މާލެ އިން ރަށަށް ދެވޭނެ ޒަރޫރީ ސަބަބުތައް އެޗްޕީއޭ އިން އިއުލާންކޮށްފިއެވެ.

ދެންމެ އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ވިދާޅުވީ މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅު ތަކަށް ދަތުރުކުރުން ވަނީ މި ވަގުތު ހުއްޓާލެވިފައި ކަމަށެވެ.

މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި ބަލާނީ ހަތަރު ޒަރޫރީ ޙާލަތްތަކަށް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެއީ ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުމާއި، މާލޭގައި އަދާކުރަމުންދާ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުމާއި މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުމާއި މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި ދާންޖެހިފައިވުމާއި (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނެއެވެ.) އަދި މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާންޖެހުމެވެ.

މިފަދަ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމަށް އެދި ޖޫން 6 ވަނަ ދުވަހުން ފެށިގެން ހުށަހަޅާނީ ހާލުބެލުން ޕޯރޓަލް މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިގޮތަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ، ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަން ޖެހޭނެއެވެ.

މިފަދަ ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރުވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން 14 (ސާދަ) ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 (ސާދަ) ދުވަހަށްފަހު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މާލެ އިން ރަށަށް ދެވޭ އުސޫލު ހަރުކަށި ކޮށްފައި މިވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ ކައިރިވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަންނި

    ރަށައް ގޮސް 14 ދުވަހު ގެ ކަރަންޓީނެއް ފުރިހަމަ ކުރާއިރުވެސް ތިހުރިހާ ހާސަރުތަކެއްބަލަން ޖެހޭތަ. އިއުލާނު ގައިވާ ގޮތައް ކަރަންޓީނު ވާން ޖެހޭމީހުން ދަނީ މާލެއިން ކަމު ގަ ވާނަމަ މާލޭ ގަ ދިރިއުޅޭމީޙާއައް ނުދެވެންވީ ސަބަބެއް ނެތް

    3
    1
  2. ޒަރީނާ

    އަޅެ ވަގުތު ކުދިން ބަލައިދީބާ ކޮވިޑް ޖެހި ރަނގަޅު ވެފަ ތިބޭ މީހުން ކަރަންޓީން ނުވެ ނުދެވެނީ ކީއްވެތޯ

    3
    1
  3. އައްޑޫ މީހާ

    ތިޔަ އެޗް.ޕީ.އޭގަ ތިބި މީހުންނަށް ޒަރޫރީއަކީ ކޮބައިކަން އެގުނީ ހާދަހާ ވަރަކުންނޭ އަތޮޅުތަކުން މީހުން މާލެ އަންނަނީ މާލެ ރީތިވެެގެން ހިލޭ ސާބަހައް މާލޭގައި އުޅެވޭތީ ކަމަށް އެޗް.ޕީ.އޭގައި އުޅޭ ލީގަލް ގުރޫޕަށް ހީވާކަހަލަ މިހާރު ނޭގެ ކޮންޗެއް ވިސްނިގެން ކަމެއް ޒަރޫރީ ބޭނުންތައް އެގުނީ ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން އުޅުނު ބައެއް

    7
    1
    • ހުވަދޫ މީހާ

      ޗުއްޓީގަ ރަށައް ނުދެވޭތީ ހާދަ ވަރެއްތިއުވަނީ ކަލޭ މާލެ އައި ބޭނުން މިހާރު ފުދުނީތަ؟ ދެން އައްޑޫއަށް ގޮސްފަ މާލެޔައް ނާންނަނީތަ؟ ކަލޭމެން ކަހަލަ އަމިއްއެދުން ބޮޑު މީހުންގެ ސަބަބުން އައްޑޫ ފުނޑި ހަލާކުވެއްޖެ! އެހެންޏާފަހެ ދިރިއުޅެން ބޭނުންވަނީ މާލޭގަ އެކަމް ޗުއްޓީއެއް ލިބޭއިރައް ބޮޑާކަންދައްކަން އައްޑޫއައް ދާންޖެހޭ! އެހެޔޮ ކޮވިޑު ނަގާ ބޮލައް ލައިގެންވިޔަސް

  4. ޚިޔާލު 3

    ތި ރަ ގަޅު ފިޔަވަޅެއް މުޅި ގައުމު އެއްބައިވަންތަވެ އެކު ގައި މި ބަލިމަޑުކަމާ ކުރިމަތިލާން ވެއްޖެ. ފަޅުރަށްތަކު ގައާއި އެެ ނޫންވެސް ރަށްރަށު ގަ އި އަމިއްލަ އުފެއްދުންތެރިކަމާއި ދަނޑުވެރިކަމާ މަސްވެރިކަން އިތުރަށް ފުޅާ ކުރަންވެއްޖެ. މި ހާލަތުން މިންޖުވުމު ގެ ކޮޅެއް މެދެއް އަދި ނުފެނޭ.އެންމެން ގޭ ގައި ތިބުން ނިމުމަކަށް ގެނެސް ގްރޫޕްތައް ހަދައި އުފެއްދުންތެރިކަށް ކުރި އެރުވޭނެ ގައިޑުލައިނެއް ހަދައި ގެން މަސައްކަތް ކުރެވޭތޯ ބަލަންޖެހިއްޖެ ދަރަނިވެސް އަބަދަކު ނުލިބޭނެ. ގައުމު ބަޑަށްޖެހިއްޖެ.

    5
    1
  5. އ.ޕ.އ

    ކުޑަ ދަރިފުޅު ބަލިވެގެން ރަށަށް ދިޔުމަށް އެދުނީމައި އެޗްޕީއޭއިން އަންގާފަ އޮތީ އެއީ ޒަރޫރީ ބޭނުމެއްނޫނޭ ލިޔެކިޔުން ހުށަހަޅާށޭ މިވަރު ބަޔެއްގެ ވާހަކަ މިކިޔަނީ... ސަރުކާރު މުވައްޒަފަކު ނެޓްވޯކް ގުޅާލަން ދާން ވެއްޖެއްުޔާ ކޮވިޑް ފްރީ

    4
    1
  6. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    އެހެންވީމަ އަހަރުމެން ބުނަނީ މިސަރުކާރަކީ ޑިކްޓޭޓަރޝިޕެކޭ

    8
    1
  7. 😠

    އަމިއްލަ އިހުމާލުން ކުޑަކުދިން މަރުވީމަ އެކަން އޮށްބަން ވަގުތުން ވަގުތައް ގަވާއިދު ބަދަލުކުރީ😐 ތިހެން ހެދިޔަސް އަހަރުމެން އަނގަ ބަންދެއް ނުކުރެވޭނެ. އެމަޖެންސީ ހާލަތުގަ އެމްބިއުލެންސް ފޮނުވާނެ ގަވާއިދު ހަދާބަލަ🤐

  8. މަ

    ޕޮޒިޓިވް ވެފަަ14 ދުވަހު ކަރަންޓީނު ހަމަކޮށް ރަގަޅުވެފަ ތިބި މީހުންނޯ؟ 3މަސް ވަންދެން ވާނީ ހަމަ ޕޮޒިޓިވް އޯ. އޭރަށް ކަރަންޓީން ވުމުގެ ބޭނުމެއް ކޮބާ؟

    2
    1
  9. މޮޔަހަސަނު

    މިހާރު ވަރައް ގިނަމީހުން އެބަ ތައްޔާރުވޭ ޗުއްޓީ ތެރޭގަ ރަށައް ދާން! އޭގެ ތެރެއިން ގިނަބަޔަކު އުޒުރެއްގެ ގޮތުގައި ދައްކަނީ ދިރިއުޅޭ ގެއިން ނެރެލީމަ މާލޭގަ ދިރިއުޅެވެން ނެތީކަމަށް! މިއުޒުރު ދައްކައިގެން ރައްތަކަށް ކޮވިޑު ފެތުރުމުގެ ފުރުސަތު ދީގެންނުވާނެ! ސަރުކާރުން މިކަމުގަ ލުއި ދީގެން ނިވާނެ! މިއީ ބަޔަކު ހިންގަންއުޅޭ ބޮޑު ޖަރީމާއެއް! މިކަން ވަރައް ރަނގަޅައް ބަލަންޖެހޭއެބަ !!!

    3
    6
  10. ޢަހުމަދު1

    ޢާދައިގެ ދިވެހި ރައްޔިތުންނަށް ތަށަށް ނުދެވޭ ގޮތް ހަދާފައި މުއްސަންދި ކުދިންނަށް ރާއްޖެއިން ބޭރަށް ދެވޭގޮތަށް އޮތް ކަމީ ފަރަގު ކުރުން. ކޮވިޑް އޮތީ މުޅި ދުނިޔޭގައި. ކުދިންނަށް ރާއްޖެ ނުދެވެންޏާ ވަކި ބޭރަށް ދެވެންވީ ކީއްވެ؟؟؟

  11. އިބުރާ

    މިއީ ދެއަހަރުވަންދެން މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއި ބައްދަލު ކުރަން ލިބުނު ފުރުޞަތު ބަންދު ކުރުމަށް ޓަކައި ޖަހާފައިވާ ބޮޑު މަޅިއެއް! މިއީ ކޮވިޑް ޖެހުމަށް ވުރެވެސް ބޮޑު އަނިޔާއެއް ރައްޔިތުންނަށް ދެވޭ، ގައިޑްލައިނާއި އެއްގޮތަށް ރަށްރަށަށް ދާން ބޭނުން މީހުންނަށް އެމީހުންގެ ރަށަށް ދެވެން ޖެހޭނެ!

  12. ކިޔާ

    ތި ހާލްބެލުން ޕޯޓަލް އަށް ސަލާމް

  13. ސސ

    މާލޭގައި މީހުން ރަހީނު ކޮށްގެން އެޗްޕީއޭއިން މިގެންގުޅެނީ ކޮވިޑޭ ކިޔާ ބަހަނާ ދައްކައިގެން، ހުރިހާ މީހުން މާލެ ދޫކޮށް ރައްދާންވީ !

  14. ސައްލި

    ހުރިހާ ރައްޔިތުން ނުކުތީމާ ހުރިހާ ކަމެއްވާނެ، ޑިމޮކްރަސީ އަކީ ރައްޔިތުން އެދޭގޮތަށް އޮޑި ދަތުރު ކުރުން !