ސިވިލް ކޯޓުގެ (މިހާރު ކްރިމިނަލް ކޯޓުގެ) ގާޒީ ހުސައިން ފާއިޒް ރަޝާދުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، އޭނާއަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމާފައި ވަނީ ކޯޓުގެ ޝަރީއަތް ކުރާ ރޫމުގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުގެ ރޫމްގެ ބޭރުގައި މައްސަލަ ރައްދުވާ ފަރާތް ބޭންދުމަށްފަހު މައްސަލައިގެ ހުކުމް ހަވާލުކުރާކަމެއް ކަމަށް ބުނެފައިވާތީ، އެކަން ބަލައި، އެއީ ހިލާފު ކަމެއް ކަން ސާބިތުވެފައިވާތީ ކަމަށެވެ.

އެހެންކަމުން އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، ޖޫން ދެވަނަ ދުވަހު ބޭއްވި މި އަހަރުގެ އެ ކޮމިޝަނުގެ 44 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ވަނީ ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި، ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރަން ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު