ހެލްތު މިނިސްޓްރީން ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ހޯދަން އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހޯދަމުން އަންނަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަށް ބޭނުންވާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނެވެ. އަދި މިއީ ވަގުތީ ގޮތުން ހޯދާ މުވައްޒަފުން ކަމަށް އެ އިއުލާންގައިވެއެވެ.
ކޮވިޑް-19 ޖެހިގެން ގޭގައި ތިބޭ ބަލި މީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް ނާސިން ކެއަރ ދިނުމަށް އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް 10 ނަރުހުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
މި މަގާމަށް އައްޔަންކުރާ ފަރާތްތަކަށް އިރަކަށް 61.26 ރުފިޔާގެ ރޭޓުން މުސާރަ ކަނޑައަޅާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.
މަގާމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ނާސިން ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 17 ޖޫން 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް ހެލްތުން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.
މީގެ އިތުރުން، ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް އޮންލައިންކޮށް ކޮންސަލްޓޭޝްން ދީ އެހެނިހެން ކަންކަނަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަށް ސިއްހީ ހިދުމަތްތެރިން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 17 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް ހެލްތުން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.
މިއީ ޖޯކެއްތަ؟ ސިމެންތި ޖަހާ ބަންގާޅީވެސް 200 ކޮންމެ ގަޑިއރި ރަކަށް...
އިންޑިޔާގެ 200 ނަރުހުންދާއިމީކޮށް ހޯދޭ އަދި އެމީހުންނަށް 14000 ރުފިޔާގެ މުސާރަދެވޭ. އެކަމުމީހުންނުލިބިގެން އިންޑިޔާއިން ނަރުހުންގެންނަނީ. ދިވެހިންނަށް ވީމަ މުސާރައެއް އަދި ދާއިމީއެއްނުވޭ. އިންޑިޔާ ނުވަތައެހެންގައުމެއްގެ ބޭރުމީހުންގެނެސްބަލަ. މީ ކޮންކަހަލަލަމެއް