ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ފަންޑު ކުރި ބަޔަކު ވާ ނަމަ، އެކަން ހޯދާނެ ކަމަށާއި މި މައްސަލައިގައި އެންމެ ފުން މިނަށް ދެވޭނެ ކަމުގެ ޔަގީން ކަން ފުލުހުން ދީފިއެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދިންތާ މިއަދަށް މަސް ދުވަސްވެފައިވާއިރު، ފުލުހުން ކުރަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި މަސް ދުވަހުގެ ތެރޭގައި މި ހަމަލާއަށް ފަންޑު ކޮށްފައިވާ މީހުން ހޯދުމުގައި ކުރެވޭ މަސައްކަތްތަކަކީ ކޮބައިތޯ "ވަގުތު" އިން ސުވާލުކުރުމުން ސުޕްރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން ހިންގާފައިވާ ފައިސާގެ މުއާމާލާތުގެ ތަހުގީގެއް ވެސް ކުރެވެމުންދާ ކަމަށެވެ.

"އެ ކަމުގައި [ތަހުގީގުގައި] އެމެރިކާ ތަޖުރިބާކާރެއްގެ އެހީ ހޯދެމުން އެބަދޭ،" ޝިފާއު ވިދާޅުވިއެވެ.

ނަމަވެސް ވަކި ވަކިން ތަފްސީލުތައް ހާމަކުރަން ދަތި ކަމަށް ޝިފާއު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ފަންޑުކުރާ މީހުން ހޯދުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ވަގުތު ނަގާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެފަދަ ކަމެއް ހިނގާފައި އޮތިއްޔާ އެކަން ހޯދޭނެ ކަމެއް. ޔަގީންކަން އެބައޮތް އެންމެ ފުންމިނަށް ދެވޭނެކަން" ބަޝީރު ވިދާޅުވިއެވެ.

ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީވެ ނަޝީދު ކަމަށް ބެލެވޭ އެލެކްސް އެކައުންޓުން ވަނީ އެންސީޓީސީ ފަންޑުކުރި މީހުން ހޯދަން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ވިދާޅުވެފައެވެ. ފަންޑުކުރި މީހުން ހޯދަން ގޮވާލާ އެމްޑީޕީގެ ސަޕޯޓަރުން ދަނީ ޓްވީޓާގައި ކެމްޕޭނެއްވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަނިލް

    އަނގައޮތިއްޔާ ކޮންމެވެސް އެއްޗެއް ބުނާނެކަން އެނގޭ މިހާރުވެސް ތިޔައުޅެނީ ފާޑަކަށް ބާއްވާއިގެން އުޅޭ ނިއުސް ކޮންފއރެންސްން މީޑިއާތަކުން ކުރާ ސުވާލުތަކަށް ޖަވާބުނުދެވިގެން ލިބުނު ކުރިއެރުމަކީ 200 ސީސީ ފްޓޭޖް ތަކެއް ބަލާލުން މަސްދުވަހުތެރޭ ހަމަ ބަތްކައްކާކުޅުން
    ނޫން ކަމެއް މިމީހިންނަކަށްް ނުކުޅެވޭ ކޮބާތޯ ރިޟްވާން އޭނާގެ މައްސަލަ އަދި އޭނާގެ މަންމަައާއި އާއިލާ މާލޭގެ އެއްވެސް މަގެއް ނުވަތަ
    މަގުތައް މިމީހުންގެ އަނގަތަކުގައި ޓޭޕްއަޅާފައި ތިބީތޯ

  2. ދޮހިކަރު

    އާން ނަޝީދު ވިޔާ ދާނެ އެންމެ ފުން މިނަށް. އާދައިގެ ރައްޔިތެއް ނަމަ ތަހުގީގު ނުވެސް ކުރާނެ ނުވެސް ހިނގާނެ. އިންސާފްވެރި އަދުލުވެރި ސަރުކާރު. އެމްޑީޕީ ސަރުކާރު. 👏👏👏

    16
  3. ކޮވިޑް

    ފަންޑު ފޮއްޓާ ދިމާ އަށް ދާވަރަކަށް މަޅި މެހެން އަންނާނީ ކަރަށް، ދެން ޖެހޭނީ ދަންޖެހުމުގެ ކުރިން މަޅިން ސަލާމަތްވާން ތޯއްޗެއް.

  4. ސެންޗޯ

    ތި ހިން އަފުރާސީނުގެ މައްސަލާގައިވެސް ފުލުހުމްބުނި ކަނޑުގެއަޑީގައި ހުރި ގާތައް ފުރޮޅައި ގެން ވެސް ބަލާނަމޭ ވީއެއްކަަމެއް ހަރާން ހުރިހާ ބޭފުޅުން އުޅުއްވަނީ ހިހޫ ތަނުން ކޭން ބައްލަ ވައިގެން

    16
    • ނަޝީދު

      ބަލަ ދޫންޏާ މިހާރު މިއުޅެނީ އަފްރާޝީމަށް ހަމަލާ ދީގެނެއް ނޫނޭ. ނަޝީދު. ނަޝީދޭ ހުރިހާވެސް މީހަކީ. ނަޝީދު ގައިން ލޯޅިއެއް ނެއްޓުނަސް
      ލޮކްޑައުންް ތެރޭގަ ޖަރުމަނަށް ފޮޓޯ ނަގަން ފޮނުވާނެ މީނާގެ ސަރުކާރުން.

  5. ކާފަ

    ޑ ރ. އަފު ރާޝީމު އާއިލާ މީހުން ސަލާމްބުނި

  6. ހޯރަ

    ވަޒީފާގައި ތިބެން ބޭނުންނަމަ ފުލުހުުންނަށް މަޖުބޫރު އެހެން ބުނަން. ފުލުހުންނަށް ހީވާކަހަލަ ތިމަންނަމެނަންނަށް ވަޒީފާ ދިނީ ކެނެރީގެއިންނޭ. އެހެންވީމާ ތިމަންނަމެންނަށް ދިވެހި އެއްހެން މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ދޭކަށް ނުޖެހޭނޭ.
    މަހިތަށް އަރަނީ އެމެރިކާ މީހުންނޭ މި ބުނަނީ ކާކު ބިރުގަންނަވަން ބާވައޭ. ފުރަތަމަ ތި އެމެރިކާ މީހުްނނަކީ މާ މަތީ ބައެއްނަމަ އެމީހުންލައްވާ ބިރުގަންނަވަންވީ އަފްރާޝީމް، ޔާމިން ރިލްވާނު މަރާލި މީހުން. ތިޔަ ބުނާ މޮޅު އިންސާފު ހޯދައި ދިނުމުގައި ކަން ހިނގި ތަރުތީބުން ދޭބަލަ! ކިހާ ބޮޑު ކަމެއް މީ. މުޅި ޤައުމު އެބަ ފަސާދަކުރޭ އަހަރަމެން ބުރަ މަސައްކަތުން ހޯދާ ފައިސާއިން

  7. ޓެލެކޮމް

    އެމީހުން ހޯދަނީ އަދިވެސް ފަންޑުކުރަން ބައެއް ކަންތައްތައް ހުރީތޯ، އެމީހުން ލައްވާ ފަންޑުކުރަން. ،،،

  8. ހާސިލް

    ފަންދުކުރީ ނސދ، ހުރިޖާކަމެއް ރާވާ ހެދީ ނސދ ހަމައކަނި ޓައިމިން ދިމާނުވީ ކަންނޭގެ.. ކާރައް އެރީމަ ގޮވަންއޮތް އެއްޗެއް މާއަވަހައްގޮވީކަމައްވެސް ވެދާނެ
    ޜަނގަޅައް ތަހުގީގު ކުރާތި

  9. ހައްހާ

    ނަޝީދެއްނު ފަން ޑުކުރީ