ސިއްހީ ފަރުވާ ހޯދަން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ އުސޫލުވެސް ހަރުކަށިކޮށްފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް ނެރުނު ސާކިއުލާގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ބޭނުންތަކަށް މާލެ ފިޔަވާ މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް (މޮނީޓަރިންގ ހާލަތުގައި އޮންނަ ރަށްރަށް ހިމެނޭގޮތަށް) ބައެއް ކަންކަން ފުރިހަމަ ވާނަމަ އެ އެޖެންސީއަށް ލިޔެގެން ހުއްދަ ހޯދުމުގެ ބަދަލުގައި ކައުންސިލަށް އެންްގުމަށްފަހު ދަތުރު ކުރެވޭނެ ކަމަށެވެ.

އެގޮތުން އެ މީހަކު ގާއިމުވެ ހުންނަ ރަށުގެ ހޮސްޕިޓަލް ނުވަތަ ސިއްހޫ މަރުކަޒުގެ ޑޮކްޓަރުގެ ރިފަރަލް އަކާ އެކު ދަތުރުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ނޫން އެހެން ފަރާތަކުން ޞިއްޙީ ޚިދުމަތް ހޯދުމަށް ލަފާ ދީފައިވިއަސް މިކަމަށް ރިއާޔަތްކޮށް ރަށުގައި ހުންނަ ޞިއްޙީ މަރުކަޒުގެ ފަރާތުން ދޭ ރިފަރަލް ލިއުމެއް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އާ އުސޫލުގައިވާގޮތުން ސިއްހީ ފަރުވާއެއް ހޯދަން މޮނީޓަރިންގގައި އޮތް ރަށަކަށް ގޮސް 24 ގަޑިއިރަށްވުރެ ގިނަ ވެއްޖެނަމަ ރަށުން އަނބުރާ ގޮސް 14 ދުވަސް ކަރަންޓީންވާން ޖެހެއެވެ. ނަމަވެސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީންވާން ނުޖެހޭނެއެވެ. އަދި އެ ހާލަތުގައި، ދަތުރުކުރާ ފަރާތްތަކުން ސީދާ ޞިއްޙީ ފަރުވާދޭ ތަނަށް ދިއުމާއި ޚިދުމަތް ލިބުމަށްފަހު ވީ އެންމެ އަވަހަށް ހޯދުމަށްފަހު އެނބުރި އައު ރަށަށް ދިއުމަށް އެ ސާކިއުލާގައި ވެއެވެ،

އަދި ޚިދުމަތަށް ގޮސް އެއްވެސް ސަބަބަކާހުރެ ރަށުގެ އެހެންތަނެއްގައި ވަގުތީ ގޮތުން މަޑުކުރަންޖެހޭނަމަ ހުރިހާ ވަގުތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމާއި އެކުގައި އައި މީހުން ފިޔަވައި އެހެންމީހުންނާ ބައްދަލުކޮށް ނުހެދުމަށް އެ އުސޫލުގައި ވެއެވެ.

އަދި ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރާ ފަރާތްތަކުން ހުރިހާ ވަގުތެއްގައިވެސް ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމަށް އެ އުސޫލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  މައިމުނަާ ގެ ލިއެކިޔުން ދިވެހިން މިހަާރު ބެޭ ނުންނުވެެެޭ ކަލެޭމިހަާރުން މިހަާރައް އިސްތިއުފަާދިީ

  17
  1
 2. ސަޒާ

  އެމް.ޑީ.ޕީން ވެރިަކަމަށް އަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެންމެ ހަރުއަޑުން ދައްކާ އެއްވާހަކައަކީ ރައްޔިތުން ރަށުބަންދުވެފަ ތިބޭ ވާހަކަ އެކަމަކު މިހާރަކު ނޫންތޯ ރައްޔަތުން ރަށުބަންދުކޮށްގެން އެ އުޅެނީ. މީގެ ކުރިން މިގޮތައް ރައްޔަތުން ރަށުބަންދުކުރި ހަދާނެއް މިޖީލުގެ އެކަކުވެސް ނުހުންނާނެ. ހުރިހާކަމެއް އަތައް ގޮވާފަ

  8
  1
  • މޯޑް

   އެމިހުން ކިއިހާޅެމެއް މިހާރުވަނީ ފަރިއްސައްވެފަޔޯ!!

 3. ާައަހުމަދު

  މީނަ އެބައުޅޭތަ؟ މިގައުމުން އެތަށް ބަޔަކު މަރުވެ ދިޔައިރުވެސް މީއުޅޭ މީހެއްކަންވެސް ރައްޔިތުންނަށް ނޭނގޭ.

  7
  1
 4. ވެރިން

  ކަލެޔާ ކެރަފާ ނަސީމް އިސްތިއުފާ ދީފަ ގެޔަށް ދޭ. ކުރިޔަށް އޮތީ ކަލޭ ތިހެން ފިނި ކޮޓަރީ ގަ ހުރެ ނުރޭ އަމުރުތަށް އަޑުނަ އަހާދުވަސް ތައް. އަހަރުމެން ވަރުބަލި ވެއްޖެ، ކަލޭމެން ތިޖަހާ ސަކަރާތް ބަލާކަށް ދެނެއް ނެއް ތިބެވޭކަށް.

 5. މޯޑް

  ރައްޔިތުންގެ ޓެކްސްފައިސާތައް ކާންދީފަ ދަރުބާރުގޭގައި ބަޔަކު ބައިތިއްބައިގެން ނާޗަރަނގީ ކުޅުވަނީއޭ