އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ތާއީދުކޮށް އެ ސިޓީ އަށް އުފަން ރައްޔިތުން ދެ ވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީސް ރައީސް ނަޝީދު ސިފަކުރެއްވި ކަމަށް ވިދާޅުވެ، ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އައްޑޫ މީހުންގެ ވިސްނުން ހުންނަނީ ނޭފަތު ކުރިއާ ހިސާބަށް ކަމަށް ދޭހަވާ މޭރުމުން ނަޝީދު ވިދާޅުވުމާ ގުޅިގެން ޝާހިދު ވަނީ އެކަން ހަރުކަށީ އިބާރާތުން ކުށްވެރި ކުރައްވާ ފޭސްބުކް ޕޯސްޓެއް ކުރައްވައިފައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ރައީސް ނަޝީދު އަކީ އައްޑޫ އަށް ނިސްބަތް ވާ ބޭފުޅަކަށް ނުވާތީ އައްޑޫ ރައްޔިތުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންނަކީ ވިސްނުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ނޫންކަން ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވުމަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމެއް ކަމަށް ވިދާޅުވިއެވެ.

މިފަދަ އިބާރާތެއް އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ބޭނުން ކުރެއްވުމުން ޝާހިދު ވަނީ އެއީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ކޮންމެ އިންތިހާބަކާއި ދިމާކޮށް ވޯޓު ހޯދަން އައްޑޫގައި ދެއްކެވި ވާހަކަތަކަކީ އާންމު އުސޫލުން އެމްޑީޕީގެ ފަލްސަފާގައިވާ މަކަރާއި ހީލަތުން ކުރައްވާ ކަންކަން ކަން ވަރަށް ރަގަޅަށް ވިސްނި ސާފުވެއްޖެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ހިންގާ ތަރައްގީގެ ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ފެންނަނީ ގައުމުގެ އިހުތިސާސުން ބައެއް އެހެން ގައުމަކަށް ލިބޭ ގޮތް ހަދަމުންދާ މަންޒަރު ކަމަށެވެ. އަދި އައްޑޫގައި އިންޑިިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމުމަކީ ގައުމު އަޅުވެތި ކަމާ ދިމާލަށް ދީލާލުން ކަމަށް ސިފަކުރައްވާ ޝާހިދު ވަނީ ކޮންސިއުލޭޓެއް އެޅުމުގެ ވިސްނުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އެ ގައުމުގެ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ހުށަހެޅުން ދިވެހި ސަރުކާރާ ޚިއްސާކޮށްފައިވާއިރު، މި ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

މި ކަމަށް ރައީސް ނަޝީދު ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައިވާއިރު، މަޖިލީހުގައި ތިއްބެވި އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ މި ކަމަށް ތާއީދު ކުރައްވާ މީގެ ކުރިން ވާހަކަ ދައްކަވައިފައެވެ.

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާގެ ބޮޑު ކެމްޕޭނެއް ވެސް އައްޑޫގެ ޒުވާނުންތަކެއް އިސްވެގެން ވަނީ ފަށައިފައެވެ.

އިއްޔެ "ސޭވް އައްޑޫ" ޓީމުން ވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވައިފައެވެ. މި ޕެނަލްގައި އައްޑޫއަށް އުފަން އިލްމުވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވެސް ވާހަކަ ދައްކަވައިފައެވެ.

މީގައި ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ މި ކޮންސިއުލޭޓްގެ ސަބަބުން އައްޑޫއަށް ތަރައްގީ އަންނާނެ ކަމަށް ސިފަކުރައްވައި ސަރުކާރުގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކައަށެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމުގެ ނިންމުމެއް އެ ގައުމުގެ ސަރުކާރުން ނިންމާފައި މި ވަނީ، އިންޑިއާއިން ރާއްޖެއަށް "އަތްގަދަ ކުރަން" އުޅޭ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ. މި ކަން އިންޑިއާ އާއި ދިވެހި ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ާާާޢަލީ

  ނަޝީދާއި ދެއުޅި އެއްވާ މީހެއްނޫން..ކިޔޭނުކިޔޭ އެނގޭ މީހެއްވެސްނޫން..އެ ކަން އެނގޭނެ ވެރިކަމުން އިސްތިއުފާ ދީފަ ދެން ކުލުނު ޑުރާމާ.. ކޮން ކަމެއް އިތުރައް ނެގިއިރު އެވާނީ އެޔަށް...

 2. ސަމާ

  މައުމޫނު ސަރުކާރުގައި ހިތަދޫ ބަނދަރު ހަނދަން ރައްޔިތުންނާއި ބައްދަލުވުމެއް ބޭއްވި އަދި އެކަމުގައި މަޝްވަރާ ހޯދި.
  ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެޅި އިރު ބައްދަލުވުން ބޭއްވި.
  ބޮޑެތި ކަންކަމުގައި ރައްޔިތުންގެ އިހްސާސް ބެލި.

 3. ަސދަސަ

  ތިކަން ކުރަން އުޅެނީ މމޕރސ ލިސްޓްގައި ނަންއޮތް މެމްބަރުންނާއި އަދި މޭޔަރު.
  ގިނަވެގެން ތިއީ 10 ވަރަކަށް މީހުން. ވީމާ ބާކީ ތިބި އައްޑޫރައްޔިތުންގެ އިހްސާސް ވޯޓަކުން ނުބަލައި ތިކަމަށް ހުއްދަ ދީފިއްޔާ ދެން އަންނަ ސަރުކާރަކުން ތިކަން ފުރޮޅާލާނެ.

  10 މީހުންނަކަށް މިއައްޑޫ ނުވިއްކޭނެ، ކަލޭމެންނަށް އައްޑޫ ރައްޔިތުން ދިންބާރުގެ ބޭނުން އެކަނި ހިފަން ޖެހޭނީ.
  ބައުންޑަރީން ބޭރުވެގެން ނުވާނެ

 4. ނޫމަރާ

  ކުރަން އޮތްހާވެސް ކަމަކީ މާލޭގައި ހުރި އިންޑިޔާ ހައިކޮމިސަން ބަންދުކޮށް ސަފީރު މީހާރަށަށް ފޮނުވާލަން ޖެހޭ ހާލަތަށް އިންޑިޔާގެ ކަންތައް ބޮޑުވެއްޖެ

 5. ވައިކިންގ

  ރަނދަޅު ވާހަކައެއް. ފުރަތަމަ ދަރަޖެ އިންޑިޔާ އަށް. ދެން އެޔަށްފަހު އައްޑޫ ރައްޔިތުން. އައްޑޫ ރައްޔިތުން އެގޮތަށް އެދޭތީ.

  3
  1
 6. ސޯޕް ލައިޓް ބްރަދަރ

  އައަޑޫ ރައްޔިތުން ނަސީދު ސިފަކުރަނީ އިންޑޔާއަށް އައްޑޫ ވިކާލި ދައްޔޫދެއްގެ ސިފައިގަ!!1

 7. ﷲގެ އަޅާ

  ތޭ އަބަދަށަސް ތެކަން އޮންނަލެއް ކަލޯ. މާލޭ "ބޭފުޅުން" ނަކީ ރާއްޖޭ މީހުން . ދެންތިބެނީ ރާއްޖެތެ ރޭ(ދެވަނަ ދަ ރަޖައިގެ) މީހުން . އިންޑިއާ އައުޓް .

 8. ކޮވިޑް

  އަހަރެމެނަށް ސިފަވަނީ އައްޑޫގަ ތިބެނީ ޗިޕް މަދު ގަޅިންގެ ގޮތުގަ އެހެންވެތާ އެމްޑީޕީއަށް މަޖިލީސް އަދި ކައުންސިލް މެޖޯރިޓީ ދިނީ. ހުޅުޖަހާ މުޅި އައްޑޫ ފަނާކުރީމަވެސް.

 9. މިތުރާ

  ނަޝީދު ވިދާޅުވީ ވ ބޮޑުދެދުފުޅެއް ނޭފަތުގެ ކު ރިއާހަމަޔަށް އައްޑޫ މީިހުން ވިސްނުންގެންގުޅެނީ، ހަހަހާ🤣،،،އައްޑޫމީހުން އައްޑޫ ތަ ރައްގީ ކު ރަން ވީމަ ވިޔަފާ ރިވެ ރިން މާލެ ފަޅުފިލުވަނީ !!! އައްޑޫގަ ހުސްބިން ކޮޅެއް އޮތީޔާ ސަ ރުކާ ރުން ކުއްޔަށް މަހުޖަނަކަށް ދީފަ، ބޯކިބަލެއް ފަޅިކު ރާހެން ފަޅި ކޮއްފަ އިންޑިޔާ މިލިޓަ ރީ ބޭސް އަކާއި ،ކޮންސިއުލޭޓު އޮފީސް އެއްދިނީމަ ކޮބާ މަސްސަލަ އަކީ؟؟؟؟

 10. މުހަންމަދު

  ޝާހިދޫ، އައްޑޫ ރައްޔިތން އެންމެ ލޯބިވާ މީހަކީ ތި ނަޝީދު، އޭނަ ދުވާލަށް ރޭގަޑޭ ބުނިކަމުގައި ވިޔަސް އައްޑޫ ރައްޔިތުން ޤަބޫލު ކުރާނެ.