ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ އިމްތިޔާޒާއި ގުޅޭ މައްސަލަ ކުރިއަށް ނުގެންދަން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން ނިންމައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި އެ މައްސަލަ ކޮމެޓީން ބެލުމަށް ހުށަހެޅި މައްސަލަ ފާސްވެފައެއް ނުވެއެވެ.

ޒަމީލްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ދައުވާ ކުރަން މަޖިލީހުގެ އިދާރާއިން ވަނީ ފޮނުވާފައެެވެ.

އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ކުރިއަށްނުގެންދަން ހުށަހެޅީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. މިއަށް ތާއީދު ކުރެއްވީ ނާޒިމްގެ އިތުރުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފެވެ. ދެން ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ޑިފެންސްގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މި ދައުވާ ކުރަން ފޮނުވީ ސިފައިންގެ 40 މީހަކު ވަކިވަކިން ހާޒިރު ކުރަން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެދުމުން އެ ކަމަށް ދެކޮޅު ހަދައި މަޖިލީހަށް ފޮނުވި ލިޔުމުގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.

އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައި ނުގަންނަ ކަމަށް ނިންމައި، އެ މައްސަލަ ކޮމިޓީން ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެންބަރުން ހިމެނޭ ގޮތަށް އަގުލަބިއްޔަުންނެވެ.

މި މައްސަލަ ކޮމެޓީން ބޭރުކޮށްލިއިރު، ޕީޖީއަށް މާކުރިން އޮތީ މި މައްސަލާގައި ޒަމީލަށް ދައުވާ ކުރަން ފޮނުވާފައެވެ. އެގޮތަށް ދައުވާ ކުރަން ފޮނުވުމުން ކޮމެޓިގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮލުރޮދި

    އަނަނިގެ ސައިޒް އޭނަޔަށް އެނގޭނެ ކަމަށް މިހާރު ހީކުރަން.

  2. ރާއްޕެ

    އަހާލުމެއް ކަހާލުމެއްނެތި މަޖިލީހުންނާ ޕީޖީއިން މައްސަލަތައްބެލީމާ ރަނަޅުވާނެކަމަށް ހީކުރުމަކީ މޮޔަކަމެއް އެވަރުވެސްނޭގޭނެ ...

  3. ސސ

    މަޖިލިސް ހިގަނީ ޗާޓުން ބޭރުން، މަޖިލިސް ސައިޒު ކުރަން އެބަޖެހޭ ރައްޔިތުން، ބާރު ފެށިގެން އަންނަނީ ރައްޔުތުންގެ ކިބައިން !

  4. ޒަބީބު

    މިޚަބަރު ކިޔާލީމަވެސް ފާހަގަ ވަނީ ނަޝީދަކީ އެއްވެސް ޤާނޫނަކަށް ޤަވާއިދަކަށް ހުރުމަތްތެރިކޮށް ހިތާ މީހެއް ނޫންކަން. އަބަދުވެސް ހުރިހާކަމެއްވެސްއަމިއްލަ ވަހުމަށް ބިނާކޮށް ޗާޓުން ބޭރުން ނިއްމުމަށް ފޫގަޅައިގެން ހުންނަ ނާޤާބިލު މީހެއްކަން.

    ޚުދު ޒަމީލުގެ މައްސަލަ ހުށަހެޅުގޮތުންވެސް އަންނިގެ ނާޤާބިލުކަން ފާހަގަވޭ. ހުށަހެޅި މައްސަލައަކީ މަޖލިސް ރައީސް އާއި ގުޅުން އޮތްކަމެއް. މަޖިލީހުގެ ރައީސް އަކަށް މިވަގުތު ބަދުނަސީބު ދިމާކުރިގޮތުން ހުރީ އަންނި. ދެން އަންނި މިމައްސަލަ ހުށަހެޅީމާ އެކަމުގައި ކޮންފްލިކްޓް އޮފް އިންޓްރެސް އޮތް މިންވަރު އެނގޭ. ދެން ކޮމެޓީއިން މިމައްސަލަ ބަލާނީ ކިހިނެތް؟ ނަޝީދު ހީކުރީތޯ ކުރީ ޒަމާނުގައި މަޖީސް ރައީސްގެ އިޝާރާތަށް މަޖިލީސް މެމްބަރުން ބިރުން ފިއްކަނޑައިގެންގޮސް ވޯޓުދޭ ގޮތަށް މަޖިލިސް ރައީސް ހުށަހެޅި މައްސަލައެއް ވީމަ މިހާރުގެ މަޖިލިސް މެމްބަރުން ބިރުން ފިއްކަނޑައިގެން ގޮސް މައްސަލަބަލާފެކަމަށް؟ ތިޔަކަމެއް ނުވާނެ.

    ފެހި ޤާނޫން އަސާސީގެ ދަށުން ވެރިކަން ލިބުނީމާ ބޭނުންވީ ނޫ ޤާނޫން އަސާސީގެ ދަށުން މައުމޫނު ކުރިކަހަލަ ވެރިކަމެއް ކުރަން. ފެހި ޤާނޫން އަސާސީގެ ދަށުން މަޖިލިސް ރައީސްކަން ލިބުނީމާ ބޭނުންމިވަނީ ނޫ ޤާނޫން އަސާސީގެ ދަށުން އަބްދުﷲ ހަމީދު ކުރިކަހަލަ ރައީސްކަމެއް ކުރަން.

    ކުޑަކުޑަ ވަޑާންގެއެއް ހިންގަން ހަވާލުކުރީމަ އެތަން ނުހިންގި ބަނގުރޫޓް ކޮށްލި މީހަކަށް ހިންގޭނީ ކޮން ޤައުމެއް އަދި ކޮން މަޖިލީހެއް. އަދިވެސް މުންޑޭ ސޯރުފޮތިކޮޅޭ ކިޔާ ބޮޑެތި ވާހަކަ ދައްކާތި.