އިތުރު 412 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި މިމަހުގެ 03 ވަނަ ދުވަހުން ފެށިގެން މިއަދު އިރުއޮއްސުމާއި ހަމައަށް ނެގުނު ސުންކުތަކުން ކޮވިޑަށް ފައްސިވި މީހުންނެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 239 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 162 މީހުން އަދި ރިސޯޓްތަކުން އިތުރު 11 މީހުން ވަނީ ފައްސިވެފައެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 5082 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %8 މީހުންނެވެ. މިއީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 166 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިއަދު ވަނީ 19670 އަށް ވަނީ މަދުވެފައެވެ. މިއަދަކީ ކޮވިޑް ބަލި މީހުންގެ އަދަދު މެއި މަހުގެ 19 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް މަދުވަމުން އަންނައިރު މިމަހުގެ 09 ވަނަ ދުވަހާއި ހަމައަށް މާލޭގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު