ފަރުވާނުދެވި ލަސްވެގެން އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ބެލުމަށް ހެލްތު މިނިސްޓްރީން އެކުލަވާލި ތަހުގީގު ރިޕޯޓުގައި އިހުމާލުވާ މީހުންނާ މެދުގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީން ކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަނެއްކާ ވެސް ދެއްވައިފިއެވެ.

ހެލްތުން އާންމުކުރި ރިޕޯޓުން ހާމަވެފައިވާ ގޮތުން މިޝްކާގެ ހާލު ސީރިއަސް ވެގެން ބެލެނިވެރިން ފަސް ފަހަރެއްގެ މަތިން އެމްބިއުލާންސް އަށް ގުޅިއެވެ. ކޯލް ސެންޓަރުން އެ މައުލޫމާތު އެމްބިއުލާންސް އަށް ނުދީ އޮތްކަން ރިޕޯޓުން އެނގެއެވެ. ރިޕޯޓުގައި ތިބި ފަރާތްތަކާއި މެދު އަދި މިހާތަނަށް ފިޔަވަޅު އަޅާފައި ނުވާއިރު، އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމާއި މެދު ސުވާލުތައް ދަނީ އުފައްދަމުންނެވެ.

"ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ އެ މައްސަލައިގައި ވަގުތުން ވަގުތަށް ފިޔަވަޅު ނޭޅި އޮތުމުން އެކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަސީމް ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ މީގެކުރިން ކަންކަން ހިނގާފައިވާ ގޮތުންނެވެ. ނަސީމް ވިދާޅުވީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"ޔަގީންކަން އަޅުގަނޑު ދެން ފިޔަވަޅު އަޅާނެ ކަމަށް" ނަސީމް ވިދާޅުވިއެވެ.

މިއީ މިފަދަ ކަމެއްގައި މިހާ އަވަހަށް ތަފްސީލީ ރިޕޯޓެއް ނެރުނު ފުރަތަމަ ފަހަރުކަން ނަސީމް ފާހަގަކުރެއްވިއެވެ.
މިޝްކާގެ މަރާ ގުޅިގެން އެމެޖެންސީ މެޑިކަލް ސަވީސްއަކީ ހިދުމަތެއްގެ ގޮތުގައި ގާއިމްކޮށް، އެމެޖެންސީ ހާލާތްތަކުގައި އަވަހަށް ރެެސްޕޮންޑް ކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު، އެ ތަހުގީގު ކުރީ މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލްވެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ.

އާއިލާ އިން ބުނި ގޮތުގައި މިޝްކާ ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުންނެވެ.

މީގެ ހަފުތާއެއް ކުރިން ކޮވިޑަށް ފައްސިވެ މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އެރޭ 9:00 ޖަހާއިރުއްސުރެ އެމްބިއުލޭންސްއެއްގެ އިންތިޒާރުގައި އެ އާއިލާއިން ތިބިއެވެ. އެމްބިއުލޭންސްއަށް އާދެވުނީ ދެ ގަޑިއިރާއި 25 މިނެޓް ފަހުންނެވެ. އޭރު މިޝްކާގެ ހަބަރު ހުސްވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މިޝްކާ އައިޖީއެމްއެޗްއަށް ގެންދިއުމަށްފަހު ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ.

ނަމަވެސް ފަރުވާ ދިނުމުގައ ިލަސްތަކެއް ވެފައިވާތީ، މިޝްކާ ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވެފައެވެ. މި މައްސަލާގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވާ މިޝްކާ ކޮވިޑަށް ފައްސިވި އިރު، މަންމަ އާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ފައްސިވެ ކަރަންޓީނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ބެއްޔާ

  އަންނަ މަހުގައި ފިޔަވަޅު އެޅޭނީ. އަންނަ މަސް. އަންނަ މަސް. ދުވަހަކުވެސް އެމަހެއް ނާދޭ. ވެރިކަމަށް 100 ދުވަސް ގުނިގޮތަށް ހުރިހާކަމެއް

  27
  1
 2. އޮރި

  ކަލޭމެން ދައްކާ ވާހަކަ ދިމާވީ ކޮންއިރަކުު، ބަޑިނއެދުރު..

  34
 3. ޚާރު

  ދިވެހުން ހަނދާން ހުންނާނީ 14 ދުވަސް ވަނދެން 15 ވަނަދުހު އިރު އަރާއިރު އާ ޓޮޕިކެއް ނެރޭނެ ... ދެން އެނިމުނީ

  30
 4. ސަސި

  ހެޔޮ ނުވާނެ، ކަލޭ އިސްތިއުފާ ދީބަލަ. ދަރުމަ ވާނެ

  35
  • ހުސޭނުބޭ

   އުނހު! އުމުރު ހުސްވަންދެން މަޤާމާ ބަގުޑިބައްދައިގެން ހުރޭ!

 5. ބީރުމީހާ

  ފިޔަވަޅު އަޅަން ވީކީނޫން ރަގަޅު ހަރުދަނާ އުސޫލްތައް ހަމަޖައްދަންވީ އެފަދަ ކަންކަން ދިމާވަނީވެސް އަންނަ ކޯލްތަކަށް އެޓެންޑް ނުވެވޭތީ ބްތޭކްއެއްނެތި އެގޮތަށް ފޯނުތަކަށް ޖަވާބުދޭން ޖެހޭތީ މީހާ ތެންޝަނަށްދާނެ ކަންކަން ފުރިހަމަ ނުކުރެވޭނެ ކޯލް ސެންޓަރަށް ޕްރަޝަތުނުކޮއް އެކުދިންނަށް ރެސޓް ދީގެން މަސައްކަތް ކުރުވާ ނޫނީ ތިޔަގޮތަށް ކިތަންމެ ކޯލެއް މިސްވާނެ

  29
 6. ކިސަޑު

  އަލޭ ކޯލް ސެންޓަތުގައި 1 ގަޑިއިރު ނަސީމު މައިމޫނާ މަބުތޫކު ފައިސަލް ނިކަން މަޑުކޮއްލަބަލަ ޕްލީޒް

  30
  2
 7. ޔމނ އދރސ

  އެހެއްމީހުންނާއި ދޭތެރޭގައި ފިޔަވަޅުއެޅުމުގެ ކުރިން މިނިސްޓަރ އިސްތިއުފާދީ. ޒިއްމާވާން ޖެހޭނެ ފުރަތަމަ ފަރާތްތީ. ކޮން ކަމެއްތަ ކަލޭމެއްނަށްވަނީ

  30
 8. ޜިލްވާނު

  ޜިލްވާނު، ޔާމިން، އަފްރާސީމް ގެ މަރައްވެސް ފިޔަފަލުއަލާނެ. ޥިތަ؟
  މިކްށާ ގެ މަރުގަ ޢެއްމެ ދެރަވެގެން މިހާރަނައް އެކަކައްވެސް ފިޔަވަލެއް ނާލާ. ޢިތުރައް ވަގުގު ހޯދާ، މައްސަލަ އޮއަބަނީ

  25
 9. އަސީ

  އޭގެ މާނަޔަކީ ތިކަންކުރަންޖެހޭނީ 2023 ފަހުންނެނޭތޯ

  24
 10. ކާފަބޭ2020

  ވަގުތެއްނުނަގާ ޖޯޖްކޯބިންގެކަންތައްނިންމާކަށް! އިހުމާލުއޮތްކަމަށްއެއްބަސްވެފަ މިހާރުކޮންދުފާއެއްޗިއްސޭ ކިޔާކަށް! ތިޔައުޅެނީރޯޔަލްރޭޕްކޭސްހިންދާލިގޮތަށް ރާއްޖެތެރޭމީހެއްގެދަރިއަކަށްވާތީ ހިންދާލަން! މިޤައުމުގައޮތީ ބޮޑު 1 މައްސަލަ! މިކޮރޯނާމިއީ އަދި ގިނަބަޔަކުދުނިޔެއާ ވަކިވެދިއަސް މައްސަލަނެތީ! ކޮންމެގޮތަކުންވެސް އެމައްސަލަ

  !

  22
 11. ެެއެދުރު

  ނަސީމޫ، އިސްތިއުފާ ދެއްވާ! އެއީ މިކަމުގައި އަޅަންޖެހޭނެ އެެންމެ މުހިންމު ފިޔަވަޅަކީ. އެނގިވަޑައިގެންފިތޯ ؟

  17
 12. މިތުރާ

  އިސްތިއު ފާ ދޭންވަގުތު ނަގާނެ،،،،،އިސްތިއު ފާ

  17
 13. އަބްސީ

  މަރުބަލާ ކޮމިޓީއަށް ކިތަށް މަރު ބެލިއްޖެތޯ؟ ފިޔަވަޅު އަޅާ ކޮމެޓީ ވެސް އެހެންދާނީ، ކޮންމެ ކޮމެޓީއެއްހަދާފަ ރައްޔިތުންގެ ފައިސާއިން ކޮންމެމަހަކު 1000 އަށްވުރެ ގިނަމީހުނަށް މުސާރަދޭ، ވާކަމެއްނޯވޭ

 14. އަހްމަދު

  ޒިންމާދާރު އެއްވެސްމީހަކާމެދުފިޔަވަޅެއްނޭޅޭނެ އެންމެފުރަތަމަ ޖެހޭނީއިހްމާހުލުގެޒިންމާނަގައި ނަސީމުއިސްތިޢުފާދޭން ހަމަގައިމުވެސް ނަސީމަކީ އެހާއިޚްލާސްތެރިއެއްނޫން ދެންއެތަނުގަތިބި ނިކަމެތިރައްޔިތުން ވަޒީފާއިން އެކަހެރިކުރިމަކީ އިންސާފެއްނޫން

 15. ިޚާއިނު

  ސުލޯލިހުގެ ދައު ރުނިމޭއި ރުވެސް ތިޔާމައްސަލަ
  އޮންނާނީ ތިގޮތައް ދައްމަ ދައްމާ ކެ ރަފާބޭ އަކީ އިޔަހޫދި ޔަހޫދީއެއް:

 16. އަލިފުޅު

  މިވަ ރުގެހަޔާތެއްނެތް ގޮތެއްފޮތެއްނެތް ބެއެއް ނުދެކެން: އަހަ ރެމެން ލަދުންގޮސްބޯހަލާކު!!!!

 17. ގައުމީ ލޯބި

  އަންނި މައްސަލަ ވަގުތުން ވަގުތަށް ބެލުނު.. މީހެއް ގެ މަރު ނުބެލި ލަސްވާންވީ ސަބަބު ބުނެދީ..

  މީ ވަކި ފަރުަދަކު ހިމާޔަށް ކުރާ ގައުމަކަށް ވެއްޖެ.. ހުރިހާ މުވައްސަސާ އަންނި ގެ މައްސަލަ ބެލުމުގައި ބިޒީ.. އެހެން ރައްޔަތުންގެ ހައްޤެއް ހަމަ ނެތީ ތޯ؟

  މީހަކަުގެ މަރަށްވުރެން އަންނިގެ ގައިގައި އެޅުނު ކޫރުން މާބޮޑީތޯ؟

  އިސްތިއުފާ ދީ..؟ ކަލެޔަށް ރައްޔަތުންގެ ފަރާތުން މަސަތްކަތް ނުކުރެވުނު ކަން މިހާރު ޖަގީވެއްޖެ.. ފައިބާ..!