ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކޮށްފައިވާ 10 މީހަކާއި މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއާ ގުޅުމެއްވޭތޯ ފުލުހުން ބަަލަމުންދާނެ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއްޖެއެވެ.

ނަޝީދަށް ދިން ހަމަލާއަށް މިއަދަށް އެއް މަސް ވީއިރު، މައްސަލާގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، މި ހަމަލާއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ހަރުކަށި ފިކުރުގެ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މީހުނާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަޝީރު ވިދާޅުވީ، އެ މީހުންނާ، ބޮން ގޮއްވާލުމުގައި ހައްޔަރުކުރެވުނު ހަތަރު މީހުންނާ އަދި މި ހަރަކާތާއި އެއްވެސް ގުޅުމެއް އޮތްތޯ ބަލަމުންދާނެ ކަމަށެވެ. އިތުރު މައުލުމާތެއް ފުލުހުން ނުދެެއްވައެވެ.

ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލައާ ގުޅިގެން ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ބައެއް ތަފްސީލްތައް އޮންލައިންކޮށް ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޚިއްސާ ކުރައްވާފައިވެއެވެ.

މި ގޮތުން އާންމު ރައްޔިތުންގެ ހިމެނޭ ގޮތަށް މިހާތަނަށް 150 މީހެއްގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި 25 ތަނެއް ބަލައި ފާސްކޮށް 200 އަށް ވުރެ ގިނަ ސީސީޓީވީ ފުޓޭޖް އެނަލައިޒް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކުން މާލޭގައި ހަރުކޮށްފައި ހުރި ކެމެރާތައް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދިރި އަދިރި

    ކޮބާހޭ ހަރުކަށި ފިކުރަކީ. މިދެން ވަރުގަދަކަމެއް. މިނިވަން ގައުމެއްގެ މިނިވަންކަން ނަގާލުމަކީ އޯގާތެރިކަން. ބައެއްގެތެރޭގައޮތް ހަމަޖެހުން ނަގާލާ އެބައެއްގެ ދީނައް ފުރައްސާރަކުންވެސް އޯގާތެރިކަން. ކަމާއިނުބެހޭމީހުން ބޮލުގައިބޮޑެތި އިލްޒާމްއަޅުވުމަކީ އޯގާތެރިކަން. ބައެއްގެ ޓެކްސްލާރިކޮޅު ބަދަލޭ ކިޔާފަ ބޭނުން ބަޔަކައް ބަހާލުންވެސް އޯގާތެރިކަން. ގައުމުދަރުވާލާ ރައްޔިތުން ބިކަކޮއްލުންވެސް އޯގާތެރިކަން. މުސްލިމުންނައް އަނިޔާކޮށް މަރާ މުސްލިމުންނަކީ އެހެންދީންތަކުގެ މީހުންނައްވުރެ މާދަށުދަރަޖައިބައެއް ކަމައްބުނާ ބަޔަކު.މިގައުމައް ބާރުވެރިކުރުވާ އެމީހުންގެ ލަފާގެމަތިން ގައުމުހިންގުމަކީވެސް އޯގާތެރިކަން.. ރަގަޅު ތިމީހުންނަކީ ހަރުކަށި އަދިރި ދައުލަތުގެ މީހުންނައްވާތީ އަހަރެމެން ކިޔަމަތް ދިވެހިންގެ ބޮލުގައި ބޯޑެތި އިލްޒާމު އަޅުވާ ގައުމު ސުންނާފަތިކުރަނީ.