ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެން މަޖިލިހަށް ހޮވިވަޑައިގެންނެވި ބޭފުޅުން މިއަދު އެމަނިކުފާނުގެ ކަރަށް ފައިން އަރާފައިވާ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް އެގޮތަށް ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލިހަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ ނުބަލަން މަޖިލީހުގެ އިމްތިޔާޒްގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ. އެ މައްސަލަ ކޮމިޓީން ބޭރުކޮށްލާފައި ވަނީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާ ވެސް އެކުގައެވެ.
އެނގިފައިވާ ގޮތުގައި ގޮތުގައި އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުންނަކީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.\
ބެލެވޭ ގޮތުގައި މީކާއިލްގެ ޓުވީޓު މި އަމާޒު ކުރައްވާފައި މިވަނީ މި ހަތަރު ބޭފުޅުންނަށެވެ.
އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް އެ ކޮމިޓީގެ މުގައްރިރަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. އަދި ކޮމިޓީގެ ނައިބު މުގައްރިރަކީ ވިސާމެވެ.
https://twitter.com/MickailNaseem/status/1401646260071788546?s=20
މީކާއިލް ވިދާޅުވީ ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިވަޑައިގެން، އެންމެ ހާލުގައި އޮންނެވި ދުވަހު ކަރަށް ފައިން އަރަން ހިފާލާނީ ގޮތެއް ފޮތެއް ނެތީމަ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލް ހޯދަން މީކާއިލްގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޓީން ބެލުމަށް ފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވިއެވެ. އޭގެ ބަދަލުގައި ކޮމިޓީން ފާސްވީ، ޒަމީލްގެ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ.
މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހްމަތުކޮށް، އިމްތިޔާޒް ކޮމިޓީ އަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އޭނާ ކަމަށް ވާތީއެވެ. އެގޮތަށް ސޮއި ކުރައްވައި އެންގެވުމަކީ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ރައްޔިތުންގެ މަޖިލީހުން އިއްޔެ ނެރުނު ބަޔާނުގައިވެއެވެ.
ތިހާވަރަށް ނަޝީދުގެ ފޮޓޯ ވިކޭނަމަ ފާއިތުވި ލޯކަން ކައުންސިލްގަ އަނަސް ނުހޮވުނީ ކީއްވެ؟ ގައިމު ނަޝީދު ގޭގޭގަ މޮޕުވެސް އަޅައިދިން؟ ބޯހަމަ ޖެހޭތަ؟
ނަޝީދުގެ ފޮޓޯ މިހާރަކު މީހަކު ނުގަންނާނެ..
ތިޔައީ އަގެއްހުރި ފޮޓޯއެއްނޫން! އޮޅުނީތަ ކޮއިފުޅާ؟
ތިނޯހަކަށް ރޮދިލައްވައިގެންނަމަވެސް މިގޮލާއަނގަފަހާފަބަންދުކު ރަންފެނޭ!!
ހޯހޯ ދޮންކަލޯ .. ނަޝީދުގެފޮޓޯނެތަސް ކޯލިޝަންހަދައިގެން މިސަ ރުގެނައީ. އެހެންނޫނަސް އެއީކީމާ ރީތިފޮޓޯއެއްނޫނޭ ދިވެހިންގަންނާކަށް !!
ކަލޯގެއާ ބުނާކަށް ތިޔަގޮވެނީކީކޭތަ؛ ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ރައްޔިތުންނަށް އޮޅުވައިލައިގެން ރައްޔިތުންގެ ޙައްޤުގައި ތިމަންނާމެން ކޮށްދޭނީ ހެޔޮވެރިކަމެކޭ. އިންސާފު ޤާއިމުކޮށްދޭނަމޭ. ދައުލަތުން ގެއްލު ފައިސާ ރައްޔިތުންނަށް ހޯދައިދޭނަމޭ.
އައްޑު ބޮޑުކާއްޓޭ:
ތޮއްޑުކަރައޭ؛
ކަނޑޫދޫ މިރުހޭ"
ކިޔައިގެން އަގުބޮޑެތިހާ މުދާ ރައްޔިތުންނަށް ހިލޭ ކާންދޭނަމޭ ގޮވީ ތިޔަ ރައިސް ނަޝީދުގެ ފޮޓޯގައި ކަލޯމެން މާރީތި ކުލަތަކުން ރީތިކޮށް ކުލަޖައްސާ ފޮޓޯ ރީތިކޮށްގެންނޫންތަ. ވޯޓުލިބުނީމާ ފާޑުފާޑުގެ ޕެޓިޝަންތައް ނެރެ ނަޝީދު ބޭނުންވާހާ ގޮތަކަށް އެމެމްބަރުންނަށް ބިރުދައްކަމުން މެމްބަރުންލައްވާ މަޖުބޫރުން ވޯޓުލައްވައިގެން ގެންދަނީ. މީ އަހަރެމެން އެކި އަތޮޅުގެ ރައްޔިތުންގެ ވަކީލުންކަމުގައި ހޮވައިގެން ތިބި މީހުންކަން އަހަރެމެންނަށް އެނގޭ. އޮޅުވާލަން އުޅެނީ ކަލޯމެން. އެބައެނގޭތަ. މިއަދު ކަލޯމެން ގަންނަ ގަނޑު ރައްޔިތުންނަށް ފިސާރި ފެންނަމުން ދާތީ ތިޔަބުނާ ފޮޓޯގަނޑގައި ކަޅުކުލަވެސް ހާކާނެ. ކިސަޑުވެސް ޖަހާނެ. މާދަމާ ފައިދަށުލައި ފުޅުބޯޅައެއްހެން ތަޅަމުން ނުގެންދާނެކަމަށްވެސް ހީނުކުރާތި. ނަޝީދަކީ ކާކުކަން ދަންނަ މީހުން އޭނާއަކަށް ވޯޓެއްނުދޭ. އެކަން އެނގުނީ 5000 ގެ އަބާދީއަކުން 1000 ވޯޓު ލިބުނީމާ.
ޢަމައްޔާތް.. އުޅޭ ފާޑެއް ، އިރެއްގައި ފޮޓޯ ވިއްކިޔަސް މިހާރަކު ނެތް ތި ނަޝީދަކަށް ވެސް ތި އެމްޑީޕީ އަކަށްވެސް ތާއީދެއް
އަހަރެން އިބޫއަށް ވޯޓްދިނީ މައުމޫނު ތިކަމުގައި ނިންމި ނިންމުމަށް އިހްތިރާމްކޮށް.
ނަމަވެސް މިހާރު ބޭނުންވަނީ ޔާމީން ވެރިކަމަށް ގެންނަން
ކަލޯ މީކާ! ޞާލިޙްގެ ރޭވުމެއް!
ތިހެން ބުނަންވީ ޕާޓީ ޖަލްސާއެއްގައި. މަޖިލިހުގައި ތިހެން ބުނީމާ ހީވަނީ ހުރހާ ރައްޔިތުން ވޯޓްދިނީ އައްނި މާމޮޅު މީހެއްކަމަށް ދެކިގެންހެން.
އައްނި ބުނެގެން ވޯޓްދޭނީ މޑޕ މީހުން އެކަނި. އަދި ެމީހުން އެކަނި ވޯޓްދީގެން ނުވެސް ހޮވޭނެ.
އިބޫ ހޮވުނީ ގާސިމް މައުމޫން އަދި އިމްރާންވެސް ބުނެގެން ބަޔަކު ދިން ވޯޓަކުން.
މިތަނުން އެކަކު މަދުވި ނަމަވެސް ޔާމީން ހޮވުނީސް. އެކަން އިނގޭނެ ނަތީޖާއިން.
ވީމާ ދުފާއެއްޗިއްސޭ ފަޅޮލޭ ނުކިޔައި ހުރޭ.
ރައްޔިތުންގެ ކަރަށް ފައިން އެރުމަށްވުރެ ތިގޮތް މާ ރަގަޅުވާނެ!
ބްރޯ، މަނިކުފާނު ޅަވާނޭ. ތިޔައީ މައުމޫނިޒަމްގައި ދައްކާކަހަލަވާހަކަ. ތިޔަކަހަލަވާހަކަ ޑިމޮކްރަސީއާއި ނުގުޅޭ، އަޅެފަހެ ނަށީދަކީ ސްފްރީމް ލީޑަރ އާޔަތުލާތަ!
މީކާއީލު ތިޔަ އުޅެނީ އޮޅިގެން.. ނަޝީދު ނިކުތްނަމަ ބޮޑު ކޯލިޝަން އެމްޑީޕީ ފަޅިއަށް ނޭރީސް. އެމީހުން ނެތްނަމަ ވެރިކަމެއް ނުލިބޭނެ އެމްޑީޕީއަކަށް.. އެހެންވެ އަހަރެމެން މި ކިޔަނީ ޔާމީނު ހެދި އެންމެ ބޮޑު މިސްޓޭކަކީ ނަޝީދަށް އިންތިޚާބުގަ ވާދަނުކުރެވޭ ގޮތް ހެދުމޭ.. ނަޝީދު ތިހާ މޮޅިއްޠާ ހޮވިބަލަ އެކަނި ނިކުމެގެން..މަޖިލީހަށް ވެސް ކިރިޔަ ކިރިޔާ ހޮވުނީ.. ތިޔައީ މާޒީއޭ
މީކާއިލްލަ އެގޭތޯ ރައިސް ނަޝީދު ދިވެހިންގެ ކަރައް ފައިން އަރާފިކަން.
މީއަދިކާކު އަނގަފުޅާކޮށް ވާހަކަދައްކަން. ކަލޭ އަންނި މީ މުސްލިމް ގައުމެއްނޫނޭ ބުންޏަސް އަތްޖަހާފަ ސަޕޯޓްކުރާނަން ދޯ ކަލޭގެ ކޭމްޕޭން ފޮޓޯގެ އަރިމަތީގައި އަންނިފޮޓޯ އިންކަމަށްޓަކާ. ކަލޭވެސް ރަނގަޅުވާނީ އަނގަނުތަޅާ މަޑުން އިނިއްޔާ ގާނޫނު ނޭނގޭއިރު. އަޅުގަނޑުމެން ސެލިއުޓް ކުރަން އަންނިގެ ބުއްދިހަމަނުޖެހޭ ހުށަހެޅުމާއި ދެކޮޅަށް ވޯޓްދެއްވި އެމްޑީޕީ މެންބަރުންނަށް.
ތިޔަބޭފުޅާ އަށް ވޯޓު ދިނީ ނަސީދު ކިޔާމީހެއްގެ ފޮޓޯއަށް ބަލާފަ ކަމަށް ތިބޭފުޅާ އަށް ފެންނަ ކަމަށް ތިބޭފުޅާ ސިފަ ކު ރާނަމަ ތިބޭފުޅާ ތި މަސައްކަތް ކު ރަނި ހަމަ ބަ ރާ ބަ ރަށް ކޮވިޑުގެ މިހާލަތުގަ ދާއި ރާ ގެ ކިތަށް ގެޔަށް ތޯ ހާލުބަލާލަން ގުޅާލީ ގި ރުވާން ކޮޅަށް ޖަހާފަ އަނގަޔަށް ބާ ރުލާފަ ކަ ރަށް ނާ ރު އަ ރާ ވަ ރަށް ހަޅޭއް ލެވި އަކަސް ކަމަކު ނުދާނެ
މިސޮރު ހާދަ ދެރަވެފައި މިހިރީ! އެހެންހަދާކަށް ނުވާނެ!
ފޮޓޯ ވިއްކައިގެން ވޯޓުލާކަމެއް ނުދެނެހުރިން އަގެއްނެތް މީހެއްގެ ފޮޓޯ ރައްކާކޮތްގެން ވާނެ މޮޅެއްވެސް ނެތް މަނިކުފާނުވެސް ތިހުންނެވީ ހިނދުކޮޅުގަ ދެއްތޯ؟އަހަރެމެން ރަށުގަވެސް އުޅޭނެ ޓިންޓިން ކިޔާމޮޔައެއް ތިމީހާގެ ފޮޓޯއަށް ބަލައިގެން ހު ރެ "ތީޒައީމޭ" މިިލަވަ ކިޔާ...
މީކާއީލު، ކަލޭ މަޖިލީހަށް ހޮވާފަ ތިހުރީ ވަކި މީހަކު ހިމާޔަތް ކުރަންތަ؟ ކަލޭ ލަދެއްނުގަނޭތަ، އަންނި ހިމާޔަތް ކުރާކަށް ނޫން ކަލޭމެން މަޖިލިހަށް ހޮވާފަ ތި ތިބީކީ. އޮޅިގެން ނޫޅެބަލަ
މިސޮރު ގިތެޔޮމިރުހެއް ދީފައި މީގައި ލާނީ ފޮނިރަހަޔޭ ބުންނީމާ ވަގުތުން ކާލާނެ މިވަރު ބުރާންތި ސޮރެއް އަންނި މާމޮޅު މީހަކަށް ވެގެން ތިއުޅެނީ މިޤައުމަށް ދެވުނު ގެއްލުން އަދިވެސް މަދީބާ ތިކަހަލަ ހޮޅި ވާހަކަ ނުދައްކާ އަގަ މައިތިރި ކޮށްގެން ހުރެވޭތޯބަލާ ދައުރު ނިމެން ދެން ކަލެއަށް ގަލޮޅު މީހުންނަށް ކޮށްދެވުނު ކަންތަ މާގިނަ ދެންހޯހޯ