އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ މިދިޔަ އޭޕްރީލް 13 ގައި އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން މައްސަލަ އަނބުރާ ފޮނުވައިލީ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އެހެންވެ، ދައުވާ އުފުލާފައި ވަނީ އަހުމަދު ޝިމާދު މޫސާގެ މައްޗަށް އެކަންޏެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    ހޫން ތިޔަކަން ބަރާބަރަށް ހިގާނެއެވެ. ކުއްޖަކުގަޔަށް ވަޅިޖެހިއަސް ނުހިގާނެއެވެ.

  2. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ތިގޮތަށް ދައުވާ އުފުލަބަލަ ހެލްތު މިނިސްޓަރުގެ މައްޗަށް.. ނާގާބިލުކަމުން އެންބިއުލާންސް ނުފޮނުވާ ކުޑަކުއްޖެއްގެ ދުވަސް ދުއްވާލީ

  3. އަހުމަދު

    ފެބް ރުއަ ރީ 8 ގަ ހުޅުޖެހި މީހުން ކޮބާ؟ ކިތައްބިއްލޫރި ފުނޑާލި؟ ކިތައްމިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބުނު؟