ކޮވިޑް-19 ޖެހުނު ކިޑްނީ ބަލި މީހެއްގެ ފުއްޕާމޭ ބެދި، އޭނާގެ ހާލަތު ވަރަށް ސީރިއަސް ވެގެން ދިޔައިރު ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުނުކޮށް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހާ ދެންމެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ބަލި މީހާގެ ދަރިފުޅު ޝާފިއު އިސްމާއިލް ދެންމެ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ބައްޕަ ދެންމެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބައްޕަގެ ހާލު ދެރަވަމުން ދާއިރު ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބައްޕަ ބަދަލުނުކޮށް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދާތީ ޝާފިއު ވަނީ ޓްވިޓާގައި ތަކުރާރުކޮށް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައެވެ. ހުޅުމާލޭ ކޮވިޑް ފެސިލިޓީއަކީ ޝާފިއުގެ ބައްޕަ އޮތް ހާލަތައް ބަލާއިރު އެކަށީގެންވާ ފަރުވާއެއް ލިބޭ ތަނަކަށް ނުވާތީ އާއިލާ އިން އާދޭސް ކުރަމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަލި މީހާ ބަދަލުކޮށްދޭށެވެ.

އުމުރުން 83 އަހަރުގެ ކިޑްނީ ބަލި މީހާ އަށް ކޮވިޑް ޖެހުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ހާލު ދެރަވަމން ދާތީ އޭނާ ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ މީގެ ފަސްވަރަކަށް ދުވަސް ކުރިންނެވެ.

މިއަދު ފުއްޕާމޭގައި އިތުރު އިންފެކްޝަނެއް އުފެދުނު ނަމަވެސް ހޮޅިލައްވައިގެން ދޭން ޖެހޭ ފަރުވާއެއް ދެވޭނެ ގޮތެއް ހުޅުމާލޭ ފެސިލިޓީގައި ނެތެވެ.

"ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނެތް ފުއްޕާމޭގައި ހުންނަ އިންފެކްޝަންތައް ނެގުމާއި ހޮޅިލައިގެން އެ ކުރަންޖެހޭ ޕްރޮސެސް އެއް ކުރެވޭކަށް. މިއަދު ހެނދުނުއްސުރެ ފަރުވާއެއް ނުދެވޭ. ބައްޕަގެ ކިޑްނީ ވަރަށް ބޮޑަށް ސަކަރާތްވެފައި ހުރީ. ފަހަރެއްގައި ބައްޕަ ޑައިލަސިސް ވެސް ހަދަން ޖެހިދާނެ." ޝާފިއު ބުންޏެވެ.

ޝާފިއުގެ ބައްޕަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރެވުމުން އޭނާ ވަނީ އެހީތެރިވެދިން ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 ޖެހުނު ގިނަ ބަޔަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ނިޔާވުމުން އެތަނުގެ ހާލަތު ބެލުމަށް މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ކައި

  ވަކި ބަޔަކު ތި ތަނަށް ގެންދަނީ.. ތިއަށްވުރެ ހާލުގަ އުޅުނު މީހަކު ހުޅުމާލެ ފެސިލިޓީގަ ހާލުބިޑުވެގެން ވެންޓިލޭޓަރަށް ލާފަ މަރުވީ އެންމެ ފަހުން...ކިޑްނީ އެކަނިއެއް ނޫން.. ބައިވަރު ލައިފް ތްރެޓްނިންގް ކަންކަމުގަ ސާޖަރީ ކުރިން ހަދާފަ ހުރި މީހެއް.. ހޮހޮޅައަށް ގެންދާނީ އެމްޑީޕީ ބޮޑުން އެކަނި.. އެއީ އެޖެންޑާ 19

  • އެހެންވެތަ!

   މޑޕ ބޮޑެއްވީމަތަ މިހާރު އެއޮތީ ދަރުމަވަންތައުގަ!

 2. ވަރަށް ދެން

  ލޮލް ދަރުމަވަންތައިގަ ވެސް ހުޅުމާލެ ފެސިލިޓީގަ ވެސް ފަރުވާ ކުރަން މިތިބެނީ އެއް ބައެއް. ދެތަނުގެ އައިސީޔޫ ގަ ލިބެނީ ވެސް އެއް ޚިދުމަތެއް. ތިބުނާ ހޮޅިވެސް ލެއްވޭނެ ހުޅުމާލެ ފެސިލިޓީގަ ވެސް. ވާ ގޮތަކީ ޓްވިޓަރ ގަ ބޮޑާ ހާކައި ގަތީމަ ހުރިހާ ކަމެއްވެސް ވާތި ބޮޑާ ހާކަނީ

  2
  3
 3. ޑަރޭ

  ގިނަބަޔަ ކު މަރުވަމުންދަނީ ހުޅުމާލޭ ފެސިލިޓީން .......އެންމެނަށްވެސް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރަން.

  • މޮޔަ

   ބަލަ މޮޔަޔާ ގިނަ މީހުން ތިބި ތާކުން ދޯ ގިނަ މީހުން މަރުވާނީ

 4. އެމް.ޑީ.ޕީ

  އެމް.ޑީ.ޕީ އަށް ވެރިކަން ކުރަން އާމްދަނީ ހޯދަން މި އެގެނީ ކުންފުންޏެއް، އެއަރޕޯޓެއް ނޫނީ ކޮންމެވެސް ރައްޔިތުންގެ މުދާގަނޑެއް ވިއްކާލައިގެން. މީގެ ކުރިން ވެސް މީހަކު ވެރިކަން ކޮށްފަ އެދިޔައީ، ކާނެވަރަކަށް ކައިފަ އޭ ކިޔާ، އެކަމަކު ތަރައްޤީކޮށްފި، ކުންފުނިތައް ވިއްކާފައެއް ނުވޭ، އަދި ނުވީތާކަށް އެއަރޕޯރޓް ވެސް ފައިސާ ދީފައި އަނބުރާ ހޯދާފަ އެއޮތީ. އަދިވެސް ތިމަންނަމެންނަށް ވާނެޔޭ ކިޔާފަ ބޯކޮށްޕާލާތި ތަނެއްއޮވެއްޖެއްޔާ!

 5. ފަގީރުކޮއި

  މީޑިއާގައި ހަޅޭލަވާ އަޑުގަދަ ކޮށްގެން ނޫންގޮތަ ކަށް ރައްޔިތު މީހާއަށް ފަރުވާލި ލިބޭނެ ގޮތެއް ހަމަ ނެތީބާ؟

 6. ހަމަބުނެލީ

  ލިބެން ހުންނަ، އެކަށީގެންވާ އެންމެރަނގަޅު ޞިއްޙީ ޚިދުމަތް ހޯދުމަށް ޓަކައި ހިނގާން އޮންނަ މަގަކީ މިއީ ކަމަށް ވަންޏާ، ލިބުން ބޭނުންވާ ޚިދުމަތް ލިބެން ހުރެމެ، އެ ޚިދުމަތް ނުލިބި ކިތަންމެ ބަޔަކު ދުނިޔެއާ ވަކިވެ ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް ފާހަގަކުރެވެނީ. ސަބަބަކީ، މި ކޭސްގައި މި ކަންތައް ވީ ގޮތަށް، ބާރާއި ނުފޫޒު ހުރި ފަރާތްފަރާތަށް އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ގުޅައި، ސީދާކޮށާއި ނުސީދާކޮށް ކަމާ ބެހޭ ފަރާތްފަރާތަށް ޕްރެޝަރކުރުމަކީ، ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ކަމަށް ނުވާތީ. ބަލިމީހުންނަށް ބޭނުންވާ، ލިބެން ހުންނަ އަދި ދެވެން ވެސް ހުންނަ ފަރުވާ އެ ބަލިމީހުންނަށް ލިބެންވާނީ އެ މީހެއްގެ ކަނެކްޝަންސް ހުންނަ ގޮތެއްގެ މައްޗަށް ބިނާވެގެން ކަމަކަށް ގަބޫލެއް ނުކުރެވޭ. އެންމެ ފަދަައެއް ނެތް މީހާއަށް ވެސް ސިޔާސީ ފަރާތްތަކާ ގުޅުން ބޮޑު، އަތްމަތި ތަނަވަސް ނުވަތަ ބޮޑެތި އާއިލާތަކަށް ނިސްބަތްވާ މީހާއަށް އެ ލިބޭ ޚިދުމަތް ހަމަ ލިބެންޖެހޭނެ. ހުޅުމާލޭ ފެސިލިޓީގައި ތިބެ ދުނިޔެއާ ވަކިވެގެން އެ ދިޔަ ހުރިހާ މީސްމީހުންގެ ފަރާތުން ވެސް މި ދަރަޖައިން ޕްރެޝަރ ޖައްސާލެވުނު ނަމަ، އެ ފެސިލިޓީން އެ ލިބުނު ފަރުވާއަށްވުރެ ރަނގަޅު ފަރުވާ ލިބި، ބަލިން ރަނގަޅުވުމުގެ ފުރުސަތު ލިބިގެން ނުދިޔައީސް ބާވަޔޭ ސުވާލު އުފެދޭ. ކަންތައްތައް އިސްލާހުކުރާނީ ކިހާ ހިސާބަކުން ބާވަޔޭ ހިތަށްއަރާވަރުން ހަމަ ބުނެލީ.

 7. ޢަޅީ ރަމީޒް

  ޙަހަ، ޓްވީޓް ސަރު ކާރު

 8. ަަސަމްސިއްޔާ

  “ކޮވިޑް-19 ޖެހުނު ގިނަ ބަޔަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ނިޔާވުމުން އެތަނުގެ ހާލަތު ބެލުމަށް މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ގޮވާލާފައެވެ.“ ދަރުމަވަންތަތަ ކޮވިޑް ފެސިލިޓީތަ؟؟

 9. ހުސެންދީ

  މިހާރު ފަރުވާވެސް ލިބެނީ ޓްވީޓްކޮށް ޓްވީޓް ޕްރޮމޯޓްކޮށް ޓްވީޓާރގައި ސަލާންޖަހާގެން ދޯ.

 10. އަހްމަދު

  ޝަކުވާތައް ބޮޑުވެގެން ދަރުމަވަންތަހޮސްޕިޓަލަސް ބަދަލު ކުރިނަމަވެސް ތިކަންދާނީ އަތޮޅުވެރިންބުނީމާ ވަލުގައި ހިފުމަށް. ތިތަނުން ނެރެގެން ގެންދާނީ މަހާނަބަގީޗާ އަށް.

 11. Anonymous

  ޙެހެ ތި ސަރުކާރު ހަމަ ކަޑަ ބޮޑުތަނުންކަޑަ ފެއިލްވެއްޖެ އޯގާތެރިކަމޭ އިންސާފޭ ގޮވާ ދިވެހިންގެ ބޮލައް ޗިޕް ޖަހައިންގެން ވެރިކަމަށް އައިސް ދެން އެބުނަނީ މީ ތިމަންމެންގެ ވެރިކަމޭ މި ވެރިކަމުގައި ތިމަންމެން ކަންކުރާނީ ތިމަންނަމެން ބޭނުން ގޮތަކަށޭ ކޮބާ ލަދު ހަޔާތް