އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަންނަވާ އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން އެ ކަމަށް އެމްޑީޕީގެ މެންބަރުން ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި ސިޔާމް ބައިވެރިވެވަޑައިގެންނެވިއިރު، އެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެވެ.

ސިޔާމް މަޖިލީހުގެ ކޮމިޓީގައި އިންނެވި ފޮޓޯއަކާއެކު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ، މަޖިލީހަށް އެއްގޮތަކަށް ވެސް ވަޑައިނުގަންނަވާ ދެ އަހަރު ހޭދަ ކުރެއްވުމަށް ފަހު ކުއްލިއަކަށް މިއަދު ކޮމިޓީއަށް ސިޔާމް ވަޑައިގަތީ ކާކު އަންގަވައިގެންތޯ ސުވާލު ކުރައްވައިފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އަހަރު ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިނުގެން މިއަދު ކުއްލި ގޮތަކަށް 241 ކޮމިޓީއަށް ސިޔާމް ދައްކާލުމުން މަޖިލީހުން ހިންގާ އިންކުއަރީ އިތުރަށް ސީރިއަސް ވެގެން ގޮސްފި ކަމަށެވެ.

"ކޮމިޓީއަށް ހޯދޭ ހޯދުންތައް އަޅުގަނޑު ބަލާނަން، ވަކިން ޚާއްސަކޮށް މިއިން ކޮންމެ މެންބަރަކު އެ ހޯދުންތަކުގެ މައްޗަށް ވޯޓް ދޭ ގޮތް އަޅުގަނޑު ބަލާނަން،" މީކާއީލް ކުރެއްވި ޓްވީޓްގައިވެއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ކުރެއްވި ޓްވީޓެއްގައި ވަނީ ނަވާރަވަނަ މަޖިލިސް އުފެދުނު ފަހުން 241 ކޮމިޓީއަށް އެމްޑީއޭއިން ނިންމި މެންބަރު އަދި އެ ޕާޓީގެ ލީޑަރު ސިޔާމް އެ ކޮމިޓީއަށް މީގެ ކުރިން އެއް ގޮތަކަށް ވަޑައިނުގަންނަވާ ކަން ފާހަގަކުރައްވައިފައެވެ.

"މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަތީ ކީހާ އިސްލާހުތެރިތޯ،" ޝިޔާން ސުވާލު ކުރައްވާފައިވެއެވެ.

މަޖިލީހުގައި މި ވަގުތު އެންމެ ބޮޑު މަސައްކަތަކަށް ހިނގަނީ 241 ކޮމިޓީގެ މި އިންކުއަރީއެވެ.

މި އިންކުއަރީއަށް މިހާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ އިންޓެލިޖެންސްގެ ބައެއް އޮފިސަރުންނާއި، މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފައިވާއިރު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލްރަހީމް ވެސް މިއަދުގެ ވަގުތެއްގައި ހާޒިރު ކުރާނެއެވެ.

ރައީސް ނަޝީދުގެ ސެކުއިރީޓީ ފޫއަޅުވާލައި، މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވާއިރު، ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. ނާދިރާ

  ސިޔާމް ހިތައް އެރީމަ ހަމަ ދެވޭނެ. މޑޕ ހަޖަމް ކުރަން ޖެހޭނީ ދަތި ހާލުންވެސް

  128
  14
  • ޙައްގުބަސް

   އަޅުގަނޑުމެން ދިވެހި ރައްޔިތުންނަކަށް ބޭނުމެއްނުވޭ އަދި މުހިންމެއްވެސްނޫން ކަލޭމެން މަޖްލިސްތެރޭ ތިބެގެން ތިޖަހާ ސިޔާސީ ސަކަރާތްތައް ބަލާކަށްވެސް އަދި އަޑުއަހާކަށްވެސް! މަޖްލީހުން ކޮންކަމެއް ތިކުރަނީ ކަލޭމެންތިބެ! ޖީބުތައް ފުރާލައިގެން ތިބެ ސިޔާސީ ގޭމްކުޅުން ފިޔަވާ ކޮންކަމެއްކަލޭމެން ތިކުރަނީ!! އަމިއްލަ ނަފްސާ ކޮންމެ މެމްބަރަކު ސުވާލުކުރޭ! މިރާއްޖޭގެ ރައްޔިތުންނާ ސީދާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި ވަކި މީހެއްގެ ވަށައިގެން އެނބުރޭ ތަނަކަށް ރައްޔިތުންގެ މަޖްލިސް ހަދައިގެން އުޅޭ ސަބަބެއް ކަލޭމެން އަޅެ ބުނެބަލަ؟ ކަލޭމެންނަށް މުސާރައާއި އިނާޔަތްތައްދެނީ ކޮންބައެއްގެ ފައިސާއިންކަން ކަލޭމެން އަޅެބުނެބަލަ؟ މިރާއްޖޭގެ ސިއްޙީ ނިޒާމް އޮތްފެންވަރު ކަލޭމެންނަށް ނޭނގެނީތަ؟ ދައުލަތާއި ކަލޭމެންގެ ހުރި ނޭއްގަނީކަމާއި ވިޔާނުދާ ކަމާއި އަދި އެތައް އިހްމާލެއްގެ ސަބަބުން މިރާއްޖެއަށް ކޮވިޑް ފެތުރި ދުވާލެއްގެ މައްޗަށް އެތައްފުރާނައެއް ވަކިވެގެންދާކަން ކަލޭމެންނަށް ނޭނގެނީތަ؟ މިރާއްޖޭގެ މާލިއްޔާ ތަޅާ ސުންނާފަތިކުރާކަން ކަލޭމެންނަށް ހަމަ ނޭގެނީތަ؟ ފިނޭސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާ ދެންވެސް ތިބި ބަޔަކު މާތަނަވަސް ބަޔަކަށް ކުއްލިއަކަށްވެ އެތައްކަމެއް ހިންގަމުންދާކަން ކަލޭމެންނަށް ނޭގެނީތަ؟ ފޮރިން މިނިސްޓަރު ބޭރުގައި އެތައްބަޔަކު ގޮވައިގެންގޮސް މަހަކަށްވުރެން ގިނަދުވަސް އެކުރަނީ ކިހާ ވަރެއްގެ ފައިސާއެއް މާލިއްޔާއިން ހޭދަކޮށްގެންކަން ކަލޭމެންނަށް ނޭގެނީތަ؟ ގައުމުގެ ހާލަތު ރަގަނޅުކުރުމުގެ ބަދަލުގައި މުޅި ގައުމު ކަލޭމެން ހަލާކުކޮށްފި! ގައުމު އަޅުވެތިކަމެއްގެތެރެއަށް ގެނބިގެންމިދަނީ ކަލޭމެންގެ ހުރި ކޮރަޕްޓް އެތައްކަމެއްގެ ސަބަބުން!

   66
   1
   • ޜަނާ

    ކިޔާލް ތަންކޮޅެއް ދިގުވެއްޖެ ހެންހީވަނީ

    11
    8
    • ރަބަރޭ

     އެއްގޮތަ ކައްވެސް ދިގެއްނޫން ގައުމުގެ ހާލަތުއޮތް ހިސާބައް ބަލާއިރަ ކު

  • ބޯހަލާކު

   ބަލަ ތިޔަކަމެއް ރަނގަޅަށް ދެފުށް ފެންނަގޮތަށް ރީތިކޮށް ބެލޭނީ ހުރިހާ ޕާޓީގެ މީހުން ތިބީމާ ނޫންތަ. ތިވަރަށް އިސްކަންދީގެން މަޖިލީހުން ކުރާ ކަމަކަށް އޮރަބްލް ޝިޔާމް ތަރުހީބު ދެއްވީމާ އެމަނިކުފާނަށް މަރުހަބާ ދަންނަވަންވީ ނޫންތަ. އެމަނިކުފާނު ވަޑައިގަތުމުން އެކަމާ ދެރަވެގެން ތިޔަ އުޅެގަތް ގޮތުން ސާފުވަނީ ވަކިބަޔަކު އެތަނަށް ވައްދައިގެން ވަކިވައްތަރަކަށް ރިޕޯޓް ހަދާފައި ވަކި ބަޔަކު ކުށްވެރިކޮށްފައި ވަކިމީހަކަށްޓަކައި ކަމެއް ކުރަން އުޅޭކަންް. ކުއްލިއަކަށް އިންތި ތިކޮމިޓީއަށް ވެއްދީމާ ނުވާ ކަމެއް ޝިޔާމް ތިތަނަށް ވަދެގެން ވާނެތަ! މިހާރު ހިސާބަށްވުރެ ޚުދުމުތާރުކަމާއި ޑިކްޓޭޓަރުކަން މިމީހުންގެ ކިބައިގައި ގަދަވެއްޖެ.

  • އަލީ

   ތިޔަ މީކާއިލަކީ ތަންދޮރުނުބަލާ ބޮލުރޮދިޑެިފައި ހުރި އެއްޗެއް... މީގެކުރިންވެސް ސިޔާމް އެގްޒިންބޭކަން ފައިސާ ދެއްކިފަހުން ހޭބަލިވެގެން މަޖިލިހަށް ފައިސާ ނުދައްކަޔޯކިޔާފައި ކުއްލި މައްސަލައެއްވެސް ހުށަހެޅި މީކާއަށް ހަމަހޭވެރިކަން އައިރު ދެންއެވާހަކަދައްކަންވެސް ނުކެރުނު. މީކާ ފުރަތަމަ ދާއިރާގެ ހައްގުގައި 85 ސް ހާސް ރުފިޔާ ނަގައިގެ ރައްޔަތުންނަށް ކަމެއް ކޮށްދެވެވޭ ތޯބަލާބަލަ.. ހުންނަ ލަދުހަޔާްކުޑަކަން އެންމެފަުންވެސް އާދޭސް ކުރި ހަދާނެއްނެ..

   2
   1
 2. ކޮވިޑް

  ކޮބާ ބޭނުމަކީ ދިއުމުގެ؟ ތަޔަ ކޮމެޓީން ތި އުޅެނީ ވަކިމީހެއްގެ މައްސަލަ ނުނިމިގެން ކޮބާތަ އެހެން މަރުތައް؟ކޮބާތަ އައްޑުގަ ހުޅުޖަހާ ރޯކުރި ކަންތައް؟ މީކާއީލް ތިބަލަނީ އެއްލޮލުން ދެލޯހުޅުވާފަ މުޅި ޤައުމަށް ބާލާލަބަލަ؟ ކެކެކެކެ ވައްޑެ ތީ ކުފޫހަމަނުވާ މޮޔަގޮލައެއްފަދަ މީހެއް.ނެތިން ވައްޑެގެ ވާހަކަ ދައްކާކަށް،

  103
  7
 3. އިބްރާހީމް

  މަރުހަބާ އަޙުމަދު ޝިޔާމް. ތި ދައްކަވައިދެއްވީ ޤަވްމުގެ ކަންތައްތަކުގައި މަނިކުފާނަކީ ވިސްނަވާ ޤަވްމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅެއްކަން.

  106
  20
 4. ރަދީފް

  މިތާ ނެތޭ ސިޔާމް ހިނގި މަގަކުންވެސް ހިނގޭނެ މީހެއް.ވައްޑެ،މީއްކޮ އަދި ގިޓާ މިދެން ކޮންބައެއް.ކޮބާ މިމީހުންގެ ފެންވަރަކީ؟ ވ.ވެދުން

  53
  5
 5. ލޯބި

  ތިޔަސޮރު (އަންނި) މިކޮޅަށް ނުގެންނާތި. ޢޭއްޗަކު ބަހައްޓާ ވާނެ އެއްޗެއްވާން ޖަރުމަނުގަ. ތިޔައީ މިގައުމަކަށް މުހިއްމު މީހެއްނޫން.

  52
  2
 6. މީދޫ މީހާ

  ސޯ ވަޓް.. އެކެއްގެ ވަށައިގެން އެނބުރޭ ކުދިންކޮޅު މޭކަރާނެ...ލޮލް

  50
  2
 7. އަލީ

  ކީއްކުރަން ދާތަނެއް.. ރައްޔަތުން ޤަބޫލުކުރާ މަސައްކަތެއް ކުރާތަނެއްނޫން މިހާރު ތިޔައީ.. އެންމެ ގިނަ ވޯޓްލިބިގެން މަޖިލިހަށް ހޮވުނީ ސިޔާމް ރައްޔަތުން އޯކޭ.. ވައްޑޭ މެން މައްސަލައިގެ ފޯކަސް ގެއްއލުވާލަން ތިއުޅެނީ.

  45
  2
 8. މ އިއްބެ

  ދާއިރާގެ ރައްޔަތުންގެ އެއްވެސް މައްސަލައެއްނެތް މަޖިލިހުން ލިބޭ ހުރިހާ ފައިސާއެއް ރައްޔަތުންގެ ކަންކަމަށް ހޭދަކުރަނީ.. އެހެން މެންބަރުން ވެސް ރައްޔަތުންނަށް އެއްޗެއް ދޭންޖެހިއްޖެއްޔާ ދަނީ ސިޔާމް ކައިރިޔަށް މަޖިލުހުން ލިބޭ ފައިސާއިން ދެކޮލުވެސް ނުޖެހިގެން މީކާލް ވައްޑޭމެން ދެންލަލަލާ

  36
  3
 9. ދަތްދޫނި

  ކޮންމެެވެސް ނުބައެއް އުލެފާނެ. ޒަމާން މިހާރު މިއޮތީ ބަދަލުވެފާ!

  8
  5
 10. މުއްލާ

  މިސްކިތު ރޯކުރީ މަށޭކިޔާތޯބަލަންކަން ނޭންގެ އެދިޔަޢި

  7
  23
 11. ޔާމިން

  ސާބަހޭޝިޔާމް މޑޕ ޖެހޭނީ ހަމަތެލިތެޅިތިބެން

  44
  3
 12. ވިލޭ

  ކަމޯންޝިޔާމް ދެންލަލަލަލާ މޑޕ

  34
  3
 13. ޅ.ނޫރާނީއާގޭ

  ބެސްޓް ޝިޔާމް

  36
  3
 14. ލައިލާ

  ހަމަތީ ވަރުގަދަ މީހެއް ލަލަލާ މޑޕ

  32
  3
 15. ނަޝީދު

  ގޮރޭޓް ޝިޔާމްބައި

  25
  1
 16. ޔާމިން

  ހެހެހެ މޑޕ ޝިޔާމްދެކެ ހާދަބިރުގަނޭ

  31
  2
 17. މާރިޔާ

  ނޫނޭ ތީ ހަމަގަޓްހުރިބޭފުޅެއް ހަޖަމްކުރަންޖެހޭނީ މޑޕ

  34
  2
 18. ޅޭ

  އަޅެ ތިޔަކޮމެޓީގައި ތިބެންޖެހެނީ ހަމައެކަނި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަ ރުން އެކަނިތޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  34
  2
 19. ބަޔަކީ

  ތި މީކާއީލް އައް ގަލޮޅު މޕ ކަންދިން ގަލޮޅު މޙުންތިބީ ބީތާވެފަ. އެދެންކާކުތަ ކަލޭމެން ތަމްސީލް ކުރަން.

  31
 20. ގިއްސާ

  ބައްލަވާ.. އެހެން މީހުންނަށް އޮންނަ ހައްގު ސިޔާމަށްވެސް އޮންނަންޖެހޭނެ. ތިތަނަށްދާ މީހުން ވަކި ރައްޔިތުންނަށް ފައިދާހުރި ކޮންކަމެއްތަކުރަނީ ނިކަން ބުނެބަލަ. މަޖިލިހަކީ ހުރިހާ މެމްބަރުންގެ ތަނެއް. ވަކިމީހަކު ދާއިރަށް ފޮޓޯނަގާ ޓްވީޓްކުރުން ތީ އެކުގައި މަސައްކަތްކުރާ މީހުންނަށް ކުރެވޭ މަލާމާތެއް، ފުރައްސާރައެއް. ޒިންމާއަށްވުރެ ހައްގު ބޮޑުކަމުގެ ވާހަކަ ދައްކަނީ އެމް.ޑީ.ޕީން. އެހެންވެ ސިޔާމަށް ލިބިދެވޭ ހައްގުގެ ތެރެއިން ޒިންމާ އަދާނުކުރެވޭނަމަ ނުކުރެވިވަނީ. ލޮލް

  25
 21. އަރިކަށި ފިކުރު

  ކޮމެޓީގައި ތިބެގެން އަންނިގެ ޕަޕެޓުން ރައްޔިތުންނގެ ނަމުގައި ތިޔަ ހިންގާ ޖަރީމާއަށް ފާރަވެރިވެ މައުލޫމަތު ހޯދަން ސިޔާމް އެދިޔައީ. ކީއްވެތަ ފަޔަށް ހިނި އަރައިގެން ތިޔަތެޅެގަތީ. އިހުލާސްތެރި ތަހުގީގެއް ހިންގަންޏާ.

  31
 22. އަލީ

  ޝިޔާމު ހެދީ ރަގަޅަށް ތިތަނަށްވަދެތިބެ ފެލުމަށްވު ރެން ރަގޅީނުދިއުން މި2 އަހަ ރުތިތަނުން ކު ރި ކަމަކުން މިގައުމަށް ވީފައިދާއެއްކޮބާ؟؟

  12
 23. ކުންނު

  ކޮމެޓީއަން މެޖޯރިޓީއޮތީމާ އެންމެމީހެއްގެ ވަށަޢި އެބުރެމުންދާތީ ޝިޔާމުމެންކަހަލަ މީހަކު ހާޞިރުވީމާ ބިރުން ހަޅޭލަވާނެކަމެއްނެތް ސިއްހީދާއިރާފޭލި ޤައުމުފޭލިވެއްޖެ އިސްތިއުފާދޭންވީ

  13
 24. އައްޑޫ މީހާ

  ތިޔަ ކޮމިަޓީއަށް ކެނެރީގޭ ލާދީނީ ނަޝީދު ޙަޟިރުކޮށް ސުވާލުކޮށްބަލަ މިގައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލޭގޮތައް ކޮށްފަހުރި ކަންތައްތަކާ ގުޅޭގޮތުން ސުވާލުކުރަން އޭނަގެ ވަރިކަމުގައި އިންޑިއާ ސިފައިންގެ ބޭސްތައް މިގައުމުގައި އަޅަން އެއްބަސްވެ ކާލާފައިވާ ފައިސާއާއި ގުޅޭގިތުން ސުވާލުކޮށްބަލަ މިހިރީ ގައުމުގެ ސަލާމަތައް މާބޮޑެތި ލޮޅުން އަންނާނެ ކަންތައް އޭނަކޮށްފަހުރި ދެން މިގައުމުގެ އެތަކެއް ރައްޔިތުންނެއް ޓެރަރިޒަމަށް ވައްދައި ގައުމުގެ އެތައް ތަނަކަށް ޓެރެރިޒަމްގެ އަލިފާނުގެ ހަމަލާތަކެއްދިން އެކަންތައް ކޯ byޓްތަކުގެ ޔައުމިއްޔާ ތަކަށް ބަލާލީމަ ސާފުކޮށް އެގެން އެބަހުރި ރައްޔިތުންގެ މަޖިހުން ޑރ.ކޮނަރީގެ ނަޝީދަކީ ހުދު ފޮތިކޮޅަކަށް ހަދަން އުލުނަސް މިގައުމުގެ ވަރަށްގިނަ ރައްޔިތުން ހިތެއް ސާފެއްނުވާނެ އެއީ އޭނަ ކަންތައް ކޮށްފަހުރިގޮތުން އޑޕ އޭ ބުންޏަސް އަހަރެނެގެ ހިތައް އަރަނީ ވަރަށް ދެން ދިވެހިވަންތަކަން އެއްވެސް ވަރަކަށް ނެތް ބައެއްގެ ގޮތުގައި އޑޕގެ ހުރިހާ މެންމަރުންނަށް ބުނާ ބަހެއްނުން އެކަމަކު ކަންތައް ހުންނަ ގޮތުން ބުނަން މަޖުބޫރުވނި

 25. ޙަސަނާ

  ދުނިޔޭގެ ކޮވިޑުކަލަންޑަރުގަ ފެންނަގޮތުން ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ 8 މީހަކުން 1 މީހަކައްކޮވިޑު ޖެހުނު އިރުވެސް މިބައިގަޑުހިތައްކަހެރުވަކޭވެސްހިތައްނާރާ ޑުރާމާކުޅުމުގަ ޖޕ ގެ މިނިސްޓަރެއްހުރިއިރު ފަޔައްހިނިއަރައިގެން ތެޅިފަ ކެރަފާނަސީމުވީމާ ވެކުސިންލާރިގަޑު ކާލިއިރުވެސް ޗުއްޕުވެސް ބުނެލަންނުކެރުނު...

 26. އެމްޑީ

  ދެން މިއޮތީ އަނެއް ކަންތަކާޖެހިފައި، ރައްޔިތުންގެ އަޑު އިވޭ އިއްޒަތްތެރި ބރނޗ މިތާކުނެތް. ކޮބާހޭ މިނިމަމްވޭޖް ބިލާ ދިވެހިމަސައްކަތްތެރިން ހިމާޔަތް ކޮށްދޭނެ ގާނޫނެއް ނެތޭ. ރާއްޖޭގައި ހިންގާކުންފުނިތަކުގައި މަސައްކަތްކުރާ ދިވެހިމަސައްކިތްތެރީންނަށް ބޭރުމީހުންނަށް ލިބޭ އިނާޔަތްތައް ހޯދަދީ ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭށޭ.

 27. ހޯގުޅާ

  ކަލޯމެން ވައްވައް ޖަހަޖަހާ ތިބެންޖެހޭނީ. ޝިޔާމް ބޭނުންއިރަކު ދާނީ. ބޭނުންވީމަ ދާނީ. ޝިޔާމް ބައިވެރިކުރަން ނުރުހޭނަމަ ކެނެރީގޭ ބަދީގޭގަ ތިޔަ އިންކުއަރީ ގެންދާނީ

 28. ސސ

  ބަލަ މީދޫ ދާއިރާގެ މެމްބަރު މަޖިލިސްގެ ކޮމޮޓީއަކަށް ދިޔައީމާ ދެދާއިރާ މެމްބަރުން ގުއިރޯން ޖެހިޖެއް ! ބަލަ މީދޫ ދާއިރާއަށް ފާޑު ކިއުމުގެ ހައްޤު އަނެއް ދެދާއިރާޔަށް ލިބެނީތޯ ؟

 29. ފާތުމް

  ތިޔަ ބުރާންތިތަކަށްވުރެ ސިޔާމް މާވަފާތެރިވާނެ ރ އިބޫއަށް އެކަން ހަޖަމް ނުކުރެވޭނީ ވައްޑޭ މީކާއިލަށް އެހެންޏާފަހެ ސިޔާމް މަޖިލިހަށް ދިޔައީމާ މިވެރިން ކުރަން އުޅޭމަކެއް ނުވަނީ ތޯއްޗެއް.

 30. މަސްއޫދު

  ވައްޑެއާ، ގިޓާ ތިޔައުޅެނީ ހިޖުރައޮޅިގެންތޯ؟ ބަލަގަ މިތިބަ ދެގާރުންނޭވޭ! ސިޔާމު ކޮމެޓީއަށްފޮނުވީ މީދޫ ދާއިރާގެ ރައްޔިތުންކަން އޮޅިގެން ތިޔައުޅެނީ ކީއްވެތަ! ސިޔާމު ކޮމެޓީއަށް ވަދޑައިގަންނަވާނީ މީހަކުބުނެގެނެއްނޫން! ދާއިރާގެ ރައްޔިތުންބުނެގެން! ވައްޑެއާ،ގިޓާ ގަމާރުވިއަސް ތިވަރުބޮޑު! ހާދަ ބިރެއްގަނޭދޯ އެމްޑީޕީ ނޫން މީހަކު ކޮމެޓީއަށް ގޮސްދާނެތީ! ކޮންކަމެއް ސިއްރުން ކުރަން ތިއުޅެނީ!