ސަރުކާރު ދެމިއޮންނަން ބޭނުންނަމަ، އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލު ފާސް ނުކުރާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ބިލަށް މަޖިލިހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުންގެ އިތުރުން އަދާލަތު ޕާޓީންނާއި ޖުމްހޫރީ ޕާޓީން ވެސް މީގެ ކުރީގައި ދެކޮޅު ކަން ވަނީ ހާމަކޮށްފައެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރަން މެންބަރަކު ވޯޓު ދެއްވުމަކީ އެ މެންބަރުން ކުރައްވާފައިފާ ގާނޫނީ ހުވައާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އަދި މި ސަރުކާރު ދެމިއޮތުމަށް ތާއީދު ކުރާ އެކަކު ވެސް އެ ބިލު ގާނޫނަކަށް ހަދަން ތާއީދެއް ނުކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މިފަދަ ގާނޫނެއްގެ ސަބަބުން ދިވެހި މުޖުތަމައު އިތުރަށް ފަސާދަވެ ބައިބައިވުން އުފެދި، ދީނީ އެއްބައިވަންތަކަށް އަސަރު ކުރާނެ ކަމަށް ޖޭޕީން ބުނެއެވެ.

އިސްލާމް ދީނުގެ ޙުކުމްތަކަށް ވުރެ މޮޅު ގޮތެއް ބަޔަކު ހޯދައިނަމަ އެ މީހުންނަކީ "ލާދީނީ" ބައެއްގެ ގޮތުގައި މުސްލިމު މުޖުތަމައުން ސިފަ ކުރާނެ ކަމަށް ޖޭޕީގެ ބަޔާނުގައިވެއެވެ. އަދި އެ މީހަކަށް ޣައިރު މުސްލިމުން ތައުރީފްކޮށް މެޑަލްދީ ހަދާނެ ކަމުގައި ވެސް ޖޭޕީން ބުނެއެވެ.

މި ބިލަށް ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިތުރު ބިލެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސް އޮފީހަށް ފޮނުވައިފައެވެ. އެ ބިލަކީ ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް އިތުރަށް ތަފްސީލްކޮށް ފޮނުވާފައިވާ ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އުގުރި

    މިވަރުގެ ބައެއްކަން ނޭނގި ގެން ތަ ތިޔައުޅެނީ.

    39
    1
  2. ރިޔާޒުބެ

    ސުއްބޫހު ބިރުގަންނަ ޒާތުގެ ވާހަކައެއް.

    24
    2
  3. ކާފަބޭ2020

    ފެސިލިޓީއާއި މިނިސްޓަރު ؟؟؟؟؟؟؟؟

    11
  4. އަބްދޫ

    ލާދީނީ ބިލާމެދު ވިސްނަން ނުޖެހޭ . ލަދިނީ ގޮވީމަ ތަހުގިގު ކޮށް ކޯޓަށް ހުށަހެޅުމުން ލާދީނީ އޭ ގޮވި މީހަކީ ލާދީނީ ނުވަތަ މުސްލިމުކަމުނަ ބޭރުވެފައިމަ މީހަކުކަން ކީރިތި ގުރްއަނައި ކިރިތި ރަސުލަގެ ހަދިސް ފުޅުތަކުން ސަބިތު ކޮށްދިނީމަ އެނިމުނީ އަދި ގާނޫނު އިަސްލާމްދީނާއި ފުށުއަރަނަމަ ކޯޓް ހުކުމަކުން ބާތިލް ކޮށްލާނެ. އަދި މުސްލިމަކު ނޫންކަން ސާބިތުވިމިހަކީ ދިވެހިރައްޔަތަކުނޫންކަންސަބިތު ކުރީމައެނިމުނީ ގަނޫނުއަސަސީ ބުނާގޮތުން ދިވެހި މަޔަކައި ދިވެހިފަފަޔަކަސް އުފަންވިޔަސް މުސްލިމަކު ނޫންނަމަ އެއީ ދިވެހިރައްޔިތެއްނޫން.

    15
    4
    • ކަހުރަބު

      ހޭބަލި ފުޅުވީތޯ ޞަދޫމް ބާގައިގެ މީހުންގެ ޢަދުލު އިންސާފް އޮތްގޮތް އޮޅުން ފިލުވާލާ މި ޤއުމުގެ ކޯޓުތަކުގެ ޙާލަތުު

  5. ބިރުކުޑައަލީ

    ބުރުމާ އަނެއްއަތަށް އެނބުރެންފެށީތޯ!!ނޫނީ މޮޔަފުޅުވީތޯ! އެއްހަރަ ކުން ކިތަށް ކަށިތޯ؟100 ކަށި
    ޖެހިއަސް ހޭނާރާނެ. ތިހިރީ ރައީސް ކަން ކުރާޙިތުން މޮޔަވެފަވިއްޔާ !!!!!

    4
    1
  6. ސަމީއު

    ގާސިމު.. މިހަމަ ކަލޭ އަދުލު އިންސާފައް ފިލަންވެގެން މުޖުރިމުންނާއި ގުޅިގެން ގެނައި ސަރުކާރު. ކަލޭ ހަނދާންކުރާތި ދެން އަންނަ ވެރިކަމެއްގައި އަލުން ކަލޭ މިކަމައް ޖަވާބުދާރީ ކުރުވާނެކަން. އިންތިޚާބައް ބާކީ އޮތް ދުވަސް ގުނަން ހުރޭ.

  7. ޙުސޭނު

    ވަ ކި މީހަކަށް ފަހާފަ އޮތް ހެދުމެއް ވީމަ މައްސަލަ އަކީ ތި ބިލް އަށް ކިޔަން ވީނު. މީހުންނާ ދިމާކުރުމުގެ ބިލް

  8. ޖީމް

    ތި ބުރާންތިން މި ޙާލަތަށް މި ރާއްޖެ ވައްޓާލީ ދެން ކޮން ވާހަ ކައެއް ދައް ކާ ކަށް މި ލާދީނީ ޣައްދާރު ވަގު ބާޣީ ސަރު ކާރު ގެންނަން ވާގިވެރިވި އެންމެން އެއީ އަހުންގެ ދުޝްމަނުން ތީ ﷲ ތަޢާލާއާއި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމް އަށް ފުރައްސާރަ ކުރުމުގެ ފުރުޞަތު ފަހި ކޮށް ދިން ޚާއިނުން

  9. ޓ

    ކޮބައިހޭ މައުމޫން...ބަހެއް ވެސް ބުނެނުލާ...ދަރިފުޅުގެ މަގާމް ގެއްލިދާނެތީ...

  10. ޖާބެ

    ހުރިހާއެއްމެން ބައިއަޅާލައި ގެން ޤަޢުމުކައި ހުސްކޮށްފި ޤާސިމް މިފަހަރު ކިން ގް މޭކަރަކައް ނުވާނެކަން ޔަޤީން ، ފަހަތައް އަރާނެ ބަޔަކު ނުވާނެ