ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލައިފިއެވެ.

ޒަމީލްގެ މައްޗަށް ދައުވާ އުފުލުމަށް މަޖިލީހުގެ އިދާރާއިން އެދިފައިވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް 40 ސިފައިން ވަކިވަކިން ހާޒިރުކޮށްދޭން އެމްއެންޑީއެފްގައި އެދުމުން އެކަން ނުވާނެ ކަމަށް އަންގަވައި މަޖިލީހަށް ފޮނުވި ސިޓީގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ، އެއްވެސް މައްސަލައެއްގައި ޕީޖީއަށް ދައުވާ އުފުލޭނީ ތަހުގީގު ފުރިހަމަ ކުރެވިފައިވާ މައްސަލަތައް ކަމަށެވެ. ޝަފީއު މި ގޮތަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ފަސް ވަނަ މާއްދާއާ ހަވާލާދީއެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ޕީޖީން ލަފާ ދިނީ މި މައްސަލަ ތަހުގީގު ކުރަން ފުރަތަމަ ފުލުހަށް ހުށަހެޅުމަށެވެ. އަދި ފުލުހުން ތަހުގީގު ނިންމުމުން ޕީޖީއަށް ފޮނުވުމަށެވެ.

"މަޖިލީހުން ހިތްހަމަ ޖެހޭ ތަހުގީގެއް ފުލުހުންނަށް ނުހިންގޭނަމަ ވަކިން، އަލުން ޕީޖީއަށް ހުށައެޅިދާނެ. ފުރަތަމަ ހުށައަޅާށޭ ފުލުހަށް" ޝަފީއު ވިދާޅުވިއެވެ.

ޒަމީލްއަށް ދައުވާކޮށްދޭން ޕީޖީގައި އެދިފައިވާއިރު އެ މައްސަލަ އިތުރަށް ބެލުމަށް ރޭ އިމްތިޔާޒު ކޮމިޓީން ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް މައްސަލަ ކުރިޔަށް ނުގެންދަން ފެންނަ ކަމަށް ނިންމައި ކޮމިޓީން ވަނީ ބޭރުކޮށްލާފައެވެ.

މި މައްސަލަ ފަހުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލައިދިނުމަށް އެ ކޮމިޓީއަށް ވެސް ފޮނުވައިފައެވެ. އެކަމަކު ނަޝީދުގެ ހުށަހެޅުއްވުން ބޭރުކޮށްލަން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީގެ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

މިއަށް ތާއީދު ކުރެއްވީ ނާޒިމްގެ އިތުރުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފެވެ. ދެން ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މަޖާކަމެއް

  މި އޮތީ މަޖާ ކަމެއް، ބޮޑު ޕާޓީ ހަދާގެން ، ބޮޑު ސަރުކާރު ހަދާގެން، ބޮޑު މެޖޯރިޓީ ހޯދާގެން ، އަންނި ނޫން މީހެއް މިތާ ނެތިގެން، އަހަރުމެނައް މިހާރު ނޭވާ ނުލެވެޔޭ މި ގައުމުގަ، ކިހާ ބޮޑުވެއްޖެ ކަމެއް، 2012 ގައި އެވީ ހަމަ ރަނގަޅަށް، އަވަހައް ފައިބާގެން ދޭ، ހެޔޮނިވާނެ

  16
  1
 2. ޠަންޑާ

  ނަޝީދު މިހާރު ހުންނާނީ ރުޅިން ފުފިފަ.

  14
  1
 3. އަހުމަދު

  މާކުރިންވެސް ރައްޔިތުން ކިޔަން ފަށާފި ތިހެންނޭ ވާނީ ޕީޖީ އަކީ ވަކިމީހަކު ބުނާ މައްސަލަތަށް ޝަރީއަތަށް ފޮނުވަން ހުރި މީހެކޯ.

  10
  1
 4. ފަންސުރު

  ކަލޭ ޔާމީންގެ މައްސަލަ ދައުވާކުރަން ފޮނުވީ ކޮންތާކުން ކުރި ތަހުގީގެއް އޮވެގެންތަ؟ އުންސުރުބޭ

  14
  2
 5. ސޯޕް ލައިޓް ބްރަދަރ

  މިއީމިޤައުމަށް ޖެހިފައިވާ ބޮޑުބަލާވެރިކަމެއް ޤާނޫނެއް ހަމައެއް ލަމައެ ޢަދުލެއް އިންސާާފެއް ނެތް111

  12
  1
 6. ޅ.ނޫރާނީއާގޭ

  އިރާދަކުރެއްވިއްޔާ ނޮހެވޭނެ

  10
 7. ކޮތަރު

  ނޮހޮވޭނަކަމައްމިބަލަނީ

  6
  1
 8. ޑައެލޯގް

  މަބުނީމެއްނު ތިކަމެއްނުވާނޭ ޒަމީލަކީ މާރީޔާގެ ކޮއްކޮއެކޭ ވީމާ އެމްޑީޕީ ޖައްސާ ޑްރާމާތީ މިސަރުކާރު ސަރީއަތް ކުރަންބޭނުންނަމަ ކުރާނެ ގާޒީ ބަދަލުކޮށްގެންވެސް ބަލަ ޔާމީނުގެ ސަރީއަތް

  2
  1
 9. ކާފަބޭ2020

  ތިޔައޮތީ އެއްކަލަ އުންސު ރާއި ފަންސަ ރުގަތާށިވެފަ! ހޭހުސްވެގެން އެެއެއްމިއެއްނުބަލާތެޅިއެރުވިޔަކަސްކަމަކުނުދާނެ! އުންސު ރާފަންސު ރުބޭކަން ދަންނަންޖެހޭނެ! އެކަންގުންޑާތަކަށް ނުވިސްނުނީމަ ވީގޮތްތިޔައީ! ދެންވެސްހޭއަރާށެވެ.

 10. ސސ

  މިހާރުގެ މަޖިލިހަކީ ސުމޯޓޯ މައްސަލަ ހިންގާތަނެއް، އިންތި ބޮޑު ފަޑިޔާރަކަށް ހުރެގެން ސުމޯޓޯ މައްސަލަ ހިންގަނީ، !