ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އަށާއި އޭނާގެ އަނބިކަނބަލުން ޝަޖާން މުއާޒް އަަށް، ހައިތަމްގެ ކުރީގެ އަނބިކަނބަލުން ފުރައްސާރަކޮށް އަނިޔާކުރަން މަސައްކަތްކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެން ފަށައިފިއެވެ.

ހައިތަމް، ޝަޖާންއާ ކައިވެނި ބައްލަވައިގެންފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ދެމަފިރިންނަށް، ކުރީގެ އަނބިކަނބަލުންގެ ފަރާތުން އެކި ގޮތްގޮތަށް ފުރައްސާރަތައް އަމާޒުވާން ފެށި ކަަމަށް ވެއެވެ.

ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް އަނިޔާ ކުރަމުން ދަނީ، އޭނާ ތިން ވަނަ އަށް ކައިވެނި ބައްލަވައިގަތް އަންހެން މީހާއެވެ. އޭނާ ކައިރިން ހައިތަމް ވަރިވީ އެ އަންހެން މީހާ އެދިގެން 2019 ވަނަ އަހަރު ހިސާބުގައެވެ.

އޭގެ ފަހުން މަގުމަތިންނާއި މީސް މީޑިއާ މެދުވެރިކޮށް އެ މީހާ، ހައިތަމަށް އިންޒާރުދީ ޖެއްސުން ކުރަމުން އަންނަ ކަމަށް ހައިތަމްގެ ގާތް މީހަކު "ވަގުތު" އަށް ކިޔައިދިނެވެ.

"މަގުމަތިން ފެންނައިރަށް ހަޅޭވެސް ލަވާނެ، ހައިތަމްގެ ހަބަރުތަކަށްވެސް އެކި ކަހަލަ ހަޑި ކޮމެންޓްތައް ދަނީ ކުރަމުން" އެ މީހަ ކިޔައިދިނެވެ.

އެމީހާ ބުނީ މި ފަހުން ދިނީ ކޮން ކަހަލަ އިންޒާރެއް ކަމެއް ސީދާ ނޭނގޭ ކަމަށެވެ. ލިބެމުންދާ އިންޒާރުތަކާ ގުޅިގެން ފުލުހުން ވަނީ ހައިތަމްގެ ދެކަނބަލުންނަށް އެމްއެންޑީއެފުން ވަނީ ސެކިއުރިޓީ ދޭން ފަށާފައެވެ.

ހައިތަމްގެ ގާތް މީހަކު ބުނެފައި ވަނީ، ޝަޖާން ބަނޑުގައި ފައިން ޖަހަން އުޅުނު މަންޒަރުވެސް ފެނުނު ކަމަށެވެ. އެއީ މީގެ ދެ ރެެއެއް ކުރިން ދެމަފިރިން ދިރިއުޅޭ ގޭގެ ލިފްޓަށް ޝަަޖާން އަރަން އުޅެނިކޮށް ކަމަށާއި، މި ނޭގާނީ އަމަލު ހިންގަން އުޅުނު ކަމަށް މަންޒަރު ދުށް މީހާ ތުހުމަތުކުރަނީ ހައިތަމްގެ ކުރީގެ އަނބިކަނބަލުންގެ އަންހެން ދަރިފުޅުގެ މައްޗަށެވެ.

"ފައިކުރު ކޮށްފައި އުޅުނީ އޭނާ ބަނޑުގައި ޖަހަންވެގެން" އެ މީހާ ކިޔައިދިނެވެ.

އޭނާ ބުނީ، ޝަޖާން އެ ގެގޭ ދޮރުން ވަން ހިސާބުން ފެށިގެން އެ އަންހެން މީހާ ދިޔައީ އޭނާ އަށް ފުރުއްސާރަކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކުރަމުން ކަމަށެވެ.

"ހަޑިއެއްޗެހި ކިޔަމުން އައީ. ހަމަ ފުރުއްސާރަ ކުރަމުން ދިޔައީ" އެތަނުގައި އެވަގުތު ހުރި އެ މީހާ ކިޔައިދިނެވެ. އޭނާ ބުނާ ގޮތުންނަމަ އެކަން ކޮށްފައިވަނީ ހައިތަމްގެ ކުރީގެ އަނބިކަނބަލުންގެ ރޭވުމުގެ މަތިންނެވެ.

އަނިޔާދޭން ދިމާކުރުމުން ޝަޖާން އަށް ވަނީ އޭގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. އަދި ޝަޖާން އެޕާޓްމެންޓަށް ވަނުމާއެކު އެނދަށްވެއްޓުނު ކަމަށާއި، އޭނާ ގޮވައިގެން ހައިތަމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް އެ މީހާ ކިޔައިދިނެވެ.

ޝަޖާންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޝަޖާންގެ ބަނޑުގައި ފައިގައި ޖަހަން އުޅުމު މައްސަލަވެސް ފުލުހުން ބަލަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ޏ×ނދ

  ބަނޑުގަ ޖަހަން ބަނޑުބޮޑީތަ

  47
  7
  • ބަކުރު

   ހަބަރު ރނގަޅައް ކިޔާބަލަ. އޭރުން ވާނުވާ އިނގޭނެ

   13
   3
 2. ﷲގެ އަޅާ

  ށަޖާން އަކީ ވަ ރަށް ރީތި ކުއްޖެއް .
  ޢައުރަ ނިވާ ކޮށްގެން އަނެއް ދުނިޔެވެސްކާމިޔާބުކުރަން އުޅޭނެހިތް މާތްﷲޖައްސަވާށި.އާމީން

  70
  11
 3. ނނ

  އާން ޓްވިންސް އަކަށް ބަލިވެ އިނީ

  38
  1
 4. ޜަނާ

  މިހާ ރު މީ ހަތަ ރުވަނަތާ! ސާބަސް އެދިގެން ވަ ރިވެފަ ދެން ކޮންކަމެއް ފަހަތުން ދުވަނީ

  53
  4
 5. ސަމާ

  ދެން އެވަރުން އެމަންޖެ އުޅެނީ ކީއްވެ.
  އަދަބެއް ސަދަބެއް ނެތްކަން އިނގެނީ، އަދި ވަރިކުރިކުރުންވެސް ތިކަމުގެ ސަބަބުން ޖަސްޓިފައިވޭ

 6. ނޫނާ

  ކުރީގެ އަނބިމީހާގެ ދަރިއެއް ތިކަހަލަކަމެއްކުރިއްޔާ ތިވާނީ ހައިތަމް އެމީހުންނަށް ދަރާފަ އޮތީމަ. އެމީހުންގެ ލާރީގަ އުދުހިފަ އުޅުނު މީހެއް ތި ހައިތަމްއަކީ!

  24
  2
  • މަންމަ

   ކުރީގެ އަނބިމީހާއަށް ހައިތަމް ދަރާފަ އޮތަސް މާބަނޑު މީހެއްގެ ބަނޑުގަ ޖަހައިގެން ނުވާނެ. ބަނޑުގައިވާ ކުދިންގެ ކުށެއް ތިކަމުގައި ނެތް.

   13
   3
   • ނޫނާ

    ބަނޑުގައެެއް ނުޖަހާ. ގައިގަވެސް އަތެއްނުލާ. އަނގައިން ކީ އެެއްޗެއްކީ!

    5
    5
    • ޏަމްޏަމް

     ބަނޑުބޮޑު އަންހެނަކާ ތިގޮތަށް ޖައްސާލައިގެން ބަހުގެ ހަމަލާދީ، ނަފްސާނީ ގޯނާ ކުރުން ވެސް ރަގަޅެއް ނޫން. ބަނޑުގައި ނުޖެހިޔަސް ބަހުގެ ހަމަލާދީ ނަފްސާނީ ދުއްތުރާކުރުމަކީ ވެސް ބަނޑުގައިވާ ކުދިންނަށް ގެއްލުންވާނެ ކަމެއް. އައިއޭމް ޝުއަރ ޔޫ ނޯ ދިސް އަނީވޭ.

     13
 7. ސޯބިރު

  ހައިތަމް އާއި އޭނާގެ އަންހެނުންނަކީ ދެޑްރާމާ ކުއީނުން، މިމީހުން ދައްކާ ވާހަކައެެއް ނޭންގޭނެ.

  16
  3
 8. ޢައިރު

  އެއީ ކެމްޕެއިން މަސައްކަތުގަ އުޅުނު އަނބި މީހާތަ.

  14
 9. ޙައިކު

  މި ދެމަފިރިން ރަނގަޅަށް ދަންނަ މީހުން މި ވާހަކަތައް ގަބޫލެއް ނުކުރާނެ

  17
  2
 10. ވިސްނާ

  ހާދަ ހީނުވެޔޭ އަނިޔާ ކުރާނެހެން. އެކަމަކު އެއްޗެތި ކިޔާފާނެ ދޯ. ހައިތަމް ހައިތަމް އަކަށް އަދާ ދިނީ އޭނާގެ ބުރަ މަސައްކަތުން ވިއްޔާ. އަހަރުމެންނަށް ކުރިން ނުވެސް އިގޭ ތީ އުޅޭމީހެއްކަންވެސް. އޭނާގެ މުދަލާ އޭނާގެ ވަގުތު ހޭދަކޮށްގެން ވީ ގުރުބާނީ އެކޭ ތި ހައިތަމް ބުނިންދޯ ޓީވީ އަށް އަރާ. ޓީވީ އަށް އެރީވެސް ދެމަފިރިން. ރަގަޅަކަށް އެވާނީ ހައިތަމް ކިބައިން އޭނަ ސަލާމަތްވުން. އަދި ހައިތަމް އަށް ވުރެ ވަފާތެރި އޯގާތެރި ފިރިއަކު ލިބުން ވެސް ވަރަށް ގާތް.

  26
  2
  • ތާޖު

   އަންހެނުންނަށް މިހާރު އެބަ ވިސްނެންޖެހޭ އަމިއްލަ ފައިސާއާ މުދާ ފިރިންނަށް ހޭދަނުކުރަން މިގޮތަަށް. މަ ދަންނަ އެތަކެއް އަންހެނުން އެބަތިބި މިހެން ވެފައި.

 11. މުހަންމަދު

  ތިހައިތަމަކުން އަރައެއް ނުގަނެވުނު އުތަ

  10
  1
 12. މަރީ

  ދޮންދަރިއެއް ދޯ؟ ތީގެ އަޑީގަ އާއިލީ ކަންތައްގަނޑެއް އުޅޭނީ. ބޮޑަށް ބެލެވެނީ ފައިސާގެ މައްސަލައެއްހެން.

  13
  1
 13. ލަދު

  ކިޔާއަޑުއިވޭ އޭނާގެ ފައިސާގައޭ މެމްބަރުކަން ހޯދީ. އެހެންވީމަ ދުވާނެދޯ. ނޫސްތަކުން ބުންޏޭ ބުންޏޭ ނުކިޔާ ދެފަރާތުގެ ބަސް ގެނައުން ރަނގަޅުވާނެ.

  21
  1
 14. ކިނޮޅަހު ބޭރި

  "ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް އަނިޔާ ކުރަމުން ދަނީ، އޭނާ ތިން ވަނަ އަށް ކައިވެނި ބައްލަވައިގަތް އަންހެން މީހާއެވެ." މި ޖުމުލަ ކިޔައިލުމުން އުފެދުނު ސުވާލަކީ ހައިތަމް އަކީ ފަށްކަނޑަން އުޅޭ މީހެއް ބާވައޭ؟

  19
 15. މުޙައްމަދު

  ކުޑަކުްޖަކު މަރާލަން އުޅުނުކަމުގެ ދަޢުވާ ކުރެވެން ޖެހޭނެ.

  4
  8
 16. އަލިބެ

  ތަންތާ ތިބޭ ބުރާންތިންނާ އިނދެގެން އުޅޭ މީހުންނަށް ދުވަހަކުވެސް ހަމަޖެހުމަކަށް ނާދެވެއެވެ. އަވަދުވެސް ކޮންމެވެސް ކަންތައް ގަނޑެއްގައު އުޅެއުޅެފައި ދެންފެންނަނީ ވަރިވާ މނުވަތަ ވަރިކުރާ ތަނެވެ. ފައިސާކޮޅެއް ބޮޑުމަޤާމެއް ނުވަތަ މަޝްހޫރުކަމެއް ލިބިއްޖެނަމަ ދެން ހިތަށް އަރަނީ ތިމާވަރެއް ނެތޭ އަވަހަށް ތިންއަތްބަށް ނުވަތަ ހަތަރެއް ހަމަކުރަންވީއެވެ. އަހަރެންވެސް ޤަބޫލުކުރާ ގޮތުގައި ބުރުމާ ޤާސިމާ ސަން ސިޔާމު ފަދަ ބޭފުޅުން 4 ވެސް ހަމަކުރަންވީއެވެ. އެކަމަކު ކުލީ ކޮޓަރިއެއް ހިފައިގެން ރައްޔުތުން ރަނގަޅުކަމުން މަޤާމަކަށް 5 އަހަރަށް ލީމާ އުޅެންވީ ގިނަ އަނބިން ހޯދާކަށް ނޫނެވެ. ރައްޔިތުންނަށް ޚިދުމަތެއް ކުރަންވީއެވެ.

  17
  1
 17. ޖެކީ

  އަބި މީހާގެ ރީތި ކަން އިޝްތިހާރު ކުރަން ޕަބްލިސިޓީ ސްޓަންޓް ޖައްސަނީ! ބޮލީވްޑް ތަރި ޖެކްލިން ފެނާންޑެސް ހެން ވިއްޔަ ހީވަނީ!

  7
  6
 18. Anonymous

  ހައިތަމް ތީ ރެކޯޑެއް ހަދަން މީހުނާ އިންން ސޮރެއްތަ. 4 ވަނަ މިހާރު

 19. ކަމަނަ

  ޢިޝްތިހާރުވާހިތުން އުޅޭދޭތިތީ

 20. ކަމަނަ

  ޑަރިންވެސް ފޫހިވާނެ އުޅޭވަށްތަރުން ހީވަނީދެންމިވަރުގެބައެއްނެއތްހެން

 21. ފަަތީ

  މި ހައިތަމު ގެ ހުރެ 23 އަހަޜުގެ އަންަހެން ދަރިއެއްވެސް .

  2
  1
 22. ނަޖްމާ

  މި ހައިތަމަށް ހުރިހާ ކަމެއް ކޮށްދީގެން އަމިއްލަ ފައިސާ ޚަރަދު ކޮށްގެން މެންބަރުކަމަށް ހޮވީމަ މަ ވަރު މީހަކު ނެތިގެން އުޅެނީ!

 23. ސިދުގީ

  ބަހުސްގަ ޕޯޑިއަމްގަ