ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަަލްގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދުނީ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމުގެ ގޮތުން ކަމަށް މަޖިލީހުން ވިދާޅުވެއްޖެއެވެ.

ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ.

މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 99 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 5/2013 ގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ ބާބުގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު އެމަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް ހާޒިރުވުމަށް، އެމްއެންޑީއެފްގެ އެކިއެކި އޮފިސަރުންނަށް އެ އިދާރާއިން އަންގާފައިވާ ކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާ ގޮތުގެ މަތިން ގައުމީ ދިފާއީ ބާރުން ކަމަށް އަންގައި ޒާމިލް ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"އެކަމަކީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުގެ ލަފަޔާ ކަނޑައެޅިގެން ހިލާފު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެކަމެއް. ގާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ އެމަޖިލީހުގެ ރައީސްގެ ޒިންމާއެއް. އެހެންކަމުން ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް ވަނީ ޕްރޮސިކިއުޓާ ޖެނެރަލްއަށް މައްސަލަ ފޮނުއްވާފައި" އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ވިދާޅުވެފައި ވަނީ އެ މައްސަލައަކީ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ މައްސަލައެއްކަމުން، އެކަން ބެލުމަށްޓަކައި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. Anonymous

  ހުރުމަތާ ގަދަރަކީވެސް ގާނޫނުން ދިން މިންވަރަކަށް ލިބޭއެއްޗެއް.. މަޖްލިހުގެ މެންބަރުންގެ ތެރެއިން ބައެއް މީހުންގެ އަމަލުތަކަކީ މިހާރު އެމީހުންގެ އަމިއްލަގޭގަ ކަންކުރާގޮތަށް މަޖްލިހުގައި ހިތުހުރިގޮތަކަށް ކަންކުރުން ކަމުގައިމިވަނީ ވެފައި. ޤާނޫނު އަސާސީގަ އޮތް ގާނޫނު ހެދުމުގެ ބާރުނޫން ބާރެއް ނުނެގޭނެ... ނަގައިފިނަމަ ޤާނޫނު އަސާސީއަށް ފައިން ތިއެރެނީ.. ގާނޫނު އަސާސީގެ މަތީގަކޮޅަށް ތި ތިބެވެނީ.. ޤާނޫނު އަސާސީއާއި ދިވެހި ރައްޔިތުނގެ ހުރުމަތް ތި ކަނޑަނީ.

 2. އަސްލަމް

  މަޖްލިހަކީ، ނަޝީދު ގޭގެ ބަދިގެއެއްނޫން. ނަޝީދަކީވެސް މާ މަތީ މީހެއްނޫން. ނަޝީދު މަޖްލީހުގައި ތިއިންނަނީ އަމިއްލަ އެޖެންޑާއެއް ތަންފީޒު ކުރަންކަމަށްވަނީނަމަ ތިއީ ކޮރަޕްޓް މީހެއް. ގާނޫނު ހަދާ މަޖްލިހަކީ އެއްވެސް އިންކްއަރީއެއްވެސް އެއްވެސް ތަހުގީގެއްވެސް ކުރެވޭނެ ބައެއްނޫން. ގާނޫނު އަސާސީއާ ގާނޫނު ތަކުން ކަންކަން ތަރުތީބުކޮށްފަ ހުއްޓަ އެއިން ބޭރުން އެލެކްސްވެގެން މާމައްޗަށް އަރުންވަން ނުހައްދަވާ... ވެއްޓޭއިރު މާތިއަށް ވެއްޓުމަކީ ވަރަށް ގާތްކަމެއް.

 3. Anonymous

  މަޖްލިހަކީ މިހާރު ބަތްކައްކާ ކުޅޭތަނެއް؟ އަހަރެމެންނަށްވެސް އެނގޭ ތިތާ ތިބީ ގައުމަށްޓަކައި ކަމެއް ކޮށްދޭން އައިސްތިބި ބަޔަކަށްވުރެ ގިނައިން ބަދަލުހިފުމާއި އަމިއްލަ އަންބޮނޑި ބޮޑުކުރުމުގެ "ކަރާމަތާއި ހުރުމަތް" ހިފެހެއްޓުމަށް އައިސްތިބި މީހުންކަން. އެކަމަކު ތިތަނަށް ވަނީމަ ގާނޫނު އަސާސީގެ 6 ވަނަ ބާބުގައި އެބުނާ، ގާނޫނު ހެދުމުގެ ބާރުގެ އިހްތިސާސް އެނގެންވެއްޖެއެއްނު!! މިއިން ބޭރުވެ ބޮލަށް ފިތާލާފަ ތިބި ތާވަޅަ ތަކެއްހެން ނަޝީދު ޖަހާހާ ބެރަކަށް ނަށަން ފެށީމަ ދެން އެޖެހުނީ މަޖްލިސް އުވާލަން. އެސް.އޯ.އީ ހިންގައި އަވަހަށް ތި މަޖްލިސްް އުވާލާ. އެހެންނޫނީ ދެން ނަގާނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް.

 4. އާމިނަތު

  ތި މާއްދާތަކުގެ ދަށުން މީހަކު ހާޟިރުވުމަށް އެންގިދާނެ. ހާޟިރު ނުވީމަ، އެކަން ތަހްގީޤުކޮށް ދިނުމަށް އެދެންޖެހޭނީ. ދިވެހި ފުލުހުންގެ އިދާރާގަ.. އެއިދާރާއިން ކުރާ ތަހްގީގުން ކުށެއް ކުރިކަމާ ދައުވާ ކުރެވޭވަރުގެ ހެކި ހުރިނަމަ ދެން ފޮނުވަނީ ޕީޖީއަށް. މަޖްލިހުން ބުރާންތި ވެފަތިބި ބަޔަކު ކަންކުރާ ގޮތަށް ގާނޫނު ދަންނަ އެކަކުވެސް ނެތް ތަނެއްކަން ރައްޔިތުންނަށް ދޭހަވާގޮތަށް ކަންކުރީމަ ތި މެންބަރުން ހޮވި ދާއިރާތަކުގެ ރައްޔިތުންނަށްވެސް ހުތުރު ދޯ!!! ލަދެއް ހުރިނަމަ މެންބަރުކަމުން ވަކިވެ ދެން ތިބޭނީ މަސްކަށްކަން.

 5. އަޒްމީ

  މަޖްލިހަށް ހާޟިރު ނުވީމަ އެވީ ޖިނާއީ ކުށަކަށްތަ؟ ޖިނާއީ ކުށަކަށް ވުމުގެ ފުރަތަމަ ޝަރުޠު "ޕްރިންސިޕަލް އޮފް ލީގަލިޓީ" ފުރިހަމަވުން. މާނައަކީ، ޤާނޫނުގައި ޖިނާއީ ކުށެއްކަމަށް ކަނޑައަޅާފައިވާންޖެހޭނެކަން... މަޖްލިސް މެންބަރުންނަކީ ބުއްދިއެއްނެތް ބައެއްތަ؟ ތަނެއްދޮރެއް ނޭނގޭތަ؟ އެލެކްސް އަހްމަދު ބުނެފިއްޔާ ބަރަހަނާގަވެސް އުޅެންވީތަ؟ ލަދުވެސް ދެން ނުގަންނާތީ މަ ހައިރާންވަނީ!!!

 6. ގައުމީވަންތަދުލުން

  ރައީސުލްޖުމްހޫރިއްޔާއަށް މިގޮވާލަނީ ރައްޔިތުންގެ މަޖްލިހުގެ މެންބަރުން ދިވެހިރާއްޖޭގެ ޤާނޫނު އަަސާސިގެ ގަދަރާ ހުރުމަތް ކަނޑާ ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން ރައްޔިތުންގެ މަޖްލިހަށް ދީފައިވާ ބާރުގެ ބޭރުން އަމިއްލަ ވަކި މަގްސަދެއް ހާސިލްކުރުމަށް މަސައްކަތްކޮށްފައިވަތީ، މިހާރު އޮތް ރައްޔިތުންގެ މަޖްލިސް ވަގުތުން އުވާލާ 2 އަހަރުދުވަހު އެސް.އޯ.އީ ހިންގާ ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށް. އެހެންނޫންނަމަ، ދެންފެންނާނީ، ރައީސުލްޖުމްހޫރިއްޔާ މަގަމުން ވަކިކުރުމަށް ފައިވިއްދާލާތަންކަމާ މެދު ޝައްކެއްނެތް.

 7. Anonymous

  ގާނޫނު އަަސާސީއަށް ފައިންއަރާ ހިތުހުރިގޮތެއް ހަދަމުން މިދަނީ މި އެލެކްސް އަހުމަދުގެ އެންގުމަށްތަ؟؟؟ މީނަ މިއީ ހަމަ ބޮޑު ކޮރަޕްޓް ގޮލައެއް. މަގާމުގެ ނުފޫޒުން މަޖްލީސް ކިލަނބުކޮށްފި.

 8. Anonymous

  ބަލަގަ މިތިބަ މެންބަރުންނޭ ކިޔައިގެން ތިބި ތާވަޅަތަކާ!!! ރައްޔިތުންގެ މަޖްލިހަކީ ޖިނާއީ ތަހުގީގު ކުރުމުގެ އިހްތިސާސް އޮތް ތަނެއްތަ؟ ގާނޫނު އަސާސީ ކިޔާބަލަ. ލިޔަން ކިޔަން ނޭނގެންޏާ މީހަކަށް އަގުދީގެން އެ ކިޔުއްވަބަލަ. ބަލަ ކަލޭމެނަކަށް ޕީޖީއަކަށް މައްސަލައެއް ނުފޮނުވޭނެއޭ... ތި މަޖްލިހަކީ މޑޕ ގެ އައްޑާއެއްނޫނޭ!!!

 9. ސަމީ

  ތީ އަގެއް ޤަދަ ރެއް އޮތް ތަނެއްތަ. މަޖިލިސްގެ އަގާ ޤަދަ ރު އޮތްވަ ރު އިނގޭނީ ޖަލްސާ ތަކާ ބައްދަލު ވުންތައް އަހާ ލީމަ. ބުއްދި ސަލާމަތުން ހު ރެތޯ ތިޔަ ކަހަލަ ވާހަކަ ދައްކަނީ

 10. ދުންޔާ

  ޤާނޫނު އަސާސީގެ 3 ވަނަ ބާބުގެ އެއްވެސް ތަނެއްގައި ޖިނާއީ ތަހްގީގު ކުރެވޭނެކަމަށް ބުނެފަ އެބައޮތްތަ؟ 99 ވަަނަ މާއްދާގައި ބުނެފައިވަނީ ފަރުދުން މަޖްލިހަށް ހާޟިރުވާން އެންގިދާނެކަމަށް. ހާޟިރު ނުވެއްޖެނަމަ ދެން ކަންކުރަންޖެހޭނެ ގޮތެއް ނެތް. ސުޕްރީމް ކޯޓުގެ ލަފާ ހޯދާފަ ކޯޓު އަމުރެއްގެ ދަށުން ހާޟިރު ކުރެވިދާނެ. އެކަމަކު މަޖްލިހަކީ ފަހަރެއްގައިވެސް ޖިނާއީ ތަހްގީގު ކުރެވޭނެ ތަނެއްނޫން. 3 ބާރު އެއްކޮށްލުމަކީ ޑިމޮކްރަސީ މުގުރާލުން. މަޖްލިހުން ތިއުޅެނީ، ޔޫއެންޗާރޓަރއާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާވެސް ހިލާފަށް.

 11. ޗުޕް ކޭ ޗުޕްކޭ

  ކޮބާ ރ ކަނި މަސް ކެވިއްޖެއެއް ނޫން ދޯ@

 12. Anonymous

  މަޖިލީހުގެ ގަދަރު ހިފަހައްޓަން އަނެއްމީހާގެ ގަދަރާއި އިއްޒަތް ވެއްޔާއި މޮޑެލުން އެއީ ވަރަށް ދެރަވަރު ކަމެއް..

 13. Anonymous

  އާނ ނޫނޭ ތިޔައީ ޤަދަރު އޮތްތަނެއްތަ.
  ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔެވުން މަނާތަނެއް ޤަދަރުވެރިވީ ގޮތެއް ވެސް ނޭނގުނު. ﷲއަށް ޒިކުރު ނުކުރެވޭ މަޖްލީހެއް މަޖްލީހަކަށް ނުވާނެ. ހެޔޮވާހަކަ ދައްކަބަލަ. އެކަކު އަނެކަކަށް އެއްޗެހިނުކިޔާބަލަ. މުސްލިމުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައި އަންގަވާފައި ވޭނު. އެކަމަކު ތިޔާތާ ނުކިޔާ ހަޑިހުތުރެއް އޮވޭތޭ. ރައްޔިތުން ފޮނި އުއްމީދުގައި ވޯޓް ދީގެން ހޮވީމަ ބައެއް މެމްބަރުން މަޖްލީހަށް މިދަނީ ޕެޑްޖަހާ މީހުންނާއި ނުޖަހާ މީހުން ބަލަން. ވ. ލަދު ހަޔާތް ކުޑަ މެމްބަރުންވެސް ތިބޭތަނެއް. ބަސްމަގު އެހާ ހުތުރު. ބޮޑު މުސާރަ ނަގައިގެން ވަކި ބަޔަކު ދިފާއުކުރުން. ރައްޔިތުން ނަށް ކުރަން ކިތައް ކަންތައް ހުއްޓާ ވަގުތު ބޭކާރު ކުރާބައެއް. މެޖޯރިޓީ ލިބުނީމަ ކަންކަން ރަނގަޅު ކޮށްބަލަ ދަރިންނޭ. ޖަވާބު ދާރީ ވާންޖެހޭ ދުވަހަށް ތައްޔާރުވެބަލަ.

 14. Anonymous

  މަޖްލިސް އުވާލާ.

 15. Anonymous

  މަޖްލިހުގެ ހުރުމަތާ ގަދަރު އެންމެ ބޮޑަށް ހިފެހެއްޓޭނީ، ގައުމުގައި ހުޅުޖެހި މީހުން، ޔައުނީ މޑޕ މީހުން މަޖްލިހުން ނުކުމެގެން ދިއުމުން. ގައުމުގެ ގާނޫނު ހަދާ މަޖްލިހެއްގެ ތިބެން ކުފޫ ހަމަވާނެތަ، ގައުމު ސުންނާފަތި ކުރި ބައިގަނޑު.

 16. އަލިފުލައިލާ

  ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް ތެޅިގަންނާނީ ކޮންއިރަކުން ބާއޭ ހީވޭ.

 17. Anonymous

  ގާނޫނު އަސާސީގައި މީހަކު ހާޒިރު ކުރަން އެންގޭނޭ އޮތުމުގެ މާނައަކީ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުންތަ؟ މިމީހުންގެ ބުއްދި ކޮންތަނެއްގަތަ އޮތީ؟ މަގާމަށް ކުފޫ ހަމަނުވަނީ؟ މީހަކު ބުނީމަ ކަމެއް ކުރަންޖެހޭކަމަށް ދެކޭނަމަ ކަލޭމެންވާނީ މީހެއްގެ ގުނބޯލުންތަކަކަށް.. އެއްޗަކަށް އަޅާފަ ތަޅުވާލީމަ އެނބުރިއެނބުރިތިބެނީ!!!!

 18. އުސްތާޖާ

  މަޖްލީހުގެ ގަދަރާއި ހުރުމަތެއްނެތެއްނު.. ގާނުނު އަސާސީގަ ލިޔެފަ އޮތްއެއްޗެއް ފަހުމުވާގޮތަށް ކިޔާލަންވެސް ނޭނގޭބަޔަކު ތިތިބީ މަޖްލިހަށްވަދެ، ރައްޔިތުންގެ ހައްގުގައި ގާނޫނު ހަދަންށޭ ކިޔައިގެން. އެކަމަކު ކުރާކަމަކީ، ބަދަލު ހިފުން. ދެން މިހާރު ތިއުޅެނީ، ވެރިކަމަށް ވަކި މީހަކު ގެންނަން. މިހާރު ހުރި ސްލޯލިހު ބޭރުކުރުމަށް ވޯޓު ނަގާ ސައްލާ މިހާރު ކުރަމުންނުދޭބާއޭ ހީވޭ..

 19. އަންދި

  މިސްރާބު މިޖަހަނީ ކޮންދިމާއަކަށް؟؟ ވެރިކަމަކީވެސް މަޖްލިހުގެ ތިބޭ މެންބަރުން ބެހެއްޓީމަ ހުރެވެ އެއްޗެއްކަން ދައްކަން، މިވެރިން ގާނޫނަށް ފައިން އަރައިގެން ތިބެ ހިތުހުރި ގޮތެއް ހަދަލަނީ... ހިނގާ ބަލަމާ ވެރިމީހާއާ ދިމާއަށް އަންނާނީ ކޮންއިރަކުންތޯ

 20. އަހުން

  ކޮންގަދަރެއް އޮތް ތަނެއް. މިކަމަުންވެސް އިތުރަށްބޭލޭނީ ސ؛ޯޓު

 21. ޤާދިރު

  ހުރުމަތެއް އޮތް ތަނެއްނަމައެއް ނުން ހުރުމަތް ހިފަހައްޓާނީ. ލަދެއްނުގަނޭ

 22. ބަނޑޭރި ޙަސަން މަނިކު

  އަޅުގަނޑަށް ހީވަނީ ދެން އެމް.އެން.ޑީ.އެފް އަދި ޕޮލިސް ގެ ބޭނުމެއް ނެތް ކަންނޭގެ.. ރައްޔިތުންގެ މަޖުލިހޭކިޔަ ތަނަކުން ޤާނީނު އަސާސީ ކަނޑައަޅަފައިވަ ތަހުޤީޤީ އިދާރާތައް ހުއްޓާ ހުރިހާ ތަނަކަށް ފޫގަޅަ ބަޔަކަށް މިމީހުން ވެއްޖެއް އެހެން ވީމާ، ޤާނޫނު އަސާސީ އިސްލާހުކޮށް، ސަރުކާރުގެ ހުރިހާ ތަހުޤީޤީ އިދާރާގެ ހުރިހާ ތަހުޤީޤެއް ކުރާނީ ރައްޔިތުގެ ފޫގަޅާ މަޖުލިސް ކަމަށް ކަނޑަަޅަން އަޅިގަނޑަފެނޭ.

 23. ކާފަބޭ2020

  އަތަށްގޮވީމަ ދުފާއެއްޗިއްސޭނުކިޔާ !ތިބަކަރިކޮށިމިނިވަންތަނަކަށް ހަދާބަލަ! ވަކިމީހެއްގެފަހަތުން އަޅައިގަނެގެންނޫޅެ ތިޔަބަކަރިކޮށީގެގަދަރުހިފަހައްޓާ އިއްޒަތްތެރިމަޖިލީހަލަށްހަދަންބޭނުންނަމަ ނަމުންއިއްޒަތްތެރި މެމްބަރުކަމަށް ތައުލީމީކޮފިކޭޝަނެއް ކަނޑައަޅާ ވަކަރުގޭ ކުދިންތައްބޭރުކޮށްބަލަ! ކެރޭނެތަ؟

 24. ކޮތަރު

  ތެދެއް. ޙުރުމަތާ ޤަދަރު ހޯސްލާފަ ބޯކޮށް އޮހި އޮހި އޮންނަ ތަނެއް އެއީ.