ރާއްޖެ އިން އިތުރު 590 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މީގެ ތެރެއިން 461 މީހުންނަކީ އިއްޔެ ނަގާފައިވާ ސުންކުތަކުން ކޮވިޑަށް ފައްސިވި މީހުންނެވެ.

މިއަދު ފައްސިވިކަން އިއުލާން ކުރި މީހުންގެ ތެރެއިން 389 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 195 މީހުން އަދި ރިސޯޓްތަކުން ހަމީހުން ވަނީ މިއަދު ފައްސިވެފައެވެ.

މިއަދު އިއުލާން ކޮށްފައި ވަނީ 5256 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ފައްސިވި މީހުންގެ ނަތީޖާއެވެ. މިއަދު ވެސް ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %11 އެވެ. އިއްޔެ ވެސް ޓެސްޓް ކުރި މީހުންގެ %11 ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑް ޖެހިފައި 20014 މީހުން ރާއްޖޭގައި މިހާރު އެބަތިއްބެވެ. އޭގެ ތެރެއިން 191 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ މެއި މަހުގެ 05 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރަން ނަގާ ސުންކުތައް ޓެސްޓް ނުކުރެވި އަނެއްކާވެސް "ބެކްލޮގެއް" އުފެދިފައި ވާއިރު މިހާރު މާލެ ސަރަހައްދުގައި ޓެސްޓް ކުރުމުގެ ކެޕޭސިޓީ ހުރި މިންވަރެއް ވެސް ސާފެއް ނުވެއެވެ. މިދިޔަ މެއި މަހު ވެސް އެއް ދުވަހު 7000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. ނަމަވެސް ބައެއް ދުވަހަކު ޓެސްޓް ކުރާ މީހުންގެ އަދަދު ދެހާހަށް ވެސް މަދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    އެކިދުވަސްތަކުގެ މަތިންނެގި ސާންޕަލުތީ....ކޮންމެކަމެއްގައިވެސް އޮޅުވާލުން.