ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލުމުން އެމްޑީޕީގެ "އެތެރެ ގުޑައި" ބޮޑު ކޯޅުމެއް ފަށައިފިއެވެ.
މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަކީ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
އެއީ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ފެށި އިންކުއަރީއަށް ސިފައިންގެ 40 މީހަކު ވަކިވަކިން ހާޒިރު ކުރަން އެމްއެންޑީއެފްގައި އެދުމުން އެކަން ނުވާނެ ކަމަށް އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.
އެކަމަކު ރޭގެ ވަގުތެއްގައި ބޭއްވި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި ފާސްވީ އެ މައްސަލަ ބޭރުކޮށްލުމަށެވެ. ޖުމްހޫރީ ޕާޓީގެ މެންބަރު، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓު ދެއްވިއެވެ.
ވޯޓު ދެއްވި ހަތަރު މެންބަރުންނަށް މީސް މީޑިއާގައި ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ވޯޓު ދެއްވި މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.
މުޅި އެމްޑީޕީ ލަދުގަންނަވާލި ހަރާން ކޯރުން😡😡 pic.twitter.com/BbrNEbGfSE
— HeraigeyMary🇲🇻 (@HeraigeyMary) June 6, 2021
މި ހަތަރު މެންބަރުންނަށް ލޮބީ ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޅިޔަނު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށްވެއެވެ. މީސް މީޑިއާގައި ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުން ގެންދަނީ ބިގޭއަށް ވެސް ފާޑުކިއުން އަމާޒު ކުރަމުންނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވި ގޮތުގައި، މަޖިލީހަށް އިންތިޚާބުވި އެމްޑީޕީގެ މެންބަރުންނަކީ ރައީސް ނަޝީދުގެ ފޮޓޯފުޅު އިޝްތިހާރު ކޮށްގެން މަޖިލީހަށް ވަޑައިގަތް މެންބަރުން ކަމަށެވެ. އަދި އެ މެންބަރުންގެ ގޮތެއް ފޮތެއް ނެތް ކަމުގައި މީކާއީލް ސިފަ ކުރެއްވިއެވެ.
https://twitter.com/MickailNaseem/status/1401646260071788546?s=20
މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ބަޣާވާތް ކޮށްފައި ތިބި ބައެއްގެ މަޅީގައި ޖެހި،" ބަޔަކު "ބައިއަތު ހިފަނީ" ކަމަށެވެ. އިންތިޚާބަކާ ޖެހުމުން އަރިމަތީގައި ނަޝީދުގެ ފޮޓޯއެއް ހުންނަވާއިރު، އިންތިޚާބު ނިމިގެން އެމަނިކުފާނަށް ގެއްލުންވާ ގޮތަށް ނިންމާނީ ލަދު ހަޔާތެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުލް ސައްތާރު ވެސް ވަނީ ބިގޭއަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ. ނާޒިމް ވިދާޅުވީ، ކޮންމެ އިންތިޚާބަކާ ދިމާކޮށް ބިގޭ އަލިފުއްޓަށް ވަޑައިގަންނަވަނީ ނަޝީދުގެ އާއިލާ ބޭފުޅުންނާ ވެސް އެކުގައި ކަމަށެވެ.
https://twitter.com/nazimsat/status/1401764918970384387?s=20
އެކަމަކު ރައީސް ނަޝީދަށް އެންމެ ބޭނުންވި ދުވަހު ބިގޭ ޣައްދާރު ވެފައިވާ ކަމަށް ވެސް ނާޒިމް ލިޔުއްވާފައިވެއެވެ. ނާޒިމް ވަނީ ބިގޭ އާއި ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅުގެ ފޮޓޯއެއް ވެސް ޓްވިޓާގައި ޚިއްސާ ކުރައްވައިފައެވެ.
ވިލިމާލެ ދާއިރާގެ ކުރީގެ ކައުންސިލަރު ހަމްނާ ވަހީދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ ވެރިކަމުގެ މަތީ ފަޑިއަށް އަލަށް އެރުމުން ބަޔަކު އުޅެމުންދާ މި ގޮތަކީ "ޗީޑި" ގޮތެއް ކަމަށެވެ. ހަމްނާ ވެސް އިޝާރާތް ކުރެއްވީ ރައީސް ސޯލިހަށް ކަމަށް ބެލެވެއެވެ.
ނޫނޭވާ! ހަމަ ސަހަރޯ! ވެރިކަމުގެ މަތީފަޑިއަށް އަލަށް އެރުނީމަ މިތިބަ ތެޅިބާލާ ގޮތެއްދޯ؟ ޗީޑި!!!
— Hamna Waheed 🇲🇻 (@HamWahydd) June 7, 2021
ގިނަ ބަޔެއްގެ ފާޑުކިއުން ޑިފެންސް މިނިސްޓަރު މާރިޔާއަށް ވެސް ދަނީ އަމާޒުވަމުންނެވެ. މިނިސްޓަރު މާރިޔާގެ އިސްތިއުފާގެ އަޑުތައް ވެސް ގަދައެވެ. މި އަޑުތައް ގަދަވެފައި ވަނީ ވެސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލުމުގައި މާރިޔާގެ އިހުމާލެއް އޮންނަ ކަމުގައެވެ.
އެއީ މާރިޔާއަށް މާ ކުރިން ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ލިބިފައި އޮތުމެވެ. މާރިޔާއަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ފޯނުން ގުޅުއްވައި މި މައުލޫމާތު ދެއްވިއެވެ. އެކަމަކު އެއާ ގުޅިގެން މާ ބޮޑު ފިޔަވަޅެއް ނޭޅިއިރު ފުލުހުންގެ އިންޓެލިޖެންސަކަށް އެ މައުލޫމާތު ޚިއްސާއެއް ނުކުރެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސް އެފް ގްރޫޕްގައި ވެސް ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އަރިސް ބޭފުޅުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
މީކާއިލް އެވެ ކަލޭ އަނގަ ފުޅާ ކުރުމުގެ ކުރިން ވާނުވާ އިނގެން އެބަޖެހޭ.
ތިނަދޫ މެމްބަރަކީ ދީނާއި ގާނޫުނާއި އަދި ވަކިމީހަކަށްޓަކަޢި މުޅި ގައުމާއި ސިސްޓަމް ފުނޑާލާނެ މީހެއްނޫން.
އެއީ ދީންވެރި ހެޔޮލަފާ އަދި އިދިކޮޅު ޕޕމ މީހުންނަށްވެސް ފަސޭހައިން ގޮސް ކަންކަމުގައި ވާހަކަދައްކައި ހިޔާލު ބަދަލުކޮށްލެވޭ ވަރުގެ ހިތްތިރި މީހުންނާއި ގުޅޭ މީހެއް.
ބޭސިކަލީ ހީ އިޒް ނޮޓް އަ ޕަޕެޓް.
ﷲގެ ކުޅަދުން ވަންތަކަން ނިކަން ދެކެބަލަ، ނުހައްގުން މަކަރާހީލަތުން މި ޤައުމުގެ ވެރިކަމަށް އައިސް ތިބި މި އެމްޑީޕީ ﷲ ގެ ރަޙުމަތުން އެދަނީ ފަލީޙަތްވެ ބައިބައިވަމުން. ޔާ ﷲ މި ނުލަފާ މަކަރު ވެރި އެމްޑީޕީ ބައިގަންޑުގެ ކިބައިން މި ޤައުމާ ރައްޔަތުން ސަލާމަތް ކޮށް ދެއްވާ މިޤައުމުގާ ބަންގީގެ އަޑު ގަދަ ކޮށްދެއްވާން ދޭވެ، " އާމީން "
އާމީން
ސާބަހޭ ސާބަހޭ
ތިޔަހެދީ ހަމަރަނގަޅަށް މިހާރު އެއްޗެއް ވިސްނޭނެތޯއްޗެ!!!
ނަޝީދަކީ އޮއްސިފައި ހުރި ތަރިއެއް. މޑޕ އަށް ބޭނުންވަނީ އައު ޒުވާން ލީޑަރޝިޕެއް.
އޭނާގެ ފަހަތުން ރާއްޖޭގެ ސިޔާސީ ކަންކަން އިނގޭ ބަޔަކު ނޫޅޭނެ.
މައުމޫނާއި އެކު މީހުން ތިބޭނެ، ދީންވެރި އިލްމީ ހިދުމަތްތެރިއެއް.
ގާސިމްއާއި އެކުތިބޭނެ...މުއސަނދި ، ހިތްހެޔޮ މީހެއް
ނަމަވެސް އައްނިއާއި އެކު އަބަދު މަގުމަތީ ސަކަރާތް ޖަހަން އުޅެވޭނެނަމަ ރީކޯ ހުރީސް.
މައުމޫން އަދި ޤާސިމް މިއީ ހަމަސީދާ ގައްދާރުން މިޤައުމަށާއި ރައްޔިތުންނަށް ހެޔޮއެދޭ ދެމީހުންނެއްނޫންއެއީ އެމީހުން ހެޔޮއެދޭނަމަ ޤައުމު މިހާރު އަޅުވެތިކުރުމުގެ ގޮތުން ކުރަމުން ގެންދާ ކަންކަމާގުޅިގެން ކޮންމެވެސް ބަހެއްބުނެފިސް އެހެންވީމާ އެމީހުންވެސް ބައިވެރިވެގެން މިހާރު މިޤައުމު އިންޑިޔާގެ ބާރުގެދަށަށް ގެންދިއުމުގެ ފުރުޞަތު ފަހިވެފަމިއޮތީ އަދި މިގައްދާރުންތައްވެސް ރައްޔިތުންގެ ފައިދޮށަށް ސަލާން ޖަހަން އަންނާނެ އެދުވަހަކުން ވާނެ ރަނގަޅަށް ކޮޅުދޮށުންދޭން
ބޭނުން ވަނީ އެންމެ ކަމެކެވެ. ޢެއީ ވެރި ކަމެވެ.
މިވަނީ ކިހިނެތް؟ ކޮން ބައެއް ކޮންބައެއް މިގޯސް ކުރަނީ؟ މިވެގެން އުޅޭ ގޮތުގެ ހަޤީޤަތް އެގުން ވަރަށް މުހިމްމު. އިންތިޒާރު ކުރަން އެދުވަހަކަށް.
މާޅެއިން ނަސީދު ގެ ފޮޓޯ ހިފައިގެން
ބަޔަކު ނިކުތަސް އަތޮޅުތަކުން އިންތިހާބުވީ ކެންޑުޑޭޓުންގެ އަމިއްޅަ ބާ ރުގަ. އޮޅިގެން ތިޔަ އުޅެނީ.
ހު ރިހާ ކަމެއް ފެއިލް ރައްޔިތުން ބިކަވެއްޖެ.
ޞަދޫމްގެ ޕޮމްޕޭގެ ރައްޔިތުން ދިވެހިރާއްޖެ ޙިޞާރުކޮށްފި. ގާނޫނުތައް އެފުށް މިފުށަށް ޖަހައިފި. ގާނޫނުތައް ހަދަން ވާނީ އިސްލާމް ދީނުގެ އެއްވެސް އަސާސްއަކާއި ތައާރުޒް ނުވާ ގޮތަށް ކަމަށް ޤާނޫނުގައި ބުނެފައިވާ ބުނުމަށް ގޮންޖަހައި ފަނާކުރެވިގެން ދިޔަ ޞަދޫމްގެ އާދަކާދަތައް ރާއްޖޭގެ ޤާނޫނަކަށް ހަދައިފި. އެއްޖިންސުން ގުޅުން ހިންގުމަކީ ޙަރާމް ކަމެއް ކަމުގައި ޤަބޫލު ކުރުން އަދި އެކަމަށް ދެކޮޅު ހެދުމާއި އިސްލާމް ދީނަށް ނަޞްރު ދިނުމާއި އިސްލާމް ދީން އުނގެނި އުނގަންނައިދިނުން އެއީ ޤާނޫނުގައި އަދަބު ކަނޑައެޅިގެންވާ ކުށްތައް ކަމުގައި ރާއްޖޭގެ ޤާނޫނު އަސާސީގައި ލިޔެފި. އެއްޖިންސުން ގުޅުން ހިންގުމަށް ތާއީދު ކުރުމަށް، ހުއްދަ ކުރުމަށް ހިތްވަރުދީ ބާރު އަޅަން ފަށައިފި. ހުރިހައި ބާތިލް ދީންތަކެއް ރާއްޖޭގައި އޮންނަން ތާއީދުކޮށް ހުއްދަކުރަން ވަރަށް ފާޅުކޮށް އަޑުހަރުކޮށް ސިއްކަ ކެރަފާ ކެނަރީގޭ ހާޖަރާގޭ ނަޝީދުއާއި އޭނާގެ އާއިލާ ގޮވަން ފަށައިފި.
އަހަރެންގެ ނަޒަރުގައި ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވުމުގެ މާނައަކީ ނަޝީދު ބުނާހާ ގޮތެއް ހެދުން ކަމުގައި ދޭހަވާ ޒާތަށް ވާހަކަ ދައްކާ މީހުންގެ ހުތުރުކަމާއި މުޑުދާރުކަން މާ ބޮޑު...ރައްޔިތުން ހޮވަނީ ނަޝީދު ބުނާހާ ގޮތެއް ހަދާކަށް ނޫން...ރައްޔިތުން ހޮވަނީ ހައްގަށް މަސައްކަތް ކުރަން...ނަޝީދަކަސް އިންފާރު މަތިން ފުމެންޏާ ކުރަން ޖެހޭ އިހްތިރާމެއް ނޯންނާނެ...ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ވިޔަސް ކަން ކަން ކުރަން ވާނީ ހަމަޔާއި އުސޫލުގެ ތެރެއިން....މަޖްލިސް އެއީ އެންމެ މޮޅު އެންމެ އެނގޭ މީހުން ކަމަށް ހެދިގެން ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމާއި ދިފާއީ ބާރުގެ ކަންކަމާ ކުޅުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން ބަލާގަނެވޭނެ ކަމެއް ނޫން....ރައްޔިތުން ގެ މަޖްލިސް އަށް ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުންވެސް އެއީ ސަލާމަތް ބުއްދި ގަބޫލު ކުރާ އުސޫލާ ފުށުއަރާ ކަމެއް...މަޖްލިސް ގެ ހަގީގީ ބޭނުމާއި މަގްސަދު އޮޅި ސަރުކާރުގެ ޒިންމާތައް ފޭރެން އުޅުމަކީ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގަ ބޭނުން ކަމަށް ބެލެވިދާނެ...މަޖްލިސް އަށް ރައީސުލް ޖުމްހޫރިއްޔާ ހާޒިރުކޮށް ސުވާލު ކުރެވިދާނެ ކަމަށް ދެކެން...ވަޒީރުންނާއި މުއައްސަސާތަކުގެ ކަންކަން ގޯސްކޮށް ދާނަމަ ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާއެއް އެއީ އެކަން ކަން ބަލާ ހައްލު ކުރުން....މަޖްލިސް އާއި ބެހޭ ކަމެއް ނޫން އެއީ...
މީދޯ ޝިޔާމާއި ޖައްސައިލަގެން މިއުޅުނުކަމަކީ ﷲ ކުޅަދުންވަންތަކަމާއެވެ. ގިނައިރުތަކެއްނުވެ ސޯޓްބޭލުނީއެވެ. ރައީސް އިބޫ ކޮޅުވަރުގަދަވެ ނަޝިދުގެ ކޮޅު ބަލިވެއްޖެއެވެ. މިހާރު މީކާއިލަށް ފެނިއްޖެދޯ ޝިޔާމް މަޖިލިހަށް ދިޔައީ ސޯލިހުބުނެގެންކަން ދެން ސަލާމް.
ހުރިހާ ކަމެއް ހިތުހުރިހާ ގޮތަކަށް ޒާތީވެ ތިބެ ޕޮރޮފެޝަނަލް ގޮތްތައް ދޫކޮށް އަދަބު ވެރިކަން ވެސް ދޫކޮށް ކެހިދުނުމުގެ ވިސްނުމުގައި އެމް.ޑީ.ޕީ.ގެ ސިޔާސަތު އެނބުރެއް ފެށީމާ ވާނެގޮތް މިވަނީ؟
އެމްޑީޕީގަ މިއުޅެނީ ނަޝީދުގެ އަޅުން ދޯ
ނަޝީދު ބޭނުންވާހާ ގޮތަކަށް ވާކަށް ނުޖެހޭ! މަޖުލިސް މެމްބަރުން ހޮވާފައިތިބީ ވަކިވީހަކު ބޭނުންވާ ގޮތަކަށް މަސައްކަތް ކުރާކަށް ނޫން.
ޢައްދާރޭ ބަނޑޭ ކިޔާނެކަމެއްނެތް... ވަފާތެރިވާންވީ ޤައުމަށް. ހުރުމަތްތެރިކޮށް ހިތަންވީ ޤާނޫނަށް.. ނަޝީދު ފޮޓޯ އަކީ މިހާރު މި ޤައުމުގެ ހިސްޓްރީ ފިއުޗަރ އެއްނޫން
ނަޝީދު އެކަންޏޭ މިގައުމުގަ އުޅެންވީ ދެން އޭނާގެ ދަށުގަ މޑޕ ދެން ބަކީ ހުސް އަޅުން.
ސަހަރޯ މި ތިބީ ފައިނަލް މެޗް ބަލަން ކެތްމަދުވެފަ
ހު ރިހާ ނިކަމެތިކަމެއް ލިބެނީ އާއްމު ރައްޔިތުންނަށް،،،،މައުމޫނުގެ 30 އަހަރުވެސް މިއަށްވު ރެ ބޮލައްފަސޭހަ،،،،،،ޕެ ރެޑައިސް ގެ އެތެ ރެ ދަނީކަޅުވަމުން،،،، ރައިއިތުން ކުލަތަކާ ޕާޓީތަކުން ދު ރުވެ، ރައިއިތުން ގެ ހައްގުތައް ހޯދަންއަޑު އުފުލަންވީ،،،،،5އަހަ ރު ނިމުނީމަ ވެ ރިކަން ކު ރަން އާ ޒުވާން ގާބިލު ފަ ރާތްތަކައް ފު ރުސަތު ދޭންވީ،،،،،ރާއްޖެ ދަނީ ދުވަހުންދުވަހަށް ފަހަތަ،،،،،ރައިއިތުން ބިކަވެ ހަނާވަނީ،،،،ޒުވާނުން މަގުމަތީ ގަ ލެއިކޯ ރު ތެޜޭ،،،،ގައުމު ހިންގުވަނީ ބިދޭސިން ،،، ރައިއިތުންނޭ ހޭއަ ރާކަށްނުވޭތަ؟🤔
ކޮންމެ މީހަކީވެސް މިނިވަނެކެވެ. އަނެކާގެ އަޅެއް ނޫނެވެ. ކޮންމެ ބަޔަކަށްވެސް އިންތަކެއް ވެއެވެ. އިންތައް ފަހަނައަޅާ ދިއުމުގެ ޙައްގެއް އެކަކަށްވެސް ލިބިގެނެއްނުވެއެވެ. ޚިޔާލު ތަފާތުވެއްޖެނަމަ މަޝްވަރާ ކުރާށެވެ. މިގޮތުން ހައްލު ނުލިބެއްޖެނަމަ ޝަރުޢީ މަރުހަކާ އިޚްތިޔާރު ކުރާށެވެ. ނެތިމޮށުމާއި ޤީބަބުނުމުގެ ނަތީޖާއަކަށްވަނީ މުޖުތަމައު ފަސާދަވުމެވެ.
ތިހިރަދަނީ ރަނގަޅަށް. ކެކެ
ތިޔައީ އަދި މާބޮޑުވެގެން އުޅެންޖެހޭ ކަމެއްނޫން! ތީބިޔަކުނަމަ އިސްކުރާނީ ގައުމަށް ދިމާވެފައި މިއޮތް ވަބާއިން ރައްޔިތުން ސަލާމަތް ކުރަން!
ނަޝީދާ ނުކުޅޭތި
އިބޫއަ ނުކުޅޭތި
ގާނޫނީގޮތުން ޒިންމާ އަދާކުރުމަކީ އެއީ އެމީހުން ޢައްދާރުވީކަމަށް ނުބެލެވޭނެ.. ނަޝީދު އެދޭހާގޮތަށް މިގައުމު ބައްޓަންކުރުމަކީ ބޮޑު ނުރައްކަލެއްގެ ފެށުން.. މީނާގެ ކިބައިން ގައުމު ސަލާމަތްކުރަން އެބަޖެހޭ.. މީ ވަރުަގަދަ އަތާތުރެއް..
ގެއްލުން ލިބުނީ ނަޝީދައް އެކައްޏެއްނޫން.. ގެއްލުނު މީހުން މަރުވި މީހުންގެ މައްސަލަ ކީއްވެ އެކަންކަން ނުބެލި މި ބަލާވިރަކަމުގެ ކަން ކަން ބެލެންވީ..؟
މީނާއާއި ހެދި ގައުމު ހަލާކުވެ ފުޑެނީ.. އެންމެ މިކަމަށް ވިސްނާހާ ހިސާބަ ކަންކަން ގޯސްވެއްޖެ..ނޫންތޯ ؟
ކުރީގެ ތުރުކީއަށް ވެސް މިކަހަލަ ވަބާއެއް ކުރިމަތިވި.. އަދިވެސް އެއުޅެނީ އެކަމުން އަދިވެސް ސަލާމަތް ނުވޭ..! މިގައުމު އެހާލަތަށް ވެއްޓިޔަ ދީގެން ނުވާނެ..! ދޮއްތޯ؟
މިިިީއްކޯ ކަލެއައް ވަާނުވަާ އެގެން ވެއްޖެ މަޖިލިސް މެމްބަ ރުންނަކި ރައްޔިތުންނަާއި ގަުމުގެ ހައްގުގަ މަސައްކަތް ކު ރަން ތިބި ބައެއް
ދެން މިވާގޮތުން އިދިކޮޅު ޕާޓީއަކިވެސް އެމްޑިޕީތާ
ހަމައާއި އިންސާފު ގަބޫލުކުރާ އެއްވެސް މެމްބަރެއް ކެނެރީގޭ ލާދީނީ ނަޝީދަކަށް ބޯނުލަނބާނެ ރައްޔިތުންގެ މަޖިހަކީ ކެނެރީގޭ ބަދިގެއެއް ނޫން އެތަނަކީ ރައްޔިތުންގެ މަޖިލިސް އެތަނުގައި ހިނގަން ޖެހޭނީ ރައްޔިތުންގެ ބަސް މާދެން ކަންތައް މައްޗަށް އަރައިގެން ތިމާމެންގެ އަމިއްލަ ތަރިކަ މުދާކަމަށް ހަދައިގެން ކެރެފާ އާއިލާ ތެޅޭނެ ކަމެއްނެއް މިއީ ކެނެރީގެ ނަޝީދުގެ އަމިއްލަ ގައުމެއްނޫން މިއީ ދިވެހިރާއްޖޭގެ ހުރިޙާ ރައްޔިތުންގެ ގައުމެއް ހައްގެއް
މޑޕގެ ރޫޅި ބިތު ފަންގި ނެގި އެތިގަނޑު ހާމަވާން ފަށާއިފިއެވެ މޑޕ ގެ ހަގީގީ ސޫ ރަ އެޕާޓީގެ ގިނަ މެންބަ ރުންނަށް ކު ރިން އޮތީ ފޮ ރުވިފައެވެ މަކަ ރާއި ހީލަތުގެ
ބިންގަލުގައި ކު ރާ އިމާ ރާތް ދާދި އަވަހަށް އަ ރިވެ ފޮ ރޮޅާ ލާނެއެވެ.
މިހާރުތީ ރައްޔިތުންގެމަޖްލިސްއެއްނޫންތާ ޑިކްޓޭޓަރ ނަސީގު ހިމާޔަތުގަ ހިންގާމަޖުލީހެއްތާ
ނަސީދުބޭނުންވާހާގޮތަށް ވޯޓުލާކައް ނުޖެހޭ
ފަހު ތަޅާލުމައް ދަނީ ދަޯ! ކެކެ
ޤާނޫނުގައި އޮތްގޮތައް ދިޔައީމަ ރަނގަޅުވާނެ،ޜައީސް ޔާމީނުގެ ވެ ރި ކަމުގައި މަޖިލީހުގައި ތިބި ބަޔަކު ޤްއުމު ހަލަބޮލި ކު ރި ، މިހާރުވެސް ހަމަ އޭތި ،ޤާނޫނުއެއް ނުލިޔެވޭނެ ވާންހު ރި ކަންތައް ނޭންގެންޏަކާ، އެހެންވީމާ އަބަދުވެސް މިކިޔަނީ ޤު ރުއާން އަށް ޢަމަލު ކު ރާށޭ އެއީ ވާންހު ރި ހު ރިހާ ކަމެއް އެނގޭ ފަ ރާތަކުން ލިޔެފައި އޮތް ޤާނޫނެއް
ޤައުމަަމައްވެސް ގުޑުން އަރަނީ އަޅުވެތި ވަނީ
އަހެންވެއޭ މިބުނަނީ. މޑޕ ގައި އުޅޭނި ލާދީނީ އަންނިގެ އަޅުންނޭ......
އެ ލާދީނީ ކަލޭގެ ބުނާގޮތެއް ހަދަން ޖެހޭނީ .. ނޫނީ އެކަލޭގެ އަޅުންތަށް އައިސް އިދިކޮޅުވާ މީހަކު ހަފުސް ކޮއްލާނެ
އެމްޑީޕީން ކިތަންމެ ނު ރުހުނަސް ސޯލިހު އަކަށް ކު ރެވޭނެ މާބޮޑު ކަމެއްނެތް އަދިޔަކު
އެހެންވީ މިހާރަކު ރައްޔިތުންގެ މަޖިލީހެއް ނޫންދޯމީ މީ ކެނެރީގޭ މަޖިލިސްތާ ހެހެ
އަންނި ބުނީމާ ކުޅިމިރުސް ހަކުރަށް ބަދަލުވީ ޒަމާން ނިމިއްޖެ ވިސްނުން ތޫނު ދިވެހިންނަށް މަރުހަބާަ
ނަސީދުބުނާހާގޮތަކަށް ހުރިހާކަމެއް ވާކަންނުޖެހޭނެ. ޢޭނަބުނާހާމީހަކު ކުއްވެރިވާކަށްވެސް ނުޖެހެއެވެ. ާމާރިޔާގަސްދަކު ނަށީދަކަށް ދެރައެއްނުދޭނެއެވެ. ޢެކަމަކުﷲ އީ ކުޚަދުންވަންތަ ރަސްކަލާނގެއެވެ. ޢިންސާނުންނަކީ އުނިބައެއް. ޢެގޮތުން ތިކަން ތިގޮތަށް ހިގަންވެގެން މާރިެޔާއަށްވެސް ތިކަނަށް ސަމާލުކަން ދޭންވީވަރަށް ނުދެވުނީކަމަށްވެދާނެއެވެ.
އަހަރެމަނަށް ކީއް ؟؟؟؟