ވިލިމާލޭގައި ދިރިއުޅޭ އޯޓިޒަމް ކުޑަކުއްޖަކު ނޭވާލާން އުނދަގޫވުމުގެ ސަބަބުން މިދިޔަ ބުރާާސްފަތި ދުވަހު ސުންކު ނަގައިދިނުމަށް އެޗްއީއޯސީގެ ކޯލް ސެންޓަރުގައި އެދުމުން ދޮގު ހެދިކަން ހާމަވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން އެ އާއިލާއިން ބުނީ އެ އާއިލާގެ އޯޓިޒަމް ކުއްްޖާގެ ސުންކު ނަގައިދޭން ގެއަށް އަންނާނެކަމަށް ކޯލް ސެންޓަރުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވާ ކަމަށެވެ.

އާއިލާއިން ބުނީ އެ ކުއްޖާއަކީ އިހުސާސްތައް ބުނެދޭން ނޭނގޭ ކުއްޖެއް ކަމަށާއި އޭނާގެ ހާލަތު ގޯސްވާން ފެށުމުން ކޯލް ސެންޓަރަށް ގުޅާ އެކަން ހިއްސާކުރަމުން ގެންދިޔަ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ޖަވާބުގައި ސުންކު ނަގަން ގެއަށް ދާނެކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން އެއްވެސް ހަބަރެއް ނުވާ ކަމަށެވެ.

"ވަރަށް އުނދަގުލުން ކަނީ، ހުން އައިސް ވަރުދެރަވެފަ، އޭނައަށް އިހުސާސް ބުނެދޭން ނޭނގޭ، ނޭވާލާާން އުނދަގޫވެގެން އުޅުނުހެން ހީވޭ، އުނދަގޫތަކެއް ވެފަ ހުންނަތަން ފެނުނީމަ، ވަރަށް ކަންބޮޑުވި މިހާ ލަސްވީމަ" ވަގުތު އަށް މައުލޫމާތު ހިއްސާކުރަމުން އާއިލާއިން ބުންޏެވެ.

އެ އާއިލާގައި ކޮވިޑަށް ފައްސި އެހެން މީހުންވެސް އެބަތިއްބެވެ. އެ އެންމެންވެސް ހޯމް ކަރަންޓީނުގައި ތިބިއިރު އާއިލާއިން ބުނީ ހުއްދަ ލިބިއްޖެ ނަމަ ވިލިމާލޭގެ ފްލޫ ކްލިނިކަށް ވެސް ގޮސްދާނެ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ކޯލް ސެންޓަރުން ވަނީ ގެއަށް ސުންކު ނަގަން އަންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއަދު އެ އާއިލާއިން ކުރި މަސައްކަތުން ސުންކު ނެގުނީ އެޗްއީއޯސީގައި ތިބި ބައެއް ރައްޓެހިން މެދުވެރިކޮށެވެ. އެ މީހުންނާއި ހަވާލާދީ އާއިލާއިން ބުނީ އޯޓިޒަމް ކުއްޖާގެ ސުންކު ނަގައިދޭން ދާާނެކަމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެތައް ފަހަރެއްގެ މަތިން ބުނި ނަމަވެސް އެކަން ވިލިމާލެ ހޮސްޕިޓަލަށް ނާންގާ ކަމަށެވެ. އަދި ސުންކު ނަގައިދޭން އެދުނީ މިއަދުގެ ވަގުތެއްގައި ކަން ވަނީ ހާމަވެފައެވެ.

ވިލިމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސްޓާފަކު ނަން ހާމަނުކުރަން ޝަރުތުކޮށް ވަގުތު އަށް މައުލޫމާތުދެމުން ބުނީ ކޯލް ސެންޓަރުން އަންގައިފިނަމަ ވީހާވެސް އަވަހަށް އެ ސުންކު ނަގާ ކަމަށެވެ.

ކޯލް ސެންޓަރުގެ އިހުމާލުން މީގެކުރިން އޯޓިޒަމް ކުއްޖަކު ވަނީ ރާއްޖޭގައި ނިޔާާވެފައެވެ. މިކަމާއި ގުޅިގެން ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ގިނަ ފިޔަވަޅުތަކެއް އިސްލާހުކޮށްފައިވާ ކަމަށް ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޢަބްދުﷲ

  އޯޓިޒަމް ކުއްޖެއްގެ ސާމްޕަލް ނުނެގި ތިިން ދުވަސް، ކޯލް ސެންޓަރުން ހެދީ ދޮގު

  5 މިނެޓް ކުރިން ( ޖޫން 6, 2021 )

  އަޖައިބެކޭ ޒަކަރިއްޔާ މަންސޫރާ ގުޅާބަލަ؟

  އެމަނިކުފާނުހުންނަވާނީ ޚިދުމަތުގައޭ!!!!!!

  ނޫނީ ވަޒީފާޔަކު ނުހުންނަވާނެ.

 2. ރުއް

  އެކަމު ތި އެމްބިއުލާންސް ގަނޑު 4 ސިގްނަލް ޖައްސައިގެން ވިލިމާލޭގަ ދުއްވާނަގާ ދުވާލު ހަތަރުދަމު ފެރީން އަންނަ ނަރުހަކު ބަލާ ދާއިރުވެސް ހީވަނީ މީހަކު މަރުވެގެން ދާހެން

  14
 3. އީސާ

  މީގެ ކުރިން ވަގުތު އޮތް ގޮތަށް ރަނގަލުވާން ފަށާފި. ލިޔުންގަޑު ރަނގަޅު. މިގޮތަށް ލިޔާނަމަ ކަލޭ މެން ކުދިން

  11
 4. ޯޮކޮބަޑި

  ސަރުކާރު ުު ވަނީ ހެސްކިޔާފަ ފެއިލްވެފައެވެ މިކަމުގެޒިންމާނަގާނެމީހަކު މިއަދަކުނެތެވެ.

  17
  • ޔާމިނު ދޮްނބެ

   ރީދޫބައިގަޏޑު ހޮވީމީހުން ޒިންމާ ނަގަންޖެހޭނެ..

   5
   1
 5. ހަސީނާ

  އަޅެފަހެ މިރާއްޖޭގެ ރައީސަކަށް މިހުރީ ދައްޖާލެއްތަ؟ މިހިރަހާ ކަންތައްތައް ހިނގަމުންދާއިރުވެސް އެއްވެސް ކަމެއް ރަނގަޅެއްނުކުރޭ. ފެންނަކަމަކަށް އަޑުއިވޭ ކަމަކަށްވެސްނުވޭ.

  5
  1
 6. ސީޑީ

  ތިކޯލް ސެންޓަރަށް ގުޅައިގެން ވާ އެއްކަމެއްވެސް އެބައޮތްތަ؟ ކޯލް ސެންޓަށް ގުޅައިގެން ވެއިޓީންގަ ކިޔޫތަރުތީބުން މަޑުކޮށްގެންހުރެ ފޯންކެނޑެނީ، ކޯލްމީބެކަށް ރިކްއެސްޓް ކުރުމުންވެސް ގުޅާނުލާ! ދެރަކަމެއްނުންމީ..

 7. އަބްދު

  ކޯލް ސެންޓަރުގައި އިންނަ ކުއްޖާ އެއް ނޫން ފޮނުވާނީކީ.. އެމީހުން ސިސްޓަމުން އެކަން ނޯޓްކުރާނީ ނޫނީ ރިކުއެސްކުރާނީ އަދި ޕްރޮގްރެސް އަށް ބަލާފަ ޖަވާބު ދޭނީ...

  އެންމެނަށް މާ އެކްސްޕާޓް ކަމުން މިރާއްޖޭގައި،، ނިޒާމުގެ މައްސަލައެއް ކޮންމެ ކަމަކާ ހުރެވިޔަސް...

 8. ސަމީރުވވޗ

  +ހުރިހާ ބޭފުޅުން ވެސް ކޯލް ރިކޯޑަރ އިންސްޓޯލް ކުރޭ، ކޮއްފަ ހުރިހާ ރެކޯޑިން އަކާ އެކީ ކެރަފާ ނަސީމާ، މައިމޫނާ އާ ދެކޮޅަށް ދައުވާ ކުރޭ،، ރައްޔތުން ނަށް މިސަރުކާރު މިވަނީ ބޮޑު މުސީބާތަކަށް