20:33

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ.

19:54

ގދ. ތިނަދޫ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި

16:02

އައްޑޫސިޓި ހިތަދޫ "ވިދުވަރު-1" ދޯނިން ގދ. ފަރެސްމާތޮޑާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން 1800 ކިލޯގެ ކަނޑުމަސް ހަދިޔާ ކޮށްފި

15:23

ކޮވިޑް-19 އިން ދިފާއުވުމަށް އިތުރު ދެ ވެކްސިނެއް ބޭނުން ކުރުމަށް ރާއްޖެއިން ހުއްދަ ދީފި.

12:40

ހދ. މަކުނުދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:13

ފައިނުން ދެމީހަކު ފައްސިވުމުން ރަށަށް އަރައި ފޭބުން މަނާކޮށްފި.

09:07

ކޮވިޑް ޖެހިގެން އިތުރު ދެމީހަކު ނިޔާވެއްޖެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ބަލީގެ އަލާމާތްތައް ހުންނަ މީހުންނާއި ބައްޔަށް ހުށަހެޅިފައިވާ މީހުން އަވަހަށް ޓެސްޓް ކުރުމެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މިދިޔަ މަހު އިތުރު ވެގެން ދިއުމާއިއެކު ޓެސްޓް ކުރަން ނަގާ ސުންކުތައް ޓެސްޓް ނުކުރެވި "ބެކްލޮގެއް" އުފެދިގެން ދިޔައެވެ.

އެބެކްލޮގް ސާފުކޮށް ކޮންމެ ދުވަހަކު ނަގާ ސުންކުތަކުގެ ތެރެއިން ބޮޑުބައެއްގެ ނަތީޖާތައް އެދުވަހުން އެދުވަހަށް ސާފުކުރެވެމުން ދާކަމަށް މެއި 21 ގައި އެޗްއޯސީ އިން ބުންޏެވެ. ނަމަވެސް މިއަދު އަނެއްކާވެސް މިވަނީ ބެކްލޮގެއް އުފެދިފައެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރަން ނަގާ ސުންކުތައް ޓެސްޓް ނުކުރެވި އަނެއްކާވެސް "ބެކްލޮގެއް" އުފެދިފައި ވާއިރު މިހާރު މާލެ ސަރަހައްދުގައި ޓެސްޓް ކުރުމުގެ ކެޕޭސިޓީ ހުރި މިންވަރެއް ވެސް ސާފެއް ނުވެއެވެ. މިދިޔަ މެއި މަހު ވެސް އެއް ދުވަހު 7000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. ނަމަވެސް ބައެއް ދުވަހަކު ޓެސްޓް ކުރާ މީހުންގެ އަދަދު ދެހާހަށް ވެސް މަދުވިއެވެ.

ރާއްޖެ އިން އިތުރު 590 މީހަކު ހޮނިހިރު ދުވަހު ކޮވިޑް-19 އަށް ފައްސިވިއެވެ. މީގެ ތެރެއިން 461 މީހުންނަކީ ހުކުރު ދުވަހު ނަގާފައިވާ ސުންކުތަކުން ކޮވިޑަށް ފައްސިވި މީހުންނެވެ. މިރޭ އިއުލާން ކޮށްފައި ވަނީ 5256 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ފައްސިވި މީހުންގެ ނަތީޖާއެވެ. ހޮނިހިރު ދުވަހު ވެސް ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %11 އެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގުލީފަލު

    ޖީބު ބޮޑު ކުރުން ނޫން އެހެން އެއްވެސް ކަމެއް މިވެރިން ނުކުރޭ.

  2. ހާމާން

    މިތަނުގާ ވާއެއްޗެއް އެކަމަކު ނުވާއެއްޗަކީ ކޮބާ! މިތަނުގަ ނުވާއެއްޗެއް އެކަމަކު ވާއެއްޗަކީ ކޮބާ!

  3. ގަމާރުދިވެހިން

    ދިވެހިންނަކީ ގަމާރު ވާނުވާ ބައެއްކަމުން ވަގުތުގެ ބޭނުންހިފައި ގައުމުގެ ބަޖެޓް ނޮޅާލަނީ ޓެގްޓީމަށް ބައިއަޅައިގެންތޯވެސް ބަލަންވީނު

    2
    2
  4. Lana

    ޓެސްޓް ނުކު ރާ މީހުން ވެސް މަދެއް ނޫން. ސިމްޓަމްސް ފެންނަ އި ރު ވެސް ނުކޮށް އެބަހު ރި

  5. އިބިލީސް

    ހަމައެކަނި ނަމްބަރސް އެކަންޔެއް ނޫންކަންނޭގެ. ޑެ ދުވަހެއްގައި ފުލޫ ކްލިނަކަށާއއި ސާމްޕަލް ކަލެކްޝަން ތަންތަނަށް ދެވިއްޖެ. އެކަމަކު އެތަން ތަން ހުސްކޮށް. މިމީހުން ޓެސްޓް މިކިރަނީ ކޮންތާކު ތިބި ބައެއްބާއޭ ހިތަށް އަރަނީ