މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކީ އިސްލާމް ދީނުގެ ނަސޭހަތްތައް ދިނުމަށް އޮތް ހުރަހެއް ކަމަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް ކަމުގައިވާ ސަލަފް ޖަމިއްޔާއިން ވިދާޅުވެއްޖެއެވެ.

ސަލަފް ޖަމިއްޔާއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިއްބެވި 30 އަށް ވުރެ ގިނަ ދީނީ އިލްމުވެރިން އޮންލައިންކޮށް ބައްދަލުކޮށް އެ ބިލާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެން ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ފާހަގަކުރެވުނު ކަމަކީ އެ ބިލުގެ ނުރައްކާތެރިކަމާއި ދީނީ ނަސޭހަތް ދިނުމުގެ މައިދާނަށް އޭގެ ސަބަބުން ހުރަސް އެޅިދާނެ ކަން ކަމަށާއި މި ކަމުގެ ކަންބޮޑުވުން އެކި އިލްމުވެރިން ޚިއްސާ ކުރެއްވި ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބިލުގެ ނުރައްކާތެރިކަމާ މެދު އާންމުން ހޭލުންތެރިކޮށް އޭގެ ހަގީގަތް ސާފުކޮށްދިނުމަށާއި ބިލު އެ ގޮތަށް ފާސްނުކުރުމަށް މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރަން ސަލަފް ޖަމިއްޔާއިން ނިންމާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދެއްގައި ހުށަހެޅި ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ބިލަށް ފާޑުކިއުންތައް އަމާޒުވުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިތުރު ބިލެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސް އޮފީހަށް ފޮނުވައިފައެވެ. އެއީ ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް އިތުރަށް ތަފްސީލްކޮށް ތައްޔާރު ކުރި ބިލެކެވެ.

މި ބިލަށް އެމްޑީޕީގެ މަދު މެންބަރުންތަކަކާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އާދަލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ވެސް ދެކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝޮކްތެރަޕީ

    އަދާލަތު ޕާޓީ މިހާރު ހުންނަނީ ހަނު. ރައިސް ޔާމިން ވެރިކަން ވައްޓާލަން ނިކުންއިރު ހީވަނީ އެހެންފަދަ ކަމެންހެން

    13
    1
  2. އަހުމަދު

    ލާދީނީ ނަމަ ލާދީނީ ކިޔެން ވާނެ

    12
    1
  3. ޖާބެ

    މިދިޔަފަހަރުވެސް ރައީސް އޮފީހައް ވައްދާ ހައްދާލާފަ ފިނުވާލީ ތިޔަ އެމް.ޑީ.އެން އެއްގެ ފިކުރު ތަންފީޒު ކުރާމިހުން ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގަަަތިބީ މިފަހަރުވެސް ވާނި ހަމައެހެން އިބޫއށްސަނާ ދަންނަވަފަ ނިމޭނީ

    7
    1
  4. ނުރަބޯ

    އެހެންތާ ވާނީ ކަލޭމެންގެމުޅި ތަގު ރީރ ރު ބިނާވެފަ އޮންނަނީ އެހެންމީހުންގެމުޅަމަސް ކައިގެން ނޫނީ ނުކު ރެވޭ ކަމަކަށް ވިއްޔަ

    • fަރުހާދު

      ނުރަބޯ. އަދި ހަމަ ނުރަކޮޅެެއް ޖެހިއަކަށް ދުނިޔޭގެ އާޖުފާޖެއް ނޭނގޭނެ. ބަލަ އެހެންމީހުންގެމުޅަމަސް ކެއުން އެއީ އިލްމްވެރިންނަށް އެކަނި މަނާކަމެއް ނޫނޭ. ޑަކްޓަރު މުއިއްޒު ފިޔަވާ ނެތް އެހެންމީހުންގެ މަސްނުކައި ކެންޕެއިން ކުރެވޭ ބައެއް. ވަކި މީހެއް ނަން ނުކިޔާ އިލްމްވެރިން ގެނެސްދޭ މިސާލުތަކަކީ މީހުންގެ މަސްކެއުމެއް ނޫން. ގޯހެއް ހިނގާއިރު އެކަން އަމަލުން، ބަހުން އެންމެކުޑަމިނުން ހިތުން ނަމަވެސް މަނާކުރަންޖެހޭ.

  5. ދޮގު

    މިއީ ޚަވާރިޖުން ދައްކާ ވާހަކައެއް. ދީނީ ނަސޭހަތަކަށް އެޅޭނެ ހުރަހެއް މިމީހުންނަކަށް ބުނެދެވިފައެއް ނެތް.