ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ހެދިކާ ވިއްކާ ސްޓޯލްތައް ނުވަތަ ޓެންޓްތައް ބަހައްޓާނެ، ހިޔާ ކުރެވިފައިވާ ރޫފް ޝެލްޓަރއެއް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ،ހުޅުމާލެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައި ހުންނަ ހެދިކާ ޓެންޓްތަކަކީ އާއްމުންގެ މެދުގައި މަގްބޫލު އަދި މި ޓެންޓްތަކުގެ ސަބަބުން އެތައް އާއިލާތަކަަކަށް އާމްދަނީ ހޯދުމުގެ މަގު ފަހިވެފައިވާ މުހިންމު މަސައްްކަތެއް ކަމަށެވެ.

އަދި މި ޓެންޓްތައް ބެލެހެއްޓުމާއި މަރާމާތުކޮށް ހިދުމަތް ދިނުމަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިދުމަތް ހޯދުމުގެ އިތުރު ލުއި ފަަސޭހަ ގޮތްތަކެއް ހޯދުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

ނެއިބާހޫޑް 1 ހެދިކާ ޓެންޓް ސައުޓް ޕްލޭން

އަދި އެ ޓެންޓްތައް ބެހެއްޓުމާއި ގުޅޭގޮތުން އާއްމުންގެ ހިޔާލުވެސް ހޯދައި، މިހާރު އެ ކޯޕަރޭޝަންގެ ފަންނީ ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން އެ ޕްރޮޖެކްޓްގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެގޮތުން، ހުޅުމާލެ ނެއިބަހުޑް 1، 2 އަދި 3ގައި ވެސް މިފަދަ ޝެލްޓާތައް ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީން ފާހަގަކޮށްފައި ވެއެވެ. އަދި އެތަނުގައި ޖުމްލަ 30 ފަރާތަކަށް އެ ޝެލްޓާ ތަކުގައި ހިދުމަތް ދެވޭނެ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ހެދިކާ ޓެންޓްތައް ބަހައްޓާ ސަރަހައްދުތައް

އަދި އެތަނުގައި ހެދިކާ ވިއްކުމުގެ އިތުރުން، އޯޕަން އޭރިއާއަކާއި، ކުޑަކުދިން ކުޅޭނެ ވަސީލަތްތަކާއި، ޑަސްްޓްބިން އަދި ބެންޗްތައް ބެހެއްޓިފައި ހުންނާނެ ކަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ.