް ހަދަނީ ކުޑަކުދިންނާއި މުސްކުޅިންނަށް ވެސް އުނދަގޫ ވާވަރަށް

    10
  5. Anonymous

    ނިޔާވި މީހާ ކޮވިޑަށް ޓެސްޓު ކޮށްފަ ޕޮޒިޓިވް ނުވޭތަ؟