ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ކުރި އޮޕަރޭޝަނެއްގައި 2.4 ކިލޯގެ ސިސްޓެއް މީހެއްގެ ހަށިގަނޑުން ނަގައިފިއެވެ.

ރ.އަތޮޅުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހެއުމަށް އައި އަންހެނެއްްގެ ވާތްފަރާތު އޯވަރީގައި އުފެދިފައއިވާ މި ސިސްޓުގެ ދިގުމިނުގައި 24 ސެންޓިމީޓަރު ފުޅާމިނުގައި 22 ސެންޓިމީޓަރު ހުރި ކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ބޮޑު ސިސްޓެއް އިންކަން އެނގިފައި ވަނީ ވިހެއުމަށްޓަކައި ކުރި ސްކޭނުންނެވެ. އޭނާގެ ސިސްޓް ނަގަން ކުރި އޮޕަރޭޝަން ވަނީ ދެގަޑިއިރަށްް ދެމިގެން ގޮސްްޕައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލަކުން އޮޕަރޭޝަނެއް ކޮށް މިވަރުގެ ސިސްޓެއް ނެގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްްލެވެއެވެ. މި ސިސްޓު ނެގުމަށް ކުރި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ، ކޭއާރުއެޗްގެ އަންހެނުންގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރ ލުޠުފީ ބާޝާއެވެ.

މި އޮޕަރޭޝަން ކޮށްފައި ވަނީ އެ އަންްހެން މީހާ ވިއްސުމަށް ފަހު އެވެ. މި އޮޕަރޭޝަނަށް ފަހު އެ އަންހެން މީހާގެ ގަޔަށްް ވަނީ ތިން ޕޮއިންޓުގެ ލޭ އަޅާފައެވެ. އޮޕަރޭޝަނަށް ފަހު ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އިއްޔެ ވަނީ ދެމައިންވެސް ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް ކޭއާރުއެޗް އިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަތުރުކުރުމަށް ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން މާލެ އަށް ދަތުރު ކުރަން ދަތިތައް ހުރުމުން އަތޮޅުތެރޭގެ ގިނަ ހޮސްޕިޓަލްތަކެއްގައި ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ވަނީ ކާމިޔާބު ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހިން

    މާލެއިން ލިބޭ ކޮންމެ ޚިދުމަތެއް ވެސް ރާއްޖޭގެ ކޮންމެ އަތޮޅަކުން ލިބެންއެބަޖެހޭ. މިގައުމަކީ 5.5ލައްކަ މީހުން ހަމަނުވާ ކުޑަކުޑަ އެކަމަކު މުއްސަނދި ގައުމެއް..

  2. ޏަވިޔަނި

    ގަދަ ތީމީހުން

  3. ޕިސްޕިސް

    މީގެ 17 ވަރަކަށް އަހަރު ކުރިން ލ. ޢަތޮޅު ހޮސްޕިޓަލެއްގައި ތ. އަތޮޅު މިހެއްގެ ވެސް ތިޔަށްވުރެން ބޮޑު ސިސްޓެއް ނެގި.

  4. އަޙްމަދު

    ސަކްސެސް ސްޓޯރީއެއް..

  5. ނޫސްކިޔާކުއްޖާ

    ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން. ތިޔަ ހޮސްޕިޓަލުން ހެޑްލައިންނިއުސް ހަދާތިލެވެނީ ރައީސް ޔާމީން ގެ ހަރުދަނާ ވިސްނުން ފުޅުގެ ސަބަބުން. މިސަރުކާރުން އިތުރަށް އަލަށް ކުރި އެއްވެސް އިންވެސްޓަމެންޓެއްނެތް. އުތުރާއި ދެކުނުންވެސް ފެންނަން ހުރީ ރައީސް ޔާމީންގެ ހަރުދަނާ ދުރުވިސްނޭ ސިޔާސަތު. ﷲއަށް ޙަމްދުކުރަން. އަދިވެސް އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީންއަށް އެފުރުސަތު ތަނަވަސް ކޮށްދެއްވުމަށްﷲއަށް ދުޢާ ދަންނަވަން.އާމީން.