މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާއި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާ ބައްދަލުކުރައްވައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ އާއިލާގެ ފަރާތުން، އެމަނިކުފާނުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރެވެ.

ނާޒިމް ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވިގެން ދިޔައީ އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަމާއި ގުޅޭގޮތުން ކަމަށެވެ.

އެމްއެންޑީއެފްގެ އެސްޕީޖީގެ އިސްވެރިޔާ ނަޝީދުގެ އާއިލާއާ ބައްދަލު ކުރައްވާފައިވާއިރު، މި ބައްދަލުވުމަކީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. އެ ހަމަލާއަށްފަހު އެސްޕީޖީގެ ވެރިން ވަނީ ބަދަލުކޮށްފައެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި، އެސްޕީޖީގެ ކޮމާންޑަރުގެ މަގާމަށް މިހާރު ކާނަލް އަބްދުލް މުއިއްޒު ވަނީ އައްޔަން ކޮށްފައެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް މޭޖާރ މޫސާ ރަމީޒު ވަނީ އައްޔަންކޮށްފައެވެ. އެސްޕީޖީގެ ކޮމާންޑަރަކަށް އައްޔަން ކުރި މުއިއްޒު އަކީ ކުރީ ސަރުކާރުގައި ސިފައިންގެ ކަނޑާލާފައި ވަނިކޮށް މިސަރުކާރުން އަލުން ސިފައިންގެ ވަޒީފާ ދިން ބޭފުޅެކެވެ.

އެސްޕީޖީ އަކީ އެމްއެންޑީއެފް އިން ސެކިއުރިޓީ ދޭ ފަރާތްތަކުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ޔުނިޓެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބަކުރު

  އަޅެ ހެޔޮނުވާނެ ތިޔަބައިމީހުން ދޭބަލަ މިޤައުމުދޫކޮއް ދޮންމީހުން ކައިރިޔައް މިކަޑަ ދިވެހިންނައް ނޮހުރައްޕާން ނުކޮއް.

  48
  1
 2. ކޮވިޑް

  ވާސަރީވަ. ކޮންފަދަ މަޖުބޫރެއްތޯ؟ ބަލަ ނުޖޫމީ ޢިލްމު ވެރިޔާ މައުމޫން އަލިވާ ގޭގަ ހުއްޓާ އެމްޑީޕީ ވެރިކަމުގާ އެގޭތެރެ އަށް ޓިޔަރގޭސް އެޅި. އެސްޕީޖީ އަކުން ނުދޭ އާއިލާ އާ ބައްދަލް ކުރާކަށް. އިޤްތިސާދީ މާހިރު ޔާމީން އިން ލޯންޗް ގަ ވެސް ބޮންގޮއްވި އެސްޕީޖީ ނާދެ އާއިލާ އަށް ދިމާކުރާކަށް. އެކަމް އިމްރާން ﷲ ގަންދީ ހުވާކޮށްފަ ލާދީނީ އޭ ކީ ނަޝީދު އަށް ކަމެއް ވީމަ އެސްޕީޖީ ސީދާ ގެއަށް ލޮލް، މިފެންނަނީ މި ތަންތަން ސިޔާސީ ވެފަ ވާ ވަރު، މާރިޔާ ބުނާނެ އަންގަ ތައްމިނަށް ހުޅުވާފަ ފިންދަނަ ބައިގަނޑު ( މާރިޔާ ކިޔާ ގޮތުންނަމަ )ސިޔާސީ ނުވެޔޭ؟ ޖޯކް އޮފް ދަ ވީކް.

  52
 3. ލޯބިވާ ވަޠަން

  މީ ކޮން އުސޫލެއް. ނަޝީދުގެ އާއިލާއިން ބޭނުންވާ ގޮތަށްތަ ސެކިއު ރިޓީ ދޭންޖެހެނީ. ޢާއިލާއިން ތިކަމާ ހަވާލުވާން ވީނުން.

  44
  • އުސްމާނުބެ

   އެކަމަކު މިހާރުވެސް ނަންވާނީ މައުމޫން އާއި އޭނަގެ 30 އަހަރު.... މިފެންނަނީ ނިޝީދުވެސް ހަމަ އެކުޅި ކުޅެން އުޅޭމަންޒަރު..........

 4. ސަމާ

  މިއީ ކިހިނެއް ހިނގާ ގައުމެއް،
  މީހަކު މަރަން ބޮންގޮއްވުން އެއީ ބަލައި ގަންނަ ކަމެއް ނޫން.
  ނަމަވެސް އާއިލާ މީހުންނާއި އަދި ޅިޔަނުން، މަޖިލިސް ތަހްގީގް އިދާރާތަކަށް ބަދަލުވެ ކޯޓާއި ފުލުހުންގެ ބާރެއްނެތް ހެން ހީވާކަހަލަ.

  ހިނގައިދިޔަކަމަކީ ދެރަކަމެއް. ނަމަވެސް މިއަދު ތިބޭއްވި ބައްދަލުވުމުގައި ދެކެވޭ ވަހަކަތަކަކީ މާދަމާ ކޯޓަކަށް ހުށަހަޅަން ނަގާ ބަޔާނަކަށް ނުވަތަ ހެއްކަކަށް ހަދައިގެން ނުވާނެ.
  ކަންކުރަންޖެހޭނީ އޮންނަ އުސޫލުން.

  މިހާރު ރައީސެއް، ޑިފެންސެއް، ޕޮލިސް ކމަިޝަނަރ ދައްކާވާކަ ދެން ކިހިނެއް ކާކު ގަބޫލުކުރާނީ.
  މުޅިއެތި މަސްހުިނ ނުކޮށް ތަހްގީގް އިދާރާތަކަށް ފުރުސަތުދީ ؟

  31
 5. ސަޓޯ

  ނޮހޮރޮއްޕާނެއް... އާއިލާއަށް ބައްދަލު ކުރާކަށް ޖެހޭތަ ؟؟؟

 6. އަޒްމީ

  އެސްޕީކީއަކީ އަހަރެމެން އަޑުއަކާ ގޮތުގަ ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާއަށް ހިމާޔަތްދޭން ތިބޭ ބަޔެއް.

  14
  2
 7. ބޯހަރު

  ކޮންމެ ބަޔަކަސް ބަސްނުއަހާ ކުއްޖަކު ގެންގުޅެން އުނދަގޫވާނެ ލަފާކުރެވޭގޮތުން ތިބައްދަލުވުމަކީ އެކަމާބެހޭގޮތުން ވާހަކަދެއްކުމައް ބޭއްވި ބައްދަލުވުމަކައް ވާނީ

 8. ގައުމީ ލޯބި

  މުޅިގައުމު މިހިގަނީ ވަކި މީހަކަށްޓަކައި ތޯ؟ މީނަގެ މައްސަލަ ހުރިހާދިމާލަކުން މިބަލަނީ..

  ކޮބާއިތޯ ކުރީގެ މަރުތައް.. އެއީ ދިވެހީންނަށް ނުވަނީ ތޯ؟ ނޫނީ އަންގި ލޭތިއްކެއްގެ އަގު އެތައް ބަޔެއްގެ މަރަށް ވުރެން މާ ބޮޑު އެއްޗަކަށްވަނީ ތޯ؟

  މުވައްސަސާތަކުގެ ވެރިން މިއުޅެނީ ވަކި މީހެއް ހިމާޔަށް ކުރަން.. ޓެކްސް ފައިސާ ތިގޮތަށް ބޭކާރު ނުކުރޭ! މީރައްޔަތުންގެ ފައިސާ އަންނިގެ އާއިލާއިން މުސާރަދޭ ބަޔެއް ނޫން ތިބޭފުޅުންނަކީ.. ގައުމަށް ވަފާތެރެވޭ.. ވަކިމީހެއްގެ ޕަޕަޓަކަށްނުވޭ ތިބޭ..!

  ރައްޔަތުންގެ އަޑުމީ.. މި އަޑު ނާހާނަމަ، 2 ވަނަ ފުރުސަތެއް ނޯންނާނެ..! އަންނަ އިލެކްޝަން ގައި އެކން ފެންނާނެ.. ނިކަން ތިބޭ ބަލަން..!

  24
 9. އަލި

  ދުނިޔެ މިހާތަނަށް ދުށް އެންމެ ނުބައި ނުލަފާ ވެރިޔާ

 10. މަސީހު

  އެސްޕީޖީ ކޮމާންޑަރުން ތިލެވެލްއައް ދިޔައީމަ ދެން ތަނުގެހާލަތުއޮންނާނެގޮތް ވަޒަންކޮއްލާ