އައްޑޫ ސިޓީގައި އިންޑިއާ އިން އަޅަން އުޅޭ ކޮންސިއުލޭޓް އާ ދެކޮޅަށް އައްޑޫ ޒުވާނުންތަކެއް މީސް މީޑިއާގައި ގެންގުޅޭ ސޭވް އައްޑޫ ސްލޯގަންއަކީ ސަރުކާރާ ދެކޮޅަށް ގެންގުޅޭ ކެމްޕޭނު ސްލޯގަން އެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.
"ބޭނުން ކުރަނީ އޭރު ވަގަށް ވެއްދި ފައިސާ އޯ އެ ގައުމުގެ ފައިސާ ބާ؟ ސާފު ވާނެ" ނިހާދު ޓްވިޓާގައި ލިޔުއްވިއެވެ.
#SaveAddu akee Sarukaaraai idhikolhu faraaih thakun gengulhey campiagn slogan eh! Riyaasee Inthihaab kairivaa varakah Mifadha adu thah Gadhavaane! Kithah million dheegen baa mi fithuna eh mi higanee? Beynun kuranee Eyru vagah vehdhi faisaa or e gaumuge faisaa baa? Saafu vaane!
— Feydhoo Meehaa (Mohamed Nihad) (@nihad_m) June 5, 2021
މިދިޔަ ހުކުރު "ސޭވް އައްޑޫ" ޓީމުން ވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވައިފައެވެ. މި ޕެނަލްގައި އައްޑޫއަށް އުފަން އިލްމުވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވެސް ވާހަކަ ދައްކަވައިފައެވެ.
ސޭވް އައްޑޫ ކެމްޕޭނާ ދެކޮޅަށް ނިހާދު ފާޑުވިދާޅުވެފައިވާ އިރު މަޖިލީހުގައި ތިއްބެވި އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ކޮންސިއުލޭޓް އެޅުމާ އެއްކޮޅަށް ތާއީދު ކުރައްވާ މީގެ ކުރިން ވާހަކަ ދައްކަވައިފައެވެ.
އިއްޔެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އައްޑޫ ކޮންސިއުލޭޓް ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ޓްވީޓެއް ކުރައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންސިއުލޭޓެއް ގާއިމް ކުރުމުން ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އެ ގައުމުގެ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ހުށަހެޅުން ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާއިރު، މި ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.
މީގައި ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައި ވަނީ މި ކޮންސިއުލޭޓްގެ ސަބަބުން އައްޑޫ އަށް ތަރައްގީ އަންނާނެ ކަމަށް ސިފަކުރައްވައި ސަރުކާރުގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކައަށެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމުގެ ނިންމުމެއް އެ ގައުމުގެ ސަރުކާރުން ނިންމާފައި މި ވަނީ، އިންޑިއާއިން ރާއްޖެއަށް "އަތްގަދަ ކުރަން" އުޅޭ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ. މި ކަން އިންޑިއާ އާއި ދިވެހި ސަރުކާރުން ވެސް ދޮގު ކުރެއެވެ.
އެއީ ގައުމީ ކެމްޕެނެއް. ސަރުކާރުން ގައުމާ ދެކޮޅުވަނީ. އޭގެ މާނައަކީ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫނޭ!!!
ނިހާދު ކަލޭ ތިހުރީ ހަމަހޭގަތަ؟ ކަލޭވެސް ހަދާނުގައި ބަހައްޓަންޖެހޭނެ ކަންކަން ހުންނާނެ!! ކޮމްޕްރަމައިޒް ނުކުރެވޭނެ ކަންކަން ހުންނާނެކަން ކަލޭވެސް ހަނދާނުގައި ބަހައްޓަންވާނެ!! މިއީ ސިޔާސީ ކަމަކަށް ހަދައިގެން އުޅެނީ ކޮރަޕްޓް މަދުބަޔަކު މިސަރުކާރުތެރޭ ތިބި!! މިއީ އިދިކޮޅާ ގުޅޭކަމެއްނޫން!! މިއީ އައްޑޫއާއި މިގައުމު އަތްދަށުލާން އިންޑިޔާއިން އުޅޭތީ އެކަމާ ކަންބޮޑުވާ ބަޔަކު ކުރާ މަސައްކަތްތަކެއް!! ކޮރަޕްޓް ބަޔަކު ވެރިކަމުގެ ބާރުވެރިކަމުގެތެރެއިން އަމިއްލަ ފައިދާއަށް ގައުމު ހަލާކޮށް މިނިވަންކަން ގެއްލޭގޮތަށް ކަމެއްކުރަން އުޅޭތީ އެކަމާދެކޮޅަށް ދިވެހިރައްޔިތުން އަޑުއުފުލަނީ!! ކަލޭ މޮޔަވީތަ ފާޑުފާޑުގެ ވާހަކަ ތިދައްކަނީ؟
އައްޑޫ އަކީ އެމްޑީޕީން ވޯޓް ހޯދުމަށް ބޭނުންކުރާ އައިޑީ އެއް.އެމްޑީޕީ އަކީ އައްޑޫގަ ހުޅުޖެހި ޕާޓީ އެއް.އައްޑު އަކީ އެމްޑީޕީން ވޯޓް ހޯދުމަށް ދުނިޔެއައް ދައްކާ ފޮޓޯ އެއް. އެމްޑީޕީ އަކީ ހަޤީގަތުގާވެސް އައްޑޫގެ ތަރައްގީ އައް އޮތް ހުރަހެއް.
ޔައްޔިތުންގެ އަޑަކީ ސަރުކާރާ ދެކޮޅު އަޑެއްކަމަށް ކަލެއަށް ވިސްނޭކަމަށް ވަންޏާ، ތިއީ ކަނޑުކޮހެއް، އެގޭތަ ރައްޔިތުން ނެތްތަނެއްގަ ސަރުކާރެއް ނޯންނާނެ ސަރުކާރަކީ ރައްޔިތުން، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަލޭމެނާ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރީ ރައްޔިތުންނަށް ބަވާކަށެއްނޫން،
ކަލެއަށް އެނގޭތަ ދައުލަތެއްގެ އެންމެމަތީ ބާރުވެރީންނަކީ އެޤައުމެއްގެ ރައްޔިތުން އެމީހުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަގައިގެން ތިގޮތަށް މޮޔަ ކުlހެން ނޫޅެން އިއްޒަތްތެރި މެންބަރަށް އިލްތިމާސް ކުރަން
ސޭވް އައްޑޫ ސޭވް އައްޑޫ ސޭވް އައްޑޫ ސޭވް އައްޑޫ ސޭވް އައްޑޫ ސޭވް އައްޑޫ
މިއޮތީ ކުޑަ ގޮހޮރައް ކައިގެން
މިވެ ރިން ސަ ރުކާ ރު ދޮވެލާފި ކެވުނު ވަ ރު މަދުވެގެން އަދިވެސް އެތިކޮޅެއް ދި ރުވައި ލެވޭތޯ ބަލަނީ..
ކުރިން އިންޑިޔާއިން ދިން ފައިސާ ކާލައިގެން ، އަނެއްކާ ފައިސާގަނޑެއް ދޭނަމޭބުނީމަ ތެޅިއަރުވަނީ މެމްބަރުންވެސް ، ސާފްކޮށް ޤައުމަށްވާނެ ފައިދާ ބުނެލަދޭންވީނު ، އަދު ނިހާދުއަށް އިންޑިޔާއިން ކިހާވަރެއް ދެއްވާތޯ
ނިހާދު ކަލޭ އަގަ ނުތަޅުވާ މަޑުންހުރެބަލަ، ކަލެޔައްތަށް އެގެނީ އެއްކޮޅާއި ދެކޮޅު ! ސޭވް އައްޑޫ އަކީ ސަރުކާރާއި ވެސް އެއްކޮޅު ރަގަޅު ގުރޫޕެއް !
ކޮންގޮތަކުންތަ ސަރުކާރަ ދެކޮޅުވީ؟؟؟ ސަރުކާރުން ހިންގާ ގައުމުގެ މިނިވަންކަމާ ތެޅެވޭ ސިޔާސަތު ތަކާ ރައްޔިތުން ދެކޮޅު ހެދުމަކީ ރައްޔިތުންގެ ހައްޤެއް. އަހަރެމެން މިކުރަނީ ގައުމީ ޖިހާދެއް. ދެވަނަ ލަކްޝަދީޕަށް އައްޑޫވެގެންދިއުމަށް ނޭދޭތީ އާ އަހަރެމެންގެ ދަރިފަސްކޮޅު ބުދުދީނުގެ މީހުންގެ އަޅުންނަށް ވިޔަނުދިނުމަށް ކުރާ ގައުމީ ބޮޑުމަސައްކަތެއް މިއީ!!!
ބުދުދީނުގެ މީހުންގެ އަނިޔާވެރިކަން، މިޔަންމާއިން ފެނިގެން ހިނގައްޖެ. 100 އަހަރު އެތަނުގައި ވެރިކަންކުރި ރޮހިންޔާ ދަރިކޮޅު މިހާރު އަޅުވެތި ކޮށްފައި އެވަނީ ބުދު ދީނުގެ މީހުން. އެމީހުން ދިރިތިއްބާ އަންދާ!! އެމީހުންގެ މައިންނާ އަންހެންދަރިން ފިރިންނާ ބޭބެމެންގެ ކުރިމަތީގައި ރޭޕްކުރޭ!! އަހަރެމެންގެ އަމިއްލަ ގައުމުގައި މިފަދަ ކަމެއް ހިގުމަށް މެދުވެރިވެދާނެ ހުރިހާ ދޮރެއް ބަންދު ކުރުން މި ކެމްޕޭނުގެ ބޭނުމަކީ... އިސްލަމީ ޝަރީޢާގެ އެއް މަސްދަރު.. "ސައްދުއްޒަރައީ" ނުބައި ކަމަކަށް މަގުފަހިވެދާނެ ހުރިހާ ދޮރެއް ބަންދުކުރުން... މިއީ އަހަރެމެން ކަންކަން ކުރުމުގައި ބަލާގޮތްތަކަކީ... ނިހާދު ކޯންޗަކުން ކޮންތާކުން އެއްޗެއް އެނގިގެން ތި ވާހަކަ ދައްކަނީ؟؟؟؟
ނޫހުގައި ޖަހާ ކޮމެންޓާއި ލިބޭ ލައިކަށް ބަލާއިރު ކަލޭ ތިހިރީ ރައްޔިތުންގެ އިހްސާސް ނޭނގިކަން އެބަ އިނގޭ.
ގައުމަށް ފައިދާ ހު ރި އެއްވެސް ކަމެއް އެމްޑީޕީ އަކުން ނުކުރ ރާނެ....
ގަމާރާ އައްޑޫގެ ދިފާޢުގައި އައްޑޫ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ކުރަން ނުކުންނަނީ ސީދާ ސަރުކާރާ ދެކޮޅަށް.
މިގޮލާ މަޖިލީހަށް ވެސް ދަނީ ޖާބިރު ކިޔާ ކޮންމެ އެއްޗަކަށް މޮޔައެއްހެން ހީ ބިރަކާ ނުލައި މަޖާ ކުރަން! މިހާރު އަނގަ ފަޅައިގެން ތިއުޅެނީ!
#ސޭވް އައްޑޫ
#އިންޑިއާ އައުޓް
# ބޭން އެމްޑީއެން
# ބޭން ލާދީނީ ފިކުރު
# އިބޫ އިސްތިއުފާ
#ލާދީނީ ސަރުކާރު
އާޖުފާޖު ނޭގޭ މީހުނަށް ދެއްކޭނީ މުޅިންވެސް ދެއުޅިއެއް ނުވާ ބޭކާ ރު ވާހަކަ.