ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަކީ ގާނޫނީ ކުށެއްކަން ފާހަގަކުރާއްވާ، އެ ހުރިހާ ސިފައިންގެ ބަދަލުގައި މަޖިލީހުގެ އިދާރާގެ ކޮންމެ ސުވާލަކަށް ޖަވާބުދާރީވާން ތައްޔާރަށް ހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ނިރުބަވެރި ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ފޫދިޔަ ގޮތުގެ ޕާލިމަންޓަރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ރާއްޖޭޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ބައިވެރިވެވަޑައިގެން މިނިސްޓަރު މާރިޔާ ވިދާޅުވީ ކޮމެޓީއަށް ހާޒިރު ވާން އެކަމަނާ އަށް އަންގަވައިފިނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަމަނާ ހުންނެވީ މަޖިލީހުން އަހާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

ސިފައިންގެ މުއައްސަަސާ އޮތީ މަޖިލީހަށް ފުރިހަމަ އެއްބާރުލުން ދޭ ގޮތަށް ތައްޔާރަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް ވަކި ވަކި ސިފައިންނަށް ލިބިފައިވާ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަކީ ގާނޫނީ ކުށެއްކަން ފާހަގަކުރެއްވިއެވެ.

"ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި އެބަ ބުނޭ ސިފައިންނަށް ލިބިފައިވާ މައުލޫމާތެއް ހާމަކުރަން ވާނީ ހަމައެކަނި ސިފައިންނަށާއި ސިފައިންގެ ލީޑާޝިޕަޝާއި މިނިސްޓަރަށާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައިސުލްޖުމްހޫރިއްޔާއަށް ކަމަށް. އެހެން އެކަން އޮންނައިރު އަދި މަޖިލީހުން ވެސް ހަމަ ވަރަށް ފަހުން ބަޔާނެއް ނެރުއްވައި ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ ފާހަގަކުރައްވާފައިވާއިރު އެ ކުދިންނަށް އަމިއްލަ ފަރުދެއްގެ ގޮތުން ސިއްރު ޖަހާފައި އަންނަ ސިޓީއެއްގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ އެކުދިން ފަރުދީ ގޮތުން ޖަވާބުދާރީވުން އެއީ އެމީހުނަށް ފެންނަ ގޮތުގައި ގާނޫނީ ކުށަކަށް ވެދާނެތީ އެކުދިން ސިފައިންގެ ލީޑާޝިޕަގެ ފަރާތުން ލަފައެއް ބޭނުންވީ މިކަމުގައި އަމަލުކުރާނެ،" މާރިޔާ ވިދާޅުވިއެވެ.

ޑިފެންސުން މިނިސްޓްރީން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތް ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދު ވެއެވެ.

ދިވެހި އަސްކަރިއްޔާ އަކީ 129 އަހަރުވީ އަސްކަރިއްޔާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އެ އިދާރާގައި ރަނގަޅު ކުރަން ހުރި ކަންކަން ހުންނާނެ ކަމަށެވެ. އަދި މަޖިލިހުން ރަނގަޅު ކުރަން އެދުނު ކަންކަން ރަނގަޅުވެސް ކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެން ވެސް އެގޮތަށް ފޮނުވާ ކަންކަމަށް އިޖާބަދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފް އަށެވެ. ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލުމުން އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިން މަޖިލިހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ބަޔާން ނެރެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރައިވެރިޔާ

    ވަރަށްބޮޑަށް މާފްކުރައްވާ މާރިޔަލު ދީދީ.. އަޅުގަނޑުމެން ރަށްޔިތުންނަށް ސަރުކާރު ހިމާޔަތް ކުރެވެންނެތް..

  2. ޖާބެ

    "ބޭރުގަޢުމެއްގެ ނޫހައް ދިވެހިރާއްޖޭއަށް އެގަޢުމުގެ އިންފަންޓްރީ ސޯލްޖަރުން އަރާ ހިފުމަކީ އެއްވެސް ކަމެއް ނުން" ކަންބިލިތަކެއް މިހެންވެސް ބުނިކަމައްވޭ

    • ދިޔާވާ

      އެހެންބުނީ ނޫސްވެރިޔަކު އެ ސުވާލު ކުރީމައި އޭގެ ޖަވާބުގަ އެވެ. މިރާއްޖެ ހިފުމަށް އެދިގެންނެއް ނޫނެވެ. ރާއްޖެ ހިފަން ތިބުނާ ޤައުމުން ނޫޅޭ ކަމަށް ބުނެފައެވެ. ދޮގުވާހަކަ ފަތުރައިގެން ފިޠުނަ އުފައްދާ މީހުންނަށް ދެދުނިޔޭގައި ވެސް ހަމަޖެހުމެއް ނޯންނާނެއެވެ!

  3. ފިނދަނަ

    ބީ ޕްރޮފެޝަނަލް. އެއީ ކުދިންނެއްނޫން.
    އަޅުގަނޑުމެންގެ މިދިވެހިގައުމުގެ ދިފާއުގައި ރައްޔިތުންނާއި ގައުމާއި ދީނުގެ ދިފާއުގައި އަޅުގަނޑުމެން ބެއިތިއްބީ ސިފައިންގެ ބޭކަލުންނާއި ބޭކަނބަލުން.

    "...އެ ކުދިންނަށް އަމިއްލަ ފަރުދެއްގެ ގޮތުން ސިއްރު ޖަހާފައި އަންނަ ސިޓީއެއްގައި ރައްޔިތުންގެ..."

    އެކުދިން ؟

  4. ސޯޕް ލައިޓް ބްރަދަރ

    ތިޔަށް ޖަވާބުދާރީ ވާކަށެއްނުޖެހޭނެ އަމިއްލަޔަށް އަކަޔަންބޯ ހެދިގެން ނުތެޅިބަލަ111

  5. އަހު

    ފަޅައިގެން ދަނެ ވަގުތު ޖެހެނީ!!!!!!!!!!!! ދެން ލަލަލަލަލަލަލަލަ

  6. މަންމަ

    އަމާވާނީ ހަމައަމަޔަށް ކުރީގަ މެމް.ޑީ.ޕީގެ މަންމަ. މިހާރު ސިފައިންގެ މަންމަ. ގައުމައިގެންކުރިޔަށް.

  7. ތިރިބެ

    އަދިވެސް ސިފައިން އިންކުވަރީ ހިންދާ ބަލާ ހަދާފަ ކުރެވިފަހަރި ކަންތައް ތަކުގެ ތެރެއިން މިކަން ގޯސް އެކަން ގޯސް މިކަން ރަގަޅުކުރަން ޖެހޭ މިވެނި ޑިޕާޓުމައްޓު ކންކުރީ އެއްމެ ރަގަޅަކައްނޫ ޕުރޮސީޖާ ފޮލޯނުކުރެވުން މިހިންނުބުނެވުން ، އެހެންވީމަ ވަކިވަކި މީހުންހާޒިރުކުރަނީ އޮޅުންފިލުވައް . ގޯސްހެދުނު ކޮއްމެވެސް ހިސާބެއް މީހެއްހުންނައްވާނެތަ

  8. ތިކުރީތު

    މިގައުމުގަމައްސަލަޔަކީ ޒިންމާވާނެ ޒިންމާކުރުވާނެ ފަރާތެއްނެތުން، ވައްކަންމައްސަލަ ހުށައެޅީމަ މައްސަލަނުބެލި ގޮސް ގޮސް އެމެފަހުން ކުއްވެރި ވަނީ ތަކެތީގެވެރިފަރާން ގެއްދިޔަމީހާއެއްނޫ އެމީހާ އނެއް ދުވަހު ސަލާމަތުން ހަމައެގޮތައް މީހަކު ކަމަކު އިދާރާއަކައް ދިޔައިމަ އެކަމެއްގެ ތަކެތި ހުށައެޅިމަ އެކައް ކުކޮއްދީ މުއްދަތު ފަހަނަ އަޅާގޮސް އެފަުދަކައް އަދަބުލިބޭނީ

  9. ކޮވިޑް

    ބަލަ މިހާރު އެކުދިން އޭރު ފިނަދަނަ . މިހާރު އެކުދިންނަށް ޓަކާ ޤްރުބާން ވާން ތައްޔާރު އޭރު އެކުދިން މަރާފަ ވެސް މި ޤައުމު ހިފިދާނެ ، ކީކޭތަ ތިކިޔަނީ؟ ކިޔާ އެކައްޗެއް ކިޔާބަލަ
    .