ކޮވިޑް ޖެހިގެން 100 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 100 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ.

އޭނާ ނިޔާވީ މިއަދު ހެނދުނު 09:33 ގައެވެ.

ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ހުރި މައުލޫމަތައް ބަލާއިރު މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި އުމުރުން އެންމެ ދޮށީ މީހާއެވެ.

މިހާރު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 187 އަށް އަރާފައެވެ. މީގެ ތެރެއިން ދެމީހުން ނިޔާވެފައި ވަނީ މިއަދު އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މަރްޙޫމް ގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

 2. ހަސަން

  اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
  މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި!! آمیـــــــــــــن

 3. ޅ.ނޫރާނީއާގޭ

  ހެހެހޭ ނޮހެވޭނެއިންޝާﷲ

 4. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

  ކޮވިޑް ފެށިގެން އައިދުވަސްވަރު އުމުރުންދުވަސްވީ ބޭރު މީހަކަށްކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި މާމޮޅުފަރުވާކޮށް ރަނގަޅުވެ މުޅިދުނިޔެއަށް މަޝްހޫރުވެފައިވޭ. މިއަދު އެފަރުވާ ދެވެން ނެތީ ކީއްވެތޯ؟ ލަފާކުރެވޭގޮތުގައި މިހާރު މީހުން މަރުވަމުންދަނީ އެކަށީގެންވާ ފަރުވާ ނުލިބިގެން.

  3
  1