ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގައި އެދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްކޮށްގެން ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ދައުވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް އުފުލައިގެން މަޖިލީހުން ޕީޖީގައި އެދުނީ، ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ދެކޮޅު ހަދައި މަޖިލީހަށް ފޮނުވި ސިޓީގައި އޭނާގެ ސޮއި އޮތުމުންނެވެ.

މި ކަމަށް އިޝާރާތްކޮށް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމިޓީން ނިންމާނީ އެ ކޮމިޓީގެ މެންޑޭޓްގައި އޮތް ކަމެއް ކަމަށެވެ. އަދި ކޮމިޓީގެ ނިންމުމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި ތަޅުމުގައި ވޯޓަށް އަހައިގެން ފާސް ކުރަން ޖެހޭ ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"މުޅި މަޖިލީހުގެ ކަންކަން ނިންމަން ޖެހޭނީ މުޅި މަޖިލީހުގެ ތަޅުމުން ވޯޓަށް އަހާ ފާސްކޮށްގެން، އިދާރާއަކަށް ވެސް، ކޮމިޓީއަކަށް ވެސް، އަދި އެ ނޫން ބަޔަކަށް ވެސް ނުނިންމޭނެ އެ ކަމަށް،" ފެހި ގާނޫނޫ އަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މެންބަރު ކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ކުރެއްވި އެހެން ޓްވީޓެއްގައި ލިޔުއްވާފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހަކީ ކޮބައިކަން ވެސް އޭނާއަށް އޮޅިވަޑައިގެންފި ކަމަށެވެ. އޭނާ މި ގޮތަށް ފާހަގަކުރެއްވީ މަޖިލީހުގެ އިދާރާގެ ގޮތުގައި ގާނޫނު އަސާސީގައި އޮންނަނީ މަޖިލީހުގެ މެންބަރުންގެ މައްޗަށެވެ.

"އަޅުގަނޑުމެން މެންބަރުން ކުރެ ހޭ ވެސް އަހާ ނުލައި ކަންކަން ނިމިގެންދާ ވާހަކަ މި ފެންނަނީ ނޫސްތަކުން،" މީގެ ކުރިން ވެސް މި މަޖިލިސް ހިނގަމުންދާ ގޮތާ މެދު އެކި ފަހަރު މަތިން ނުރުހުން ފާޅު ކުރައްވާފައިވާ ޝަރީފް ލިޔުއްވާފައިވެއެވެ.

ޝަރީފް ފާހަގަ ކުރައްވާފައި ވަނީ ވެސް އާންމުކޮށް މީގެ ކުރިން ކޮމިޓީގެ ނިންމުންތަކުގައި އަމަލުކޮށްފައިވާ އުސޫލަށެވެ. ކޮމިޓީން މައްސަލައެއް ދިރާސާކޮށް ނިންމާ ނިންމުންތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާނެއެވެ. އެ ރިޕޯޓަށް ތަޅުމުގައި ވޯޓަށް އަހާނެއެވެ. އަދި ރިޕޯޓަށް ގެންނަން ބޭނުންވާ އިސްލާހެއް ހުށަހެޅުއްވުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް އޮންނައިރު ކޮންމެ ހުށަހެޅުއްވުމަކަށް ވޯޓަށް އެހޭނެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ސިފައިންގެ 40 މީހަކު ހާޒިރުކޮށްދޭން އެދުނީ، އެ ކޮމިޓީން މިހާރު ފަށާފައިވާ އިންކުއަރީއަށް މައުލޫމާތު ހޯދުމުގެ ބޭނުމެކެވެ. އެ އިންކުއަރީއަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގޭ އިންކުއަރީއެކެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއެކު އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް އޭޑީކޭއިންނާއި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ފަރުވާ ހޯއްދެވިއެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގެރިލޯބި

    މަސްތުވާތަ ކެއްޗާއި ގޮވާތަ ކެތިހޯދައިގަތުމުގެ ހުނަރާއި ކުޅަދާނަ ކަން
    ލިބިގެންވާ ކުއްތާތަ ކަށްވުރެންވެސް މިމީހުންހިތުން މިމީހުންމޮޅު !! މިބައިމީހުންނަ ކީ ކުއްތާތަ ކެކ ކޭބުނީއެއްނޫން.

    26
    1
  2. ޝުހާގު.މ

    ދައުވާ އަކީ ޢަގުލަބިއްޔަތައް ކުރެވޭކަމެއްނޫން.. އެއީ އުންސުރާއި ހެއްކައް ކުރެވޭ ކަމެއް. މިއީ ސަދޫމްތަ..؟

    21
    1
  3. Anonymous

    މިގައުމުގަ ރޫލްސް އޮފް ލޯ އެއް ކޮށް ނެތި ގޮއްސި، މިއީ ވަރަށް ހިތާމަވެރި ކަމެއް.

    17
  4. ޮއައްޑޫކަލޯ

    ގެރިލޯބި. .އެމީހުންނާ ކުއްތާއޭ ނު ކިޔޭތޯބަލަން ސޫރަތުލް އަޢުރާފްގެ.176 ވަނަ އާޔަތްބައްލަވާ!

    10
  5. ސޯލިހާ

    މެޖޯރިޓީ އޮތަތީވެ ރަށްޔަތުންގެ ވިންދާ އިހުސާސް ތަ ކަށް އެއްވެސް ވަރަ ކަށް ބެލުމެއްނެތް ވެރި ކަމެއް.

    17
  6. ާައަހުމަދު

    މީނަގެ ނަން އޮތްތޯ އެމްއެމްޕީރސީ ލިސްޓްގަ؟

    9
    2
  7. ސުމާ

    އަނބިފިރިކަމުގެ ގުޅުން ހިންގޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްކޮށްގެން ކަމަށް ކަނޑައަޅައިދިނުން އެދެން.މީ މާތިން އައިސް ތިބިބަޔެއްތަ؟

  8. މޫސާ ޔޫސުފް

    ޝަރީފް ތިވިދާޅުވީ ހަމަ ރަގަޅަށް އަޅުގަޑުންގެ (ދިވެހި ރައްޔިތުންގެ) މަޖިލީހަކީ ކޮބައިކަން ވަރަށް ބޮޑަށް އޮޅިއްޖެ، މިހާރު މަޖިލީސް ސިފަވެގެންދަނީ މީހުންނަށް ހުކުމް ކުރުމަށް ހަދާފައިވާ ކޯޓެއްގެ ގޮތަށް އަސްލު މަޖިލީހުން ކުރަން ޖެހޭ ކަންތައްތައް މަޖިލީސް މެމްބަރުން އޮޅިއްޖެހެން ސިފަވެގެންދާހެން ހީވާންފަށާފި..

  9. މާމީ

    ވަގުން ގެ ނަންތައް ނަގާފަ ފޮނުވާ.

  10. މިތުރާ

    ކޯޓު އު ވާލާފަ މަޖިލީސް މަސްސަލަ ބަލާފާ ޖަލަށްފޮނު ވަން ޖެހޭމީހުން ފޮނު ވާ، ބުރޯ