ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި މިދިޔަ މަހު އެޑްމިޓްކުރި މީހުންގެ 93 އިންސައްތަ މީހުންނަކީ ވެކްސިނުގެ ދެވަނަ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުން ކަމަށްް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
މިދިޔަ މޭމަހުން ފެށިގެން އެމަހުގެ ނިޔަލަށް 725 މީހަކަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދީފައިވާކަމަށާއި، މީގެ ތެރެއިން 718 މީހުން ފަރުވާއަށް ފަހު ދޫކޮށްލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުނު މީހުންގެ ބޮޑު އިންސައްތައަކީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންކަމަށެވެ.
"މިދިޔަމަހު މެޑިކަލް ފެސިލިޓީގައި ފަރުވާދިން އަދަދުގައި ހިމެނޭ އޭޕްރިލް މަހުން ފެށިގެން އެޑްމިޓްކޮށް ފަރުވާދޭ މީހުންނެވެ. މޭ މަހު ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާހޯދި މީހުންގެ %93 އަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުން." މަބްރޫކް ވިދާޅުވިއެވެ.
ވެކްސިން ޖެހޭ އުމުރުން %39 މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.
ރާއްޖޭގައި ގިނަ ބަޔަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރެވިފައި ވަނީ އިންޑިއާ އިން އުފައްދާ ކޮވިޝީލްޑް ވެކްސިން ރާއްޖެ އިން ހުސްވެފައި ވުމުންނެވެ. ކޮވިޝީލްޑް ވެކްސިންގެ އެއް ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖެހި މިހާރު ވެސް ލައްކައަކަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެމީހުންނަށް ބޭނުންވާ ވެކްސިން ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެއެވެ.
އިއްޔެ ކޮވިޑަށް ފައްސިވެފައި ވަނީ 412 މީހުންނެވެ. ފައްސިވި މީހުންގެ ތެރެއިން 239 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 162 މީހުން އަދި ރިސޯޓްތަކުން އިތުރު 11 މީހުން ވަނީ ފައްސިވެފައެވެ.
އިއްޔެ ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 5082 މީހުންނެވެ. ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %8 މީހުންނެވެ. މިއީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.
މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 166 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
އަޅެފަހެ އެތަނައް ގެންދަނީ ކޮންމެވެސް ސަބަބަކާހުރެ ބަލިވީމަ ނޫންތަ؟
އެތަނުން ކޮއްދޭންޖެހޭ ކަމެއް ނޯވޭބާ؟
ތީ ބަޔަކު ޖަހައިދިނީމަ ޖެހޭ އެއްޗެއް ދެ ޑޯޒް އަމިއްޔަޔަށް ޖެހޭނަމަ އަހަރަމެން ތިބޭނީ ދެ ޑޯޒް ޖަހައިގެން ހީވަނީ ބަޔަކު އެކަން ނުކޮށްގެން އުޅޭ ހެން ކޮވިސީލްޑް ދެ ވަނަ ޑޯޒް ޖަހަން ބަޔަކު ކުރާ އާދޭސް އެނގޭތަ
ވެކްސިން ފުރިހަމަނުވެ އޮތީ އެމީހުންގެ މައްސަލައަކުންތޯ ނުވަތަ ވެކްސިން ދޭން ޒިންމާވާ ފަރާތުގެ މައްސަލައަކުންތޯ؟ މިއީ އެނގެންޖެހޭ ކަމެއް.
ދެވަނަ ޑޯޒް ފުރިހަމަ ކުރާނީ ކިހިނެއްތަ. ފުރަތަމަ ޑޯޒް ގެނައިގޮތައް ދެވަނަ ދޯޒްގެންނަން އިނގުނީކީ ނޫން ވިއްޔަ މަވެސް ދެވަނަ ޑޯޒްއެއް ނުޖަހަން ނެތްއެއްޗެއް ނުޖެހޭނެތާ ދޯ.....
ނެތެންނު، އެއްޑޯޒް ޖަހައިގެން ، އަނެއްޑޯޒް ކޮބާ
ވެކްސިން ފު ރިހަމަ ވުމަކީ ދެ ޑޯޒު ޖަހައި 2 ހަފްތާ ވުން. ވެކްސިން ނެތިގެން ލައްކައެއްހާ މީހުން ވެކްސިން ނުޖެހި އެތިބީ! ވެކްސިން ޖަހާށޭ ކިޔާފަ މޮޅު ވާހަކަ ނުދައްކަ ކޮވިޝީލްޑް ޖެހިމިހުންގެ ދެވަނަ ޑޯޒުޖަހަން ވެކްސިން ގެނެބަލަ. ނުޖަހާ ވާހަކަދައްކަން ސަ ރުކާ ރުން ލަދުގަންނަން ޖެހޭ!!
ދެވަނަ ޑޯޒް ( ކޮވިސީޑް ވެކްސިން ) ނުޖެހި ތިބޭތާ ދެމަސްވަނީ މީ ރައްޔަތުމީހާގެ ފަރުވާކުޑަ ވުންތޯ ނޫނީ ސަރުކާރުން ކުޅުވާ ޑްރާމާ އެއްތޯ؟ ނިޔާވި ކިތައްމީހުންތޯ ކޮވިސީޑް ވެކްސިން ދެވަނަ ޑޯޒް ނުލިބި ދިޔައީ ކީއްވެބާ ނުބަލަނީ؟
ރާއްޖެއަކީ ބިނާކުރުވަނިވިގޮތެއްގައި ތަފާސްހިސާބު ބަލަހައްޓާ ތަނެއްނޫން. އެހެންވީމާ ދިރާސާއަކަށް ވިޔަސް ނުވަތަ ބަޔަކަށް މަޢުލޫމާތު ދޭންވިޔަސް ހަވާލާދޭނެ އޮއްޓަރެއްހުރި ތަފާސްހިސާބެއް ނުހުންނާނެ.
ވެކްސިން ލިބެން ހުރިތޯ ސަރުކާރާ ސުވާލްކޮށް ބަލަ. މީހުންނަށް އޮޅޭގޮތަށް މައުލޫމާތު ނުދޭށޭ ސަރުކާރުގާތު ބުނޭ. ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖެހި ކިތަށް މީހުން މާލެއާއި ރާއްޖެތެރޭގަ އެބަތިބިތޯ. މީގެ ރަގަޅު ހިސާބު އަކުރުތައް ދިނުމަށް އެޗްޕީއޭގަ ދިނުމަށް ވަގުތު ނޫހުން އެދިލައްވަ ބައްލަވަ. ދެވަނަ ޑޯޒް ވަކިދުވަހެއްގެ ކުރިން ޖަހަން އޮވޭތޯ އަހާބަލަ. ނުޖެހިއްޖެނަމަ ދެންވާނީ ކިހިނެއްތޯ ސުވާލްކޮށްފަ މައުލޫމާތު ގެނެސްދިނުން ކިހިނެއްތޯ؟ އެބުނާ ކޮވިޝީލްޑް ވެކްސިން ލިބެނީ ކޮންދުވަހަކުންތޯ ވެސް އަހާބަލަ.