މާލޭގެ މަގުމަތިން ޒަހަމުތަކަކާއެކު އޮތް މީހެއް ފެނިގެން އޭނާއަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމްތަކަކާއި އެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިފައި ވަނީ މާފަންނު ބިސްބިރު ކައިރިންނެވެ.

އޭނާ ޒަހަމްތަކަކާއިއެކު އޮއްވާ ފެނިގެން އާއްމުންގެ ބަޔަކު ވަނީ އައިޖީއެމްއެޗްއަށް އޭނާ ގެންގޮސްފައެވެ. އައިޖީއެމްއެޗްގައި އޭނާ އަށް މިހާރު ފަރުވާ ދެމުން އެބަގެންދެއެވެ.

އޭނާގެ މޫނުމަތި ފަޅައިގެން ގޮސް ލޭ އަންނަ މަންޒަރު ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ.

މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޒަހަމްތަކަކާއިއެކު ފެނުނު މީހަކީ ވައްކަން ކުރަން އުޅެނިކޮށް އަތުލައިގަނެ ބަޔަކު އަނިޔާ ކޮށްފައިވާ މީހެކެވެ.

މިދިޔަ ހަފްތާގައި ހދ.ކުޅުދުއްފުށީގައި ވެސް ވައްކަމުގެ މައްސަލައެއްގައި މީހަކު ރަހީނުކޮށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ވެއެވެ. އިއްޔެ މާލޭގެ ގެއަކުން ވައްކަން ކުރި މީހަކު ވެސް އަތުލައިގަނެ އަނިޔާކުރި ވީޑިއޯއެއް އާއްމުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބްސީ

    ނޭގޭނެ ކޮންބައެއް ކަންވެސް، ލޮކްޑައުންގަ ވެސް މީޤައުމުގެ ހާލު، ފުލުހުންވެސް ނުކުމެ ބަލަނީ މީހަކު ޖޫރިމަނާ ކުރެވޭތޯ، މީހުން ކަތިލާމީހަކުގެ މައްސަލަ ނުބަލާނެ. އަޑިން އޮންނާނީ ގުލިފަ ނެޓްވޯކް. ރައްތިތުން ޙިމާޔަތް ކުރަން ﷲ އަށް ހުވަކޮށް ދޮގާއި މަކަރުހަދާ ވެރިންގެ ޙިމާޔަތުގަ ތިބެނީ

    14
  2. ކެނަރީ ވަގުގެރި

    ވަގެއްގެ ހުކުމަކީ އަތްކެނޑުން ތަޅާމެރުމެއް ނޫނެވެ. އިސްލާމީ ޝަރީއަތަކީ ހުރިހާމުޖުތަމައެއްގެ ހަމަޖެހުން

    13
  3. މިތުރާ

    ޢަންދާ ގާނޫނު،،،،،😱😱😱

  4. ޚާރު

    ޥައް ކަން ކުރީމަ ކީއްވެތަ ވެރިން ތަޅާނުލަނީ... އާދައިގެ މީހާ ބިސްކޯދު ފަޅިޔެއް.ނެގީމަ ވެސް އަނިޔާ

    11
    1
  5. ދޮންބެ

    މިހާރަކަށް އައިސް މިފަދަ އަމަލުތަށް ގިނަވަމުން އަންނަކަމަށް ފެންނާތީވެ އަދުލު އިންސާފު ގައިމުކުރަން ތިއްބަވާ ބޭފުޅުންނަށް ބުނެލަން ބޭނުންވަނީ އަދުލު އިންސާފުގެ ކަންތައްތައް ވީއެންމެ އަވަސް ގޮތެއްގައި ގައިމުކޮށްދެއްވާށެވެ. އެހެންނޫންނަމަ ދުވަހެއް ދުވަހަކަށް މިދަފަ އަމަލުތައް އަޅުގަޑުމެންގެ މި ކުޑަ މުޖުތަމައުގައި ގިނަވެ ހަލާކުގެ ތެރެއަށް ވެއްޓޭ މަންޒަރު ފެންނަމުންދާނީ މަދެއްކޮށެއްނޫނެވެ.

  6. ދޮންބެ

    މިހާރަކަށް އައިސް މިފަދަ އަމަލުތަށް ގިނަވަމުން އަންނަކަމަށް ފެންނާތީވެ އަދުލު އިންސާފު ގައިމުކުރަން ތިއްބަވާ ބޭފުޅުންނަށް ބުނެލަން ބޭނުންވަނީ އަދުލު އިންސާފުގެ ކަންތައްތައް ވީއެންމެ އަވަސް ގޮތެއްގައި ގައިމުކޮށްދެއްވާށެވެ. އެހެންނޫންނަމަ ދުވަހެއް ދުވަހަކަށް މިދަފަ އަމަލުތައް އަޅުގަޑުމެންގެ މި ކުޑަ މުޖުތަމައުގައި ގިނަވެ ހަލާކުގެ ތެރެއަށް ވެއްޓޭ މަންޒަރު ފެންނަމުންދާނީ މަދެއްކޮށެއްނޫނެވެ.
    މިކަމާމެދު ކިއުންތެރިންގެ ހިޔާލަކީ ކޮބާހެއްޔެވެ؟....

  7. ކޮތަރު

    ވައްކަން ކުރާމީހުން ފުލުހުންނާއި ހަމައިން (އާއްމުކޮށް މިކިޔާ އެއްދޮރުން ވައްދާ އަނެއް ދޮރުން ނެރޭ އުސޫލުން) ސަލާމަތް ވުމާއި ޝަރީޢަތަށް ސާބިތު ނުވެގެން ދޫކޮށްލާތީ ވާނެ ހައެތި މިވަނީ. ތަނެއްގައި ޢަދްލު އިންޞާފް ޤާއިމް ނުކުރެވިއްޖެނަމަ އެތަނެއްގެ ޙާލަތު ބަދަލުވެގެން ދާނެ ގޮތް ކީރިތި މާތް ނަބިއްޔާ ޞޢވ ވަނީ މިއުއްމަތަށް އަންގަވައި ދެއްވާފައި.

    13
    1
  8. މިތުރާ

    ވައް ކަން ކުރަާނެ އިތުރު ގޮތެއް ނެތީމަ އިންސާނުން ދިރިއުޅެން ވަޒީފާތްޏުލިބޭ،،،ބިދޭސިންނަށް ވަޒީފާލިބެނީ،،،ވަޒީފާނެތް މީހުން ސަރުކ ކާރުން ބަލަހަށްޓަނީ ކީނޫން،،،،ގައުމުގެ ވެރިމީހާ އަތުގަ ރައްޔިތުންގެ ލޭއުގުޅިއްޖެ،،،

    7
    1