ކޮވިޑް ބަލި މީހެއްގެ ހާލު ސީރިއަސްވެ، އެފަދަ ވަގުތެއްގައި އެމްބިއުލަންސް ނުލިބިއްޖެނަމަ ޕިކަޕްގައި ވެސް ބަލި މީހުން ހޮސްޕިޓަލާއި ހަމައަށް ގެންގޮސް ދިނުމަށް ތައްޔާރަށް ތިބިކަން މާފަންނު މެދަށް ނިސްބަތްވާ ޕިކަޕް ޑްރައިވަރުން ހާމަކޮށްފިއެވެ.

ކޮވިޑް ޖެހުނު ދިހަ އަހަރުގެ އަންހެން ކުއްޖަކަށް އެމްބިއުލަންސް ނުލިބި އެންމެފަހުން އެކުއްޖާ ނިޔާވި ހާދިސާއެއް ވަނީ މިދިޔަ ހަފްތާގައި މާލޭގައި ހިނގާފައެވެ. އެހާދިސާ ހިނގާފައި ވަނިކޮށް މާފަންނު މެދަށް ނިސްބަތްވާ ޕިކްޕް ޑްރައިވަރުން ބުނެފައި ވަނީ އެމްބިއުލަންސް ނުލިބިގެން ބަލި މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވެ ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ޑްރައިވަރުންގެ އެހީތެރިކަން ލިބެމުން ދާނެ ކަމަށެވެ.

ބަލި މީހަކަށް އެމްބިއުލަންސް ނުލިބިއްޖެނަމަ ގުޅާނެ ހަ ނަމްބަރެއް މާފަންނު މެެދުގެ ޑްރައިވަރުން ވަނީ އިއުލާން ކޮށްފައެވެ.

ޕިކްޕް ޑްރައިވަރުންގެ ނަމްބަރުތައް
ސަފީގް - 7777844
ގޭސް ދޮންބެ - 9993499
ސޮބާހް - 7755219
އަޒްމީ - 7765219
އިއްސޭ - 9102434
އަލީ މުހައްމަދު - 7678281

މިހާލަތުގައި މާފަންނު މެދު ދާއިރާގެ ޕިކަޕް ޑްރައިވަރުން ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި އިސްނަގައި އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާން ކުރުމުން އެދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ވަނީ ޑްރައިވަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ނަރީޝް ވިދާޅުވީ އިންސާނިޔަތައްޓަކައި ޑްރައިވަރުން ދެއްކެވި ނަމޫނާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. "އިންސާނިއްޔަތަށްޓަކައި އަދި ޙާއްސަކޮށް މިފަދަ ބަލިމަޑުކަމެއްގައި ދާއިރާގެ ރައްޔިތުންނަށް އެހީތެރިވެ އެމަރޖެންސީ ހާލަތުގައި އެމްބިއުލާންސް ނުލިބިއްޖެ ހާލަތުަގައި ބަލި މީހުން ހޮސްޕިޓަލް އަށް އުފުލައިދިނުމަށް އިސްނަންގަވާ ތިޔަ ދެއްކެވި ނަމޫނާއަށް ފަށްފަށުން އަޅުގަޑުގެ އަމިއްލަ ނަމުގައި އާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން." ނަރީޝް ވިދާޅުވިއެވެ.

މާފަންނު މެދުގެ ޕިކްޕް ޑްރައިވަރުންގެ ނިންމުމާއި ގުޅިގެން ވަރަށް ގިނަ އާއްމުން ވެސް އަންނަނީ މީސް މީޑިއާގައި އެކަން ފާހަގަކޮށް ޑްރައިވަރުންނަށް ޝުކުރު އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޏަމްޏަމް

    އިންސާނިއްޔަތަށްޓަކާ މިގައުމުގެ ސޯލިބޭ ކޮށްދިނީ ކޮންކަމެއް ވެރިކަމުގަހުރެގެން އިންސާނިއްޔަތަށްޓަކާ ރޯންދަސްވެފަހުރީ އިސްތިއުފާީދީފަ އިންޑިއާގެ ކޯސްޓުގާޑުގެ ކެޕުޓަންކަންކުރަން އިންޑިއާއަށް ދިޔައިއްޔާ މާރަނގަޅުވާނެ.

    6
    2
  2. Anonymous

    الحمدلله.
    އަދި ރަނގަޅު މީހުން ހުސްނުވޭ.
    ޖަޒާކަﷲ ޚައިރަން. ނަމޫނާއެއް. އިސްލާމީ ރިވެތި ސިފަތަކުން އެންމެންނަށް އުފާވެރިކަން. ބަދަހި ގުޅުން. ހަމަޖެހުން.

    18
  3. Anonymous

    މިފެންނަނީ ނަރީޝް މެންގެ މަސައްކަތް. ޝުކުރު ޙައްޤު. ޑްރައިވަރުންގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާ އިތުރު ކުރައްވާށި އާމީން
    ޖަޒާކާﷲ ޚައިރަން

    16
    1
  4. އަޅުވެރިޔާ

    لحمدلله.
    އަދި ރަނގަޅު މީހުން ހުސްނުވޭ.
    ޖަޒާކަﷲ ޚައިރަން. ނަމޫނާއެއް. އިސްލާމީ ރިވެތި ސިފަތަކުން އެންމެންނަށް އުފާވެރިކަން. ބަދަހި ގުޅުން. ހަމަޖެހުން.
    1

    14