ކޮވިޑް-19 ޖެހިގެން ވަރަށް ގަދައަށް ހުން އައިސް، ގައިގަ ރިއްސާތީ ފަރުވާ ހޯދަން ވެގެން މިރޭ ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ހުންނަ ފެސިލިޓީއަށް ދިޔަ ދިހަ އަހަރުގެ ކުއްޖަކަށް ފަރުވާއެއް ނުލިބި ދެގަޑިއިރާއި ބައި ވަންދެން އެތަނުގައި އިންނަން ޖެހިއްޖެކަމަށް ކުއްޖާގެ މަންމަ ބުނެފިއެވެ.
ކުއްޖާގެ މަންމަ ކުރި ޓްވީޓެއްގައި ބުނީ ހެލްތު ސައިންސް އިމާރާތުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭން ހާއްސަ ކޮށްފައި ހުރި ތަނުގައި ހުރީ އެންމެ ޑޮކްޓަރެއް ކަމަށާއި އެހެންވެ ބަލި މީހުންނަށް ފަރުވާ ދިނުން އިންތިހާއަށް ލަސް ކަމަށެވެ.
މުޅި މާލޭގައި ވެސް ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭން ހުރި ހަމައެކަނި ތަނުގައި އެންމެ ޑޮކްޓަރަކު ހުރުމުން ކުއްޖާގެ މަންމަ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވަނީ "ހައްގު މިންވަރަކީ މިއީތޯ؟" ސުވާލު ކޮށްފައެވެ. އޭނާގެ ޓްވީޓްގައި މިނިސްޓަރ ނަސީމާއި އެޗްޕީއޭ އަދި ރައީސް އޮފީސް ތަރުޖަމާންގެ ޓްވިޓާ އެކައުންޓް ޓެގް ކޮށްފައި ވެއެވެ.
ކުއްޖާގެ މަންމަ ބުނެފައިވާ ގޮތުގައި ކުއްޖާ ޑޮކްޓަރަށް ދެއްކޭ ވަރުވީ 11 ޖެހި ފަހުންނެވެ. ޑޮކްޓަރަށް ދެއްކުމުން މިހާރު ކުއްޖާ ގޮވައިގެން ގެއަށް އައިސް ގޭގައި ފަރުވާ ދެމުންދާ ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.
މިހާދިސާ ކުރިމަތިވެފައި މިވަނީ މިމަހުގެ 02 ވަނަ ދުވަހުގެ ރޭ ކޮވިޑް ޖެހިފައިވާ ކުއްޖަކަށް އެމްބިއުލަންސް ފޮނުވައި ދިނުން ލަސްވެ އެންމެ ފަހުން އެކުއްޖާ ނިޔާވި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އުމުރުން ދިހަ އަހަރުގެ އެކުއްޖާ ނިޔާވުމުން ކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮވިޑް ބަލީގެ ކުއްޖަކަށް ފަރުވާ ނުލިބި ފެސިލިޓީގައި ދެގަޑިއިރާއި ބައި، އެންމެ ފަހުން ގެއަށް
8 ސިކުންތު ކުރިން ( ޖޫން 6, 2021 )
ކޮވިޑަށް ދޮޅު އަރުފަހުން މނިވަރު ވީމަ ހަމަސާބަސް.
އެފްއެޗްއެސް އަކީ ފެސިލިޓީއެއް ނޫން! ޢެތަނަށް ގެންދަނީ ޙާލަތު ދެނެގަންނަން. ފަރުވާހޯދާލަށެއް ނޫން
ހާލަތު ދެނެގަނެވެނީ ދެގަޑި ތިންގަޑި އިރުންތޯ؟
ކިޔުގައި ބަލިމީހުން ތިބޭ ވަރަށް ޑިޕެންޑް ވާނެ ވަގުތު ވެސް.
އެހެން ވިއްޔާ ފޫކުލިނިކޭ ކިޔާފަ ހުޅުވާފަ ނުބަހައްޓާ؟ ރެކެން މޮޅުވާހަކަ ނުދައްކާ. އޯކޭ ފަރުވާދޭ ތަނެއްނޫނިއްޔާ ކީއްވެބާ ދެގަޑި އިރު ވީރު ކުއްޖާ މަންމަ ކައިރީ އެހެން ބުނެނުލީ އެވަރު ކޮށް ނުލެވުން ބަޔަކަށް ދެން ހިދުމަތެއް ދެވޭނީ؟ އޭނަ މީ އިހުމާލް ފަރުވާކުޑަ ކަން މީގެންވެސް މި އެގެނީ.
ވަރަށް ރަގަޚު ނިންމުމެއް...ސޯޝަލް މީޑިޔާއިން ނޫނީ ނަސީމްބެއަށް އެއްްޗެއް އޮޅުން ނުފިލާނެ.
ރައްޔިތުންގެ ކަންތައްތައް ކުރުއަން ގެނައި ސަރުކާރަކުން މިގޮތައް ރައްޔިތުންނައް ތަކުރާރުކޮށް އިހުމާލުވަމުންދާއިރު ރައްޔިތުން ނިކުމެ މިމީހުން މަގާމުތަކުން ދުރުކުރަން ނުވޭތޯ
އަދި ވެސް ސަރުކާރުތަ ކަޑަ އީ؟ ރައްޔިތުން ގޮސް މި ސަރުކާރު ނުހައްގުން ގެއި އިލެކްޝަންގެ ރައީސް އީސީ ޝަރޯފް ނެރެބަލަ އަދި ޒިންމާ ކުރުވަބަލަ؟މީ އެތައްމިލިޔަނުން ވޯޓް ގަނެގެން ބޮޑުއަގުގަ ގަނެފަ އޮތް ސަރުކާރެއް. އެމީހުން ނޫޅޭ ހިދުމަތެއް ދޭކަށް އެމީހުން އެބަލަނީ ކުރި އިންވެސްޓް މެންޓް ކަވަރ ކުރެވޭތޯ ފަސް އަހަރު ތެރޭ. ރައްޔަތުން ނޭ ހޭބަލި ތިވަފަނީ.
މި ގޮތައް ކަންތަށް ވާނެ ކަމަށް ސިއްޙީ މާހިރުން ކުރިން އިންޒާރު ދިން. ސަމާލުވާން އެންގި. ޢެ މީހުންގެ އަޑަށް ބީރު ކަންފަތެެއް ދީ މިހާރު ކަންތަށް ބޮއްސުން ލީމަ ވެސް އެމީހުން ކުއްވެރި ވަނީ. ފަރުދީ ޒިންމާ ވެސް އަދާ ނުކުރެވުނީ. ސަރުކާރުންވެސް ސިއްޙީ މާހިރުންގެ އިރުޝާދު ތަކަށް ދެނީ ބީރު ކަންފަތް. ޢެކަކު އަނެކަކު ކުއްވެރި ކުރުން ފިޔަވާ ކުރެވެނީ ކޮން ކަމެއް؟؟. ބުރަކޮށް މަސައްކަތް ކުރާ ޑަކްޓަރުންނާއި ނަރުހުންގެ އަގު ފޮރުވިފަ. ކުރެވޭ ކުށް މީޑިއާ އަށް ފެންމަތިކޮށްލަނީ.
މާތް ﷲ ކޮވިޑް ބަލީގައި އަޅުގަނޑު މެންނާ ވަކިވެދިޔަ އެންމެންގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާނދޭވެ!!
މިހެންވީ ކީއްވެ،؟ ކޮވިޑްގެ ސީރިޔަސް ކަން ޖޯކަކަށް ހެދީ މިސަރުކާރުން. ސައިކަލް ވެހިލަކަލް އަށް އެރީމާ ކޮވިޑް ޖެހިފަ ވަކި ގަޑި އަކު ކޮވިޑް ވައިރަސް މަގުތަކަށް ނުކުމެ އުޅޭކަން އެގި ވަކި ގަޑިތަކަކު ބޭރުގަ އުޅުން މަނާ ކުރުވާފަ ، އިބޫ އާ ފަޒުނާ ނުކުތީ މަގުމައްޗަށް ހިންގާލަން . މީދޯ ރައްޔަތުން މިކަމާ ބިރުކެނޑުނު ހިސާބަކީ؟ ދެން މިހާރު ކޮން ވާހަކަ އެއް؟
ބަލަ މަޖިލީސް ގެ ރައީސް ހޮޓަލަކުން ބޭރު ކުރީމަ ހޮޓާތައް އާއްމުކޮށް ހުޅުވާލީ.ޑޮކުޓަރުންގެ ލަފާ މިސަރުކާރުން ބޮލާލާ ޖެހީ ކުރިއާދޭސް ސަރުކާރުން ބީރު ކަންފަތް ދީ މައިމޫނާ ލައްވާ ޑްރާމާ ކުޅުވީ، މީނޫންތަ މިަދުމިހާލަތައް އައި ކަމަކީ؟ތި މީހާ އަށް ހަމަ އެވަރު ނޭންގޭ ތަ؟ކިހާވަރަކަށް އިންޑިއާ އިން މީހުން ކަރަންޓީނަށް ނުގެންނަން ގޮވިތޯ ؟ މީނޫންތަ މިއަދުގެ ހަޤީގަތަކީ؟ ރައްޔަތުން ވަރަށް ކިޔަމަންތެރި އަސްލުވެސް މި ޤައުމުގަ، ކިތައް އާއިލާ ތޯ ގޭބަންދުގަ ގޭގެ ކުލި ނުދެއްކިފަ ގޭގެ ވެރިފަރާތުން ކުލި ހޯދަން ގުޅާއިރު އެކަމާ ބޯގޮވާފަ އެ ތިބެނީ؟ ކާކުބާ މިވާހަކަ ދެއްކީ މީހުން ނަފްސާނީ ގޮތުން މޮޔަވާ ހިސަބުގަ، ހިތާހުރި ކަންތައް، އަޑު އިވޭ ބަލާނެ މީހަކު ނެތް.
އަދިވެސް ސަރުކާރު ފެއިލް ވެފައިވާ ކަމަކަށް ގަބޫލެއް ނުކުރަން.
މިހާރު އެމްބިއުލެންސް ކަންތައް ނިމުނީ..ދެން އޮންނާނީ ޑޮކްޓަރ ގެ ކަންކަން އަޅުގަނޑުމެން އިންތިޒާމްކުރުން..ދެން އެދޭނީ މައާފަށް ނަސީމްބެ އެނުމުނީ