ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމުގެ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި މަޖިލީހުގެ އިދާރާއިން އެދިއްޖެއެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ މި ކަން "ވަގުތު" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޒަމީލްގެ މައްޗަށް މި ދައުވާ އުފުލުމަށް މަޖިލީހުގެ އިދާރާއިން އެދިފައިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް 40 ސިފައިން ވަކިވަކިން ހާޒިރުކޮށްދޭން އެމްއެންޑީއެފްގައި އެދުމުން އެކަން ނުވާނެ ކަމަށް އަންގަވައި މަޖިލީހަށް ފޮނުވި ސިޓީގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.

ސިފައިންގެ ވަކިވަކި ބަޔަކު ހާޒިރު ކުރަން ކޮމިޓީން އެދިފައިވަނީ އެ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއެއްގެ ބޭނުމަކަށެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް އެ ކޮމިޓީން ހިންގާ އިންކުއަރީއެކެވެ.

މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން އިގުރާރުވެގެން ފަށާފައިވާ އެ އިންކުއަރީގެ ބޭނުމަށް ވަކިވަކި ފުލުހުން ހާޒިރުކޮށްދޭން އެދުމުން ފުލުހުންގެ މުއައްސަސާއިން ވެސް ވަނީ އެ ގޮތަށް ހާޒިރުވާނެ ކަމަށް މަޖިލީހުގައި އަންގައިފައެވެ.

އެމްއެންޑީއެފުން އެ ކަމަށް ދެކޮޅު ހެދުމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދު ވެސް މި ކަމަށް ދެކޮޅު ހެއްދެވިއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދަވައިފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ސިއްރާ

  ވެރިކަން ލިބުނީމަ ވެރިކަން ކުރަންނޭނގި އެއްބަޔަކު އަނެއްބަޔަކާ ތަޅާނީ މިޔައް ކިޔަނީ ބަލާވެރިކަމޭ

  91
  1
  • ދުންޔާ

   ދައުލަތުގެ މުއައްސަސާއެއްވިޔަސް ޤާނޫނީ އިމުން ބޭރުވީމަ ރައީސުލްޖުމްހޫރިއްޔާޢަށް ޖެހޭނެ އޭނައަށް ލިބިފައިވާ ބާރުގެ ދަށުން އެތަނެއް އުވާލާ ޤާނޫނުގައި ބުނެފައިވާ ގޮތަށް އަމުރު މައުރޫފު ހިންގަން. މިހާރު މިދަނީ، ކުއްލި ނުރައްކަލުގެ ހާލަތު ގެ ގަރާރެއް ނެރެންޖެހޭ ދަރަޖައަށް.

   12
  • ހަމްދާން

   މިގައުމުގައި ވެރިކަމެއް ނެތީތަ؟ މަޖްލިސް ހައްދުން ނެއްޓުނީމަ ޤާނޫނު އަސާސީން ރައީސުލްޖުމްހޫިރިއްޔާއަށް ލިބޭ ބާރެއް މަޖްލިސް އުވާލުމަކީ!!!! ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ އެޑްވައިޒަރަކީ ހަމައެކަނި ދައުލަތުގެ ފައިސާ އާއިލާ މީހުންނަށް ބަދަލުގެ ގޮތުގައި ދިނުމަށް ގާނޫނީ ލަފާދޭމީހެއްތަ؟؟؟

   15
 2. ފިޤުހު

  ބޮޑު ދެގެރި ތަޅަންޏާ ކައްގަލަ ބާރު ބޮޑު.

  66
  2
 3. ކާފަބޭ2020

  ތިޔަތިއްބެވި( އިއްޒަތްތެރި) ބޭޅުންނަށް ބަލިމަޑުކަމެއްގެތެރޭ ދުވާލަކުފަސްހަމީހުން ދުނިޔެއާއަލްވަދާއުކިޔާއިރު ޒުވާންމިނިސްޓަރާސުވާލުވެސްކޮނުލެވެނީ ޕާޓީގެމިނިސްޓަރަކާ ސުވާލުނުކުރެވޭނެކަމަށް އަންގާފައޮތީތޯ؟ ތުއްތުފުރާނެއެއް ގެއްލިގެންދިޔައިމަ ކުށްވެރިމިވީ އެމްބިޔުލާންސާ އޭގެހަތަރުފުރޮޅު! ދެންކުށްވެރިވާނީ ސެންޓަރުގަހުރީފޯނުތައް! 🙂😄😄😄😄😄😄😄

  57
 4. ޙެހެ

  އެހެން ވެއްޖެނަމަ ސިފައިންނައް ވޯޓުވެސް ލެވިގެން ނުވާނެ. ތިބުނާ ގޮތައް ވާނަމަ މުޅި ސިފައިންގެ ފަރާތުން ގުރުއަތުން ހޮވޭ މީހަކު ގޮސް އެންމެންގެ ވޯޓު ލާނީ ދޮއްތޮ!!!

  14
  34
 5. އިސްތިއުފާ

  ވަކިވަކި ސިފައިން ހާޒިރު ކުރަން ދެކޮޅު ހެދުމުން ޑިފެންސްގެ ނައިބަށް ދައުވާ ކުރަން މަޖްލީހުން ޕީޖީ އަށް އެންގޭނީ އެއީ ސީދާ މަޖްލީހުގެ އަގްލަބިއްޔަތުން އެގޮތަށް ފާސް ކޮށްގެންނޭ ތަމެން ތިޔާ އުޅެނީ ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން ތިޔާ ކަން ކުރާ ގޮތުން ތަމެން ތިޔާ ދަތުރު ކުރަނީ ޚުދު މުޚުތާރުވެރިކަމަކާއި ދިމާލަށް ކަން މަމެން ދަންނަމޭ އިނގޭތޭ ތަމެން ދެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  32
 6. ސަހަރޯ

  މަނީ ލޯންޑަރިންގ ގެ މައްސަލަތަކުގައި މީގެފަހުން ދަޢުވާ ކުރަން ފެންނަނީ ލޯންޑަރ ކުރެވޭ ފައިސާގެ ނޫޓުގައި ސޮއިކޮށްފައިވާ މީހެއްގެ މައްޗަށް.

  46
 7. Anonymous

  ހާދަ ލަދު ޙަޔާތް ކުޑައޭ.
  ފާޑުފާޑުގެ ބިރުދައްކަނީދޯ. ސޮއި ކުރަންޖެހޭ މީހަކު ސޮއި ކުރާނެ. އެކަމަކު މިނިސްޓަރު ނޫންތަ ގޮތްނިންމާނީ. ކިހިނެއް ވެގެން އުޅޭ ބައެއްމީ. ނަބިއްޔާއަށް ފުރައްސާރަ ކުރާމީހުން ނަށް ފިޔަވަޅެއް ނޭޅޭ.

  59
  1
 8. މިއަދުގެސުވާލު ؟

  ސިލްސިލާޑުރާމާއަށް އިތުރުވެގެން ފާވެގެންއުޅޭ އެޕިސޯޑެއްދޯ ؟؟

  46
  1
 9. Anonymous

  މަޖްލިހަކީ، ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާއެއްނޫން... ތި އުޅެނީ ދަލުބޭރުން ޖެހިގެން. މައްސަލަ އެއް އޮތްނަމަ މެންޑޭޓް އޮންނަ ފުލުހުންނަށް ހުށަހަހަޅައިގެން ތަހްުގީގު ކުރުވާފަ ދައުވާ ކުރެވޭނީ!!! ރައްޔިތުން ގުނބޯ ހެދިފަ ނުތިބެ މަޖްލިސް މައިތިރި ކުރަން އެބަޖެހޭ!!!!!!

  53
  1
  • އެމްޑީޕީ ޔޫކޭ އަޮފިސް

   އަމިއްލަޔަށް އިއްޒަތްތެރިއޭ ތިކިޔާ މެންބަރުންގެތެރޭ ގާނޫނު އެއީ ކޯއްޗެއްކަން ހަމަބުއްދިން ދަންނަ އެކަކުވެސްނެތް ކެންދޫ ދާއިރާގެ މެމްބަރ އުސްތާދު އަލީހުސެއިން ފިޔަވާ. ޢެއީ އަޅުގަނޑުމެން ދަންނަ މީހެއްވެސްނޫން. ޢެކަމަކު އެބޭފުޅާ އެއީ ހަމަބެސްޓް. ދެންތިޔަ ނަޖިލީހުގަ ތިއްބެވި މީހުން ކުރަންވީ ކަމަކީ ތިޔަފަދަ މަގާމަކަށް ކުރިމަތި ލުމުގެ ކުރިން ގާނޫނީ ތައުލީމް ކިޔަވަންދާން އަޅުގަނޑުމެންގެ މިއޮފީހުން ގޮވާލަމެވެ. ޢަދި މިފުރުސަތުގައި ދިވެހި ދައުލަތުގެ ސުޕްރީމް ކޯޓުން ދިވެހި ދައުލަތުގެ ރައްޔަތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުގެ ތެރޭގައި ގާނޫނީ އަދި ދީނީ ތައުލީމުއިން އެންމެ ދަށްވެގެން ޑިގްރީއެއް އޮތުން ލާޒިމުކޮށް މަޖިލިސް މެމްބަރުންގެ މުސާރަ ރައީސުލް ޖުމްހޫރިއްޔާއާއި ކެބިނެޓުން ކަނޑައަޅާ ގޮތައް ބަދަލުކުރަން ސުޕްރީމް ކޯޓުން ކަނޑައެޅުމަށްވެސް މިފުރުސަތުގައި ގޮވާލަމެވެ.

   13
 10. ޙަސަނު

  މުޅިސިއްހީނިޒާމް ފެއިލްވެ ގައުމުއިންދަޖެހޭހިސާބުގަ އޮތްއިރު މަޖުލިހުގަ އެކަމާކަންބޮޑުވެގެން އުޅޭއެކަކުވެސްނެއް ނަސީދުގެ ބްލެސިންލިބޭގޮގައް ހުރިހާކަމެއްކުރީމަ ހުރިހާކަމެއްފުރިހަމަވީކަމައްދ3ކޭނަމަ ބުނާނެއެއްޗެއްނެއް

 11. އަރީބު

  ޑްރާމާއެއް ދޯ؟ މިނިސްޓަރު މާރިޔާ އެއް ނޭނގި ނިންމި ނިންމުމެއްތޯ؟ އެމްޑީޕީ ވެރިކަމުގަ އަބަދުވެސް ފެންނާނީ ޑްރާމާ. ބައެއް ފަހަރު ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާވެސް ދޭން ބުނެފާނެ ވެރިމީހާ. ރައްޔިތުން ތިބީ ވަރަށް ހާލުގައި ބަޔަކު މީހުންނަށް ޕެންޑަމިކް ތެރޭ ބައިވަރު ލާރި ލިބުނަސް.

  11
 12. ސަލްފީން

  މަޖިލީހައް ވަކިވަކި ޑޮކްޓަރުންނާއި ވަކިވަކި ނަރުހުންނާއި ވަކިވަކި ރިސެޕްޝަނިސްޓުންވެސް ގެންދޭ. މަޖިލީސް ހިންގަން ނޭނގޭ ބޮލުރޮދިންތަކެއް މިތިބީ. ގެޔައް ދޭބަލަ ނޭގެންޏާ. އިންގޭ ކޮންމެވެސް ކަމެއް ކުރަން.

  13
 13. ުުުުުުުުު

  ގާނޫނު އަސާސީގައި ބުނަނީ، މަޖްލިހަކީ ގާނޫނު ހަދާތަނެކޭ!!! ޖުރުސްޕްރޫޑެންސް އޮފް ލޯ ދަސްކޮށްބަލަ. ތި ތަނަށް ތިދަނީ، ސޮސައިޓީގެ ބެޓަރމެންޓަށް މަސައްކަތްކުރަން. އަމިއްލަ އެޖެންޑާ ފުރިހަމަކުރާކަށްނޫން. ތިއީ އެބިއުސް އޮފް ޕަވަރ. މިގައުމުގެ ގާނޫނީ އެއްވެސް މުއައސަސާއަކުން މިޖްލިހުގެ މެންޑޭޓުން ބޭރު ކުރާއެއްވެސް އަމުރަކަށް ކިޔަމަންވާކަށް ނުޖެހޭނެ. އެއްވެސް މުއައްސަސާއަކީ، އަދި އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައިތިބޭނެ ބައްނޫން... މި މަޖްލިސް މެންބަރުންނަށް ދަސްކޮށްދީބަލަ ރޫލް އޮފްލޯ.............

  12
 14. ަސދަސަ

  ކީއްވެ ނައިބް ؟
  ކޮބާ މިނިސްޓަރ ؟
  ކަމަކާއި ޖެހުނީމާ މިނިސްޓަރ ފިނދަނަޔަކަށް ވެއްޖެ ދޯ ؟

  12
 15. ސަނީފް

  ނިކަން އަވަހައްގޮސް މަޖިލީހުގައި ބޮޑު ތަޅުއަޅުވައި އެތާތިބޭ ރާ ބޯމީހުން ހައްޔަރުކޮއް ޝަރީއަތައް ވަކިވަކީން ހުށައެޅުމައް އެމްއެންޑީއެފައް ދިވެހި ރައްޔިތުންގެ ފަރާތުން އެދެމެވެ. މަޖިލީހަކައް ދައުލަތުގެ އަނެއް ދެބާރުގެ މައްޗައް ފާޑުފާޑައް ގަދައެއްނުވެވޭ. އެއީ ގާނޫނު އްސާސީ މުގުރާލުން. ސިފައިންޖެހޭ ގާނޫނު އަސާސީ ހިމާޔަތް ކުރަން. ހަމަ މިހާރު ތަންފީޒުކޮއް މަޖިލީސް ހަމަ މަގައް އަޅުވަން ސިފައިންނައް ގޮވާލަން. މިހާރު މަޖިލީހަކީ ބޮލު ނުހޮރޮއްޕާނަކައް ވެއްޖެ ރައްޔިތުންނައް. މިއީ އެތާގަ ހުރި ކައްޒާބު ޖަރުމަނުގަ ފިލާއޮވެ ހިންގާ ފިތުނަ ހުސް.

  14
 16. ކޮރަލް

  މާރިޔާ ދައްތަ ގެ ވާހަކަ ދައްކާކަށް ނުކެރެ އެވެ.

  10
 17. ނަައީމް

  ދެން ކޮބާތޯ މިނިވަން މުއައްސަސާއަކީ ކުޅޭކުޅޭ ބަޔަކައް ނުވާތި ފިސާރިކެރޭ ގައުމުދިފާއު ކުރާ ބަޔަކައްވާތި ސާބަސް ތިފަދަ ކެރެ ހިތްވަރުގަދަމީހުން ބޭނުމީ

 18. ބޭޗާރާ

  މަޖިލީހުން އަންގައިގެން މީހެއްގެ މައްޗަކަށް ޖިނާއީ ދައުވާއެއް ނޫފުލޭނެ. މީ ހޭހުސްވެފައި ތިބި ބައެއްބާ!

  10
 19. Anonymous

  ކުރިން ވެރިކަން ހިންގުމުގެ ބާރުގެ ވެރިއަކަށް ހުރެގެން ކުރާނެ ނުކުރާނެ ކަމެއްނޭނގި ތެޅެންފެށި ވައްތަރުން ފުލުހުންނާއި ސިފައިން ދެކޮޅު ހަދައި ޤާނޫނަށް ރުޖޫޢަވާން ބުނުމުން ގަދަބަސްބުނެ ފިރުއައުނު ފަދައިން ބޮޑާވީމަ ސަލާމަތީ ބާރުން އެއްބާރުލުން ނުދިނީމަ އިސްތިއުފާދީފަ އަނެއްދުވަހު ނުކުމެ ބަގާވާތޭ ކިޔައި ގައުމުގައި ހުޅުޖަހާ އަންދާލީ.
  މިފަހަރު ގާނޫނުހެދުމުގެ ބާރާއި ހަވާލުވެ ހުރިހާ ތާކަށް އަތްބާނައި ހިތުހުރިގޮތެއް ހަދަމުން ދުވަނީ. މިހާރުވެސް ވަސް ދުވާއެބަ ސަލާމަތީ ބާރުތަކުން މަޖުލީހަށްވަދެ ތިޔަ އާލާތްގަނޑު ބޭރުކޮށްލާކަން. އެކަމު މިފަހަރު ހުޅުޖަހަން ފުރުޞަތެއް ނުދޭނެ ސަލާމަތީ ބާރުތަކުން މިފަހަރު ތިބީ ހުޅު ބިނދުނަސް ހުޅުޖަހަން ފުރުޞަތު ނުދޭގޮތަށް.
  ކެރަފާ ލާދީނިއްޔަތަށް ސަލާމް.
  އެމްއެމްޕީއާރުސީގެ ދިޔާތަކެއްޗަށް ސަލާމް.

  11
 20. Anonymous

  ރައްޔިތުންގެ މަޖުލިސް ސައިޒު ކުރަން ރައްޔިތުން ނުކުންނަންޖެހޭ.

  13
 21. ފަތިމާ

  ބަލަ ކަލޭމެން ބޭނުންވާއިރާ ސިފައިންނެއް ނުގެންދެވޭނެ އެއީ ވަ ކިގަވާޢިދުތަ ކަކ ކާއި ގާނޫންތަ ކަކަަ ކެއްމަތީ ކުރިޔަށް ދާ މުވައްސަސާއެއް. މިގައުމުގައޮތް ޤާނޫންތަށްމުގުރާލައި މިޤައުމު އިތުރަށް ހަލާ ކުގެތެރެއަށް ވައްޓައިނުލާ އަވަހަށް އިސްތިއުފާދީ އާދެސް ކޮށްފަބުނަން .

  11
 22. ފާތުން

  ތީމާރިޔާގެ ތިމާގެމީހެއްވީމައެހެންވާނީދޯ

  • Anonymous

   އަސްކަރީ ވެރިކަމަށް ބަދަލުކޮށް މަޖްލިސް އުވާލާ.. މާމައްޗަށް ތިދަނީ. ދެން ވަރިކައިވެނިވެސް ތިމަޖްލީހުން ކޮށްދޭން ފަށާފާނެ!!

 23. ސަންދީން

  މަޖިލީހުގެ ބަލާވެރިކަން ކޮވިޑައް ވުރެ ނުރައްކާތެރިކަމުގައި ފަހަނަޅައިފިނަމަ އެތަން ހަންމަތަކުރަން ހުރިހާ ރައްޔިތުން ނިކުންނަންވީ. ގައުމު އަވަދިނެތިވެ ސުންނާފަތިވެ ފައިންއެރެންދެން ކޮވިޑޭ ކިޔާފަ މިބަލާވެރިކަމާއިގެން ތިބެވޭކަށެއް ނެތް.

 24. ލޮނުމިރުސް

  ތިޔައީ މި ގައުމަށް ލައްވާލި ބޮޑު ބަލާވެރިކަމެއް ، ނިކަން ބައްލަވާ ، އަމިއްލަ ވެރިކަމެއް ކުރަން ގައުމު އެއްކޮށް ލިބުނީމާ ވެސް އަމިއްލަޔަށް ފޫއެޅުނީ ، މިހާރު މިހި ގާ ގޮށް ރީދޫ ސަރުކާރު ގަ ވެސް ފޫ އެޅެނީ ، ގާނޫނު ހަދާ މަތި ގެޔަކީ މައްސަލަ ބަލާ ކޯޓަކަށް ހަދާފި ، ތިނެތި ވަކިވެފަ އޮތް ނިޒާމެއް ގައި ، ތިން ބާރު އެއްބާރަށް ހަދާއިފި ، ފައްކާ ސޮހޮލެއް ، ލޯބިވެރިޔާ ލައްވާ ލާދީނީ ބިލްތަށް މަތި ގެއަށް ބަރިބަރިއަށް ވެއްދިޔަސް ، ކަލެޔަށް ލާދީނީ ނުކިޔޭނެ ގޮތެއް އެއީ ނެތް ގޮތެއް .

 25. ޙަސަން ނަސީރު

  ޑިފެންސްގެ ނައިބު ތިޔައީ މިނިސްޓަރުގެ ދެބެންގެ ދެދަރި މީހެއް. ޗެކް ކޮއްލާ! ޢާއިލި ވެރިކަން.

 26. ބަލާވެރި

  ދެން މިގައުމުގައި ވެރިޔަކަށް މިހުރީ މަޖިލިސް ކިޔާމީހެއް ދެވަނަވެރިޔަކަށް މިހުރީ ސޯލިހުކިޔާމީހެއް ހަމައަޖައިބުވެ އަންތަރީސްވެއްޖެ ވެރިޔަކަށްވުރެ މަޖިލިސްމާ ބާރުގަދަވެއްޖެ ފަހުޒަމާނުގެ އަލާމާތެއްބާ!!!!!!!!

 27. ކޮވިޑް

  ބަލަ ޖަމީލް ލައްވާ ސޮއިކުރުރިމީހާ ޔޯ؟ޔަގީނުންވެސް ޖަމީލް އަމިއްލަ އަށް ސިޓީލިޔެފަ ސޮއިކޮށްފަ ނުފޮނުވާނެ . މީ މިސަރުކާރުގެ ރިޔަލިޓީ އަކީ ކަން ކުރުވާނީ ވެރިން ނަން ވެ އަދަބުލިބޭނީ ނިކަމެތި މީހާ އަށް މީ އެޖެންޑާ 19 ގެ ތަފާތު.