ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް މިއަދު ހިނގައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ ކުޑަކުދިންގެ ހިޔާގެ ޓެރަހުގައި ހުރި ގުދަނެއްގައި ރޯވި އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:46 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާ އެކު، އަލިފާން ގަނޑު ނިއްވާލީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔާ ސްޓޭޝަނުގެ ފަޔާމަނުންނެވެ.

ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި މިދިޔަ މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަހަތުން

    ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ގެ އިހުމާލު އަދިވެސް ރައީސް އިބޫ އަށް ނުފެންނަނީތޯ. މަހަކު އެއްފަހަރު މިތަން އެބަ ރޯކޮށްލާ. ކުރިން ފަހަރުވެސް ރޯކޮށްލާއިރަށް ބުނީ އެކަން ބަލާ ވާހަކަ. ބަލާފަ ރިޕޯޓު ނުނެރެވެނީސް އަނެއްކާ އެބަ ރޯވޭ. ކިހާ ދެރަ ކަމެއް. އައިސަތު މުހައްމަދު ދީދީ ވަކިކުރަންވީނު؟

  2. ޝިރުދާ

    ޖެންޑާ މިނިސްޓަރު އިސްތިއުފާ

    4
    1