މިދިޔަ މަހު ނެގި ސުންކުގެ ނަތީޖާތަކެއް ނުލިބިގެން ގދ. ވާދޫ ރައްޔިތުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ވާދޫ ކައުންސިލްގެ ނައީބު ރައީސް ހާޝިމް މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ދިމާވެގެން ރަށުގެ ބައެއް ރައްޔިތުންގެ ކަންބޮޑުވުން ހުށަހަޅާފައިވާ ކަމަށެވެ.

ހާޝިމް ވިދާޅުވި ގޮތުގައި އެރަށު ރައްޔިތުން މައްސަލަ ޖައްސާފައިވަނީ އެމީހުންގެ ސުންކުތައް ނެގި ފަހުން، ސުންކުތައް ނަގާފައިވާ ބައެއް ފަރާތްތަކުގެ ނަތީޖާތައް ލިބުމާއި ގުޅިގެންނެވެ.

އެގޮތުން 26 ވަނަ ދުވަހު ނެގި ސުންކުގެ ތެރެއިން ފަސް މީހެއްގެ ސުންކު ނުލިބޭ ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުގެ ތާރީހެއްގައި ނަގާފައިވާ ސުންކުތަކުގެ ނަތީޖާ ލިބިފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ، ނަތީޖާ ނުލިބި ތިބީ، ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ސުންކުތައް ކަމަށެވެ.

އެކަމާއި ގުޅިގެން އެކި ފަހަރު މަތިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅާފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ވާދޫގައި ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ތިން މީހަކު ކޮވިޑަށް ފައްސިވެ، ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ފަހަކަށް އައިސް ކޮވިޑަށް ޓެސްޓް ކުރާ އެތައް ބަޔަކު ގެންދަނީ ނަތީޖާ ލިބުން ލަސްވެގެން އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. އެގޮތުން އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ނެގި ސުންކުތަކުގެ ނަތީޖާ މޭއި މަހުގެ 20 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށް މީގެ ކުރިން ރިޕޯޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިޒްރޭލު ބެއްޔާގަނޑު

    ފިތުނަ ނަހަދާ! ތިކަމުގަ އިހުމާލެއް ވޭތޯ އެބަ ބަލަން! އިބިލީހުގެ ކައިވެނި ހަފްލާގަ ނަތީޖާ އާންމު ކުރާނަން!

    4
    1
  2. ރައްޔިތުން

    ލަސްވެސް ވާނެ. ނަސީމްބެ ނިދާފަ އޮތީ. ހޭލެވުނީމަ ވީގޮތެއް އަނގާލާނަމޯ

    4
    1
  3. Anonymous

    އެއްކަމެއް ދެކަމެއް ނޫން. ބަޔަކު ފޭލްވެގެން ދާނީ މިހާކަތްހާވަރަށް. އިސްތިއުފާ ދީފަ ގެއަށް ދާންވީ

  4. ބުއްޅަބެ

    ކެރަފާ އިހުމާލު ނަސީމް، އިސްތިއުފާ!