މިވަގުތު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ކުރަމުންދާ މީހުންގެ ތެރޭގައި 10 އަހަރުން ދަށުގެ 3000 އަށްވުރެ ގިނަ ކުދިން ތިބިކަން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ހާމަކޮށްފިއެވެ.

ރާއްޖެއިން މިހާރު 67،950 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 19،670 މީހަކަށް މިހާރު ފަރުވާދެމުންދާއިރު، 166 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު ބަލި ޖެހިފައި ތިބި ވޭދަނަތަކަށް ބަލާއިރު، 10 އަހަރުން ދަށުގެ 3242 ކުއްޖަކު ތިބިކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި 10 އަހަރާއި 17 އަހަރާއި ދޭތެރޭގެ 2490 ކުއްޖަކާއި، 18 އަހަރާއި 29 އަހަރާއި ދޭތެރޭގެ 5707 މީހަކާއި، 30 އަހަރާއި 39 އަހަރާއި ދޭތެރޭގެ 5740 މީހަކަށް މިހާރުވެސް ފަރުވާދެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި 40 އަހަރާއި 49 އަހަރާއި ދޭތޭރެގެ 3062 މީހަކާއި، 60 އަހަރާއި 69 އަހަރާއި ދެތޭރެގެ 1895 މީހަކާއި، 60 އަހަރުން މަތީގެ 1514 މީހަކަށްވެސް މިހާރު ފަރުވާދެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެެވެ.

އަދި 459 މީހެއްގެ އުމުރު އަދި ކަށަވަރު ނުވާކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޑޮކިއުމެންޓްސް ނެތި ރާއްޖޭގައި އުޅޭ މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި

    ތި ހުސް ބޭކާރު ވާހަކަ ލޮކްޑައުންކުރަން.. ކޮބާ ވެކްސިންޖެހީމަ ދިން ލުއި.. މި ސަރުކާރުން ގަސްތުގަ ވޯޓުލާށޭ ކިޔައިގެން ކޮވިޑު ފެތުރީ

  2. ބަކަރި

    ބާގީ ސަރުކާރު އިސްތިއުފާ

  3. އަބްސީ

    ސްކޫލް ތަކާއި ނާރސަރީ ބޭބީވެސް ހުޅުވާ، އެޗްޕީއޭގެ މުވައްޒަފުންގެ އިންކަމް ދައްވާން ފެށިމަ ކުރިންވެސް މިހެން ހެދީ