ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވައުދުވިގޮތައް މާމިގިލީގައި މަސައްކަތް ކުރާ އެކުންފުނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ނުދޭކަމަށް ބުނެ މުވައްޒަފުން މިއަދު އިހްތިޖާޖް ކުރަން ފަށައިފިއެވެ.

މާމިގިލީ މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީގެ މުވައްޒަފުން ބުނާ ގޮތުގައި މީގެ ހަމަސް ދުވަސް ކުރިން އެމުވައްޒަފުންނަށް ވަޒީފާ ދިނީ ތިން މަސް ފަހުން މުސާރަ ބޮޑުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ހަމަސް ދުވަސް ވެގެން ދިޔައިރު ވެސް މުވައްޒަފުންނަށް މުސާރަ ބޮޑުކޮށް ނުދިނުމުން ހުރިހާ ސަޕޯޓް ސްޓާފުން މިއަދު ވަނީ މަސައްކަތް ހުއްޓާލާ އިހްތިޖާޖް ކުރަން ފަށާފައެވެ.

"ބޭސިކް މުސާރައަކީ -/2500 ރުފިޔާ. އެލަވަންސްތަކާއި އެއްކޮށް މިޖެހެނީ -/5000 ރުފިޔާ ވަރު. ފުރަތަމަ ވަޒީފާ ދިން އިރު ބުނީ ތިން މަސް ފަހުން މުސާރަ ބޮޑުކޮށްދޭނަމޭ. ނަމަވެސް ހަމަސް ވެގެން ދިޔައިރު ވެސް މުސާރައަށް އެއްވެސް ކުރިއެރުމެއް ނުލިބޭ." މުވައްޒަފަކު ބުންޏެވެ.

ސަޕޯޓް ސްޓާފުން މިއަދު މަސައްކަތް ހުއްޓާލާ، މުސާރައަށް -/1000 ރުފިޔާގެ ކުރިއެރުމެއް ދިނުމަށް ވަނީ ޑިމާންޑް ކޮށްފައެވެ. ނަމަވެސް އިހްތިޖާޖް ފެށުމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ވަނީ މުސާރަ ބޮޑު ކޮށްދޭނެ ވާހަކަ ބުނެފައި ނުވާނެ ކަމަށް މުވައްޒަފުންނަށް އަންގާފައި ކަމަށް މުވައްޒަފުން ބުނެއެވެ.

"މިއަދު އިހްތިޖާޖް ކުރަން ފެށުމުން އެމްޑީ ގުޅާފައި މިބުނަނީ މުސާރަ ބޮޑުކޮށްދޭން އަންގާފައެއް ނުވާނެއޭ. އެކަމަކު އަޅުގަނޑުމެންނަށް ނޫންތޯ އެނގޭނީ އަޅުގަނޑުމެން ކައިރީ މުސާރަ ބޮޑު ކޮށްދޭނެ ވާހަކަ ބުނެފައި އޮތްކަން؟ މިހާރު އަންގައިފި އިހްތިޖާޖް ކުރި މުވައްޒަފުން ގެއަށް ދާން." އިތުރު މުވައްޒަފަކު ބުންޏެވެ.

މިކަމާއި ގުޅިގެން އާރްޑީސީ އެމްޑީގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

އިހްތިޖާޖް ކުރި މުވައްޒަފުން ގެންދަނީ އަދިވެސް އެމީހުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަހުމަދު ރަޝީދު

    ބޭރުކޮއްފަ ދިވެހިން ވައްދާ

    2
    5
    • މާމިގިލިމީހާ

      ދިވެހިންނޭ މުޒާހަ ރާކު ރަނީ

  2. ޢަހުމަދު ރަޝީދު

    އިހުމާލު ސަރުކާރުން އަބަދުވެސް ވާނީ އިހުމާލު.
    ބިދޭސީން ބޭރުކޮއްފަ ދިވެހިން ވައްދާ.
    ބައުދާހިލާފުނުވ.

  3. ލަފާ

    ހެހެހޭ... އަދިވެސް ޓީވީއަށް އަރާ ފޮނިކެނޑޭތޯ ބަލާތި. މަ ވަރުގެ މީހެއް ނެތްކަމަށް. ދެން ލަލަލާ!

    12
  4. މުރާދު

    ތިހެން ވެގެނޭ ބިދޭންސީން ގެންގުޅެން މަޖޫބުރުވަނީ...

    ކަލޭމެންނަށް ވުރެ ރަގަޅު މާލޭ މަގުމަތި ދަންވަރު ކުނި ކަހަން އުޅޭ ދިވެހި ކަނބަލުންނާއި ކުނި ނަގަން އުޅޭ ދިވެހި ފިރިހެން ކުދިންވެސް...

    3
    4
    • ކާފަބޭ2020

      އެކަނބަލުންނާ އެކީމަސައްކަތްކުރާއެންމެނަށް ހަމަޖެހިފައިވާއުސޫލުން ރުފިޔާފައިސާދޭތީ އެބޭޅުންގެމައްސަލަނެތީ! 100 ދުވަހުގެވައުދަށްވީގޮތަށް ރުކަށްއެރިމީހާގެ ނަދުރަށް ވީމައެވާހަކަދައްކާނެނޫންތޭ! ދިވެހިމައްސަލަނެތީ ބަންގާޅުމައްސަލަނެތީދޯ؟

  5. ޣޯސް

    ޢެއީ ދިވެހިންނޭ. 5000 ރުފިޔާއަކީ އެއްވެސް އެއްޗެއްނޫ. މެނޭޖިންގ ޑިރެކްޓަރަށް 5000 ރުފިޔާއިން އުޅެވޭނެތޯ

  6. ހަމްދާން

    ކަލޯމެން އަދިވެސް މިސަރުކާރައް ވޯޓުދޭތި.

  7. އަހުމަދު

    5000 ރުފިޔާ ؟ ސަރުކާރު ކުންފުންޏަކުން އެހާ ވަރުގެ އެއްޗެއް ތޯ ދެނީ ؟ ބޭރު މީހަކަށް މުސާރައިގެ އިތުރުން ހުރުމާ ކެއުމާއު ވިސާ ފި އާއި ކަރަންޓާ ފެނާ ދޭ އިރު ދިވެހި މުވައްޒަފަކަށް 5000 ރުފިޔާ އަދި އާރު ޑީ ސީ ކަހަލަ ބުރަ މަސައްކަތް ކުރާ ބަޔަކަށް އެއީ ދެރަވަރެއް ކަމުގަ ފެނޭ. ސަރުކާރަށް ނޭނގި ހިނގާ ކަމެއް ހެން ހީވަނީ. ހަމަ ގައިމުވެސް ސަރުކާރަށް އެކަން އެނގިއްޖެއްޔާ ތުޔަ މުޒާހަރާ ނުކުރިޔަސް އެކަން ހައްލު ކުރާނެ. ޓްވީޓެއް ކޮށްލާ. އެމް ޑީ ގެ ވިސްނުމަކަށް ވާނީ ރަނގަޅު ޕްރޮފިތް ދެކުން. ސަރުކާރުން ވިސްނާނެ ރައްޔިތު މީހާގެ ހާލަތަށް.

  8. މޫސަ

    މާމިގިލީން މަގުހަދާ ތަނުގެ ވަޒީފާލިބުނީ ހަމައެކަނި އެމްޑީޕީ މީހުނަށް. މިމީހުނަށްވިސްނޭނީ ކޮންދުވަހަކުންބާވައޭ ހިތަށްައަރާ