ކޮވިޑް-19 އިން ދިފާއުވުމަށް އިތުރު ދެ ވެކްސިނެއް ބޭނުން ކުރުމަށް ރާއްޖެއިން ހުއްދަ ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) ބޭނުން ކުރުމަށް ހުއްދަ ދިފައިވަނީ ޖެންސެންގެ އުފެއްދުމެއް ކަމަށްވާ 'ޖެންސެން' އާއި ސްޕެއިންގެ އުފެއްދުމެއް ކަމުގައިވާ 'މޮޑާނާ' ވެކްސިނެވެ.

އެމްއެފްޑީއޭއިން ބުނީ، މި ދެވެކްސިން ބޭނުން ކުރުމަށް ހުއްދާ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން" ގައި ބޭނުން ކުރުމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، މި ވެކްސިންތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަކަ ކުރުމަށްފަހު ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާ އެކު ކަމަށެވެ.

މޮޑާނާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެމަޖެންސީ ޔޫސް ލިސްޓުގައި މިހާތަނަށް 49 ގައުމެއްގައި ކުއްލި ހާލަތުގައި ބޭނުން ކުރަމުން އަންނަ ވެކްސިނެވެ. އަދި ޖެންސެން ވެކްސިނަކީ 42 ގައުމެއްގައި ބޭނުން ކުރަމުން އަންނަ ވެކްސިނެކެވެ.

މިދެވެކްސިން ބޭނުން ކުރުމުގެ ހުއްދައާއި އެކީ މިހާތަނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަން ހުއްދަ ކޮށްފައިވާ ވެކްސިންގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޝިއާގެ ސްޕުޓްނިކް ވީ، ފާއިޒާ، ސިނޮފާމް އަދި ކޮވިޝީލްޑެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. .

  ތިޔަ ފާޑުފާޑުގެ ވެކްސިން ނުގެނެސް ކޮވިޑް ޝީލްޑް ގެނެބަލަދޯ.. ފުރަތަމަ ޑޯޒް ޖެހިގޮތަޝޭ މިހުންނަނީ

  13
  2
  • ހާމާނު

   މަވެސް ތިޔައް މިއިންތިޒާރު ކުރަނީ، އެކަމަކު ދެން ނުލިބޭނެ، ކިހިނެއް ހަދާނީ، މިތަނުގާ ވާއެއްޗެއް ނުވާއެއްޗެކީ ކޮބާ؟
   ކޮވިޝީލްޑް ހަހަހާ

   5
   1
 2. ގެންޑާ

  ހަމަ ސްޕޭންގެ އުފެއްދުމެއްތަ މޮޑާނާއަކީ؟؟

  10
  1
 3. ކޮވިޑް

  ކޮވިސީޑަކީ އިންޑިޔާ އިން ދިވެހިންނަށް ދިން ލެޑެއް، ފުރަތަމަ ޑޯޒް ޖެހިތާ މިއްދަތުހަމަވި ފަހުން ދެމަސް މި ވީ. މިހާރު ކޮވިޝީލްޑް ވެކްސިން ވާހަކަވެސް ނުދައްކާ. ވެދާނެ އައްޑޫ ގެ ޕޮލިސް ޓްރޭނިންގް ސެންޓާ ރަހުނު ކޮށްފަ ގެނައި އެއްޗަކަށް. ދެން ކޮވިޝލޑް ދެވަނަ ޑޯޒް ދެނޭ އައްޑު ޕޮލިސް ޓްރޭނިންގް ސެންޓާ އިންޑިއާ އާއި ހަވާލު ކުރީމަ ކަމަށް ވެދާނެ.

  5
  1
 4. ދޮގު

  ކިތައްމެވެކްސިނެއް އޮތަސް އަދިވެސް ސިނޯފާމް ނޫންއެއްޗެ ޖެހިއަކަނުދޭ، މޮޅުވެކްސިން ޖެހޭނީ ކަލޭމެން ބޭނުންވާމީހުންނައް