އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އިންތިހާބުގެ ވޯޓުލުން އޮންނާނީ ރާއްޖެ ގަޑިން މިރޭ 7:00 ގައެވެ. އދ.ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރަނީ މެންބަރު ގައުމުތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ވޯޓު ދޭނެ ކަމަށް ބެލެވެއެވެ.

އިންތިހާބުގައި ރާއްޖޭގެ ފަރާތުން ވާދަކުރައްވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝާހިދުއާ ވާދަ ކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއެވެ. ބެލެވޭ ގޮތުގައި މި އިންތިހާބު ކާމިޔާބު ކުރައްވާނީ ޝާހިދެވެ.

އެއީ ސައުދީ އަރަބިއްޔާ އާއި އިންޑިއާ ފަދަ ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމުތަކުގެ ތާއީދު ޝާހިދަށް ލިބިފައިވާތީއެވެ. ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ޝާހިދު އެމެރިކާގެ ނިއު ޔޯކްގައި ކެމްޕެއިން ކުރައްވަމުން ގެންދަވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭން ވާދަކުރާ އިރު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި، އެ ކެމްޕޭނަށް 4.35 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގައެވެ.

އެންމެ ފަހުން އދ. ގެ އާންމު މަޖިލިހުގެ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ތުރުކީގެ ވޮލްކަން ބޮޒްކީރްއެވެ. އޭނާގެ މުއްދަތު 2022 ވަނަ އަހަރު ހަމަވާނެއެވެ. މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ކޮށްފައެވެ.

ރާއްޖެއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސޯޕް ލައިޓް ބްރަދަރ

    މިޤައުމުގެ ބާކީއޮތްބައި ވިއްކާލަންލިބޭ ފުރުޞަތުބޮޑުވާނެ!!!

    39
    3
  2. ޒަބީބު

    އދ ގެ ޢާއްމު މަޖިލީހުގެ ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވެގެން ދިއުން ވެގެންދާނީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބިގެން ދާނެ ނުހަނު މުހިއްމު އަދި ޝަރަފުވެރި ކަމަކަށެވެ. އަދި ވަކިން ޚާއްސަކޮށް މިކަން ވެގެންދާނީ ކުޑަ ޤައުމަކަށްވުމުގެ ސަބަބުން އަބަދު ހަވާސާގައި ތިބޭންޖެހޭ ޖެހުމަށް ނިމުމެއް ގެނެސްދޭނެ ކަމަކަށެވެ. ހަމަ އެހެންމެ މުޅިން އައު ގޮތަކަށް އައު ހައިސިއްޔަތެއްގައި ދުނިޔެއަށް ދިވެހިރާއްޖެ ތަޢާރަފްވެގެންވެސް ދާނޭ ކަމަކަށެވެ.

    މިއިންތޚާބު ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ދިވެހިރާއްޖެ ވެގެން ދާނީ ޔުނިލެޓަރަލިޒަމްގެ ސަބަބުން ނެތި ފަނާވަމުންދާ މަލްޓިލެޓަރަލިޒަމް އަލުން އިޔާދަކޮށް ނަގާ ކޮޅަށް ޖަހައިދީ ދުނިޔޭގެ އޯޑާރ ހަމަޔަކަށް އަޅުވައިދޭނެ ވަރުގަދަ ފަހުލަވާނަކަށެވެ. އަދި ކުޑައެއްކަމަކު ދިވެހިރާއްޖެ ވެގެންދާނީ އިންސާނުންގެ އިހުމާލުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި އިންސާނުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ގޮންޖެހުމާއި ދިމާލަށް އދ ގެ ދުރުމި އަމބުރާލައިދޭނެ ފަހުލާވަނަކަށެވ. އަދި މީގެ އިތުރުން ރާއްޖެ ކުޑައެއްކަމަކު ދިވެހިރާއްޖެ ވެގެންދާނީ އދ ގެ ޒަމާމްވީ ބޯދާ އުސޫލުތަކާއި ހަމަތަށް މިއަދުގެ ދުނިޔެއަށް ފެތޭ ޒަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަގުކޮށާދޭނޭ މޭސްތިރިއަކަށެވެ. އަދި ކުދި ޤައުމުތަކުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަޑު ބައިނަލް އަޤްވާމީ މައިދާނުގައި އުފުލާދޭނެ އެކުވެރިއަކަށެވެ. މިހުރިހާ ކަމަކީ މިނިސްޓާރ އަބްދުﷲ ޝާހިދުގެ ތަޖުރިބާގެ އަލީގައި އެމަނިކުފާނު ގެންގުޅުއްވާ ފުޅާ ހުޅުވާލެވިފައިވާ ވިސްނުމާއި ސިޔާސަތުގެ ނަތީޖާއެވެ.

    މިކަން އެނެމެ ރަންގަޅަށް ތަސައްވުރު ކުރެވުނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އދ ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވައި ހުށަހެޅުއްވި "5 ހޯޕް" ގެ ވިޝަންގައި ބަޔާން ކުރައްވާފައިވާ ތަސަވުރުންނެވެ.

    ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި މައްސޫލުވެރިން ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފާހަގަ ކުރައްވަނީ މިވަގުތު މިމަޤާމަށް އެންމެ ކުޅަދާނަ އަދި އެންމެ ޤާބިލް ޚާރިޖީ ވަޒީރުގެ ގޮތުގައެވެ. މިނިސްޓާރ ޝާހިދް އަށް މަރްހަބާ އާއި ހެޔޮ ދުޢާ އަރިސް ކުރަމަވެ.

    7
    34
    • ބަދަލު

      މި ކަމަށް އިންޑިޔާ އާ އެމެރިކާން އެހީވާނެޔޯ؟ ބަދަލުގައި ރާއްޖެއަށް ނުފޫޒުފޯރވޭނެ މަގު އިންޑިއާއަށް ފަހިކޮށްދޭން ޖެހެޔޯ؟

      20
      1
    • ކާޕެޓު ވަގު

      "ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި މައްސޫލުވެރިން ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފާހަގަ ކުރައްވަނީ މިވަގުތު މިމަޤާމަށް އެންމެ ކުޅަދާނަ އަދި އެންމެ ޤާބިލް ޚާރިޖީ ވަޒީރުގެ ގޮތުގައެވެ." މަ ހީހީ ހަލާކު...!

      11
      4
  3. ޕިޖަން

    ﷲރަހުމައްފުޅުން ނުވޭނެތިކަމެއް

    44
    5
  4. ޅ.ނޫރާނީއާގޭ

    ވ.ވ،ފުރުސަތުކުޑަ އިންޝާﷲ

    44
    6
  5. ޙުސެން

    ޢި ރާދަކު ރެއްވިޔާ ނުހޮވޭނެ

    49
    4
  6. އިބްރާހީމް

    ޢަބުދުﷲ ޝާހިދުއަށް ފުރިހަމަ ކާމިޔާބަކަށް އެދެނެ.

    9
    53
  7. ެރައްޔިތުން

    ްްއދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އޮނަރަބްލް ޢަބްދުﷲ ޝާހިދު ހޮވޭނެ، އިންޝާ ﷲ

    9
    53
  8. ހާމިދު ޝާހިދު

    ކޮވިޑް ކަންތަކުން ގައުމު ސަލާމަތްނުވެ ބޮއްސުލްކައިގެން ދާ އިރުވެސް ޝާހިދު މި އުޅެނީ، އަމިއްލަ ޖީބައް ވަންނަ ފައިސާ އިތުރު ކުރުމަށްޓަކާ ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ކެމްޕެއިން ކޮށްގެން އދ ގެ ރަމްޒީ މަގާމެއް ހޯދޭތޯ. ކީކޭ ދެން ބުނާނީ، މިހާކަންހާ ވަރު ވާނީ، މިހެން އުޅޭ މީހުނަށް. ދައުލަތުން އެތައް މިލިއަން ރުފިޔާއެއް މިހާރުވެސް ބޭކާރުގޮތުގައި ހޭދަވެގެން ހިނގައްޖެ. އެ ފައިސާއަށް ފާއިޒާ ވެކްސިން ހޯދާފައި ހުރިހާ ދިވެހިންނަށް ދިނިއްޔާ މާ ރަނގަޅެއްނޫންތޯ!

    13
    2
  9. ކޮވިޑް

    ﷲހެ ހެޔޮރަޙުމަތުން އިންޝާ ﷲ ނުހޮވޭނެ.

    29
    1
  10. ލަތީފު

    އަހަރެމެންގެ ދުޢާ އަކީ މި ކަލޭގެ އަށް ނާކާމިޔާބު

    23
    1
  11. ކާފަބޭ2020

    އދ ގެގޮނޑިއަށްފުރުޞަތުބޮޑުވާގޮތަށް ރާއްޖޭގެޖަލުވެސް އަންނާނެކަމުގެ އިންތިޒާރުއެބަކުރޭ! އަވަސްމުއްދަތެއްގަ އެކަންވެސްވާނެ އިންޝާﷲ!

  12. އީސަ

    ޝާހިދު ނުހޮވޭނެ . .އާމީން އާމީން އާމީން.

  13. ވިނިވިޑިވިސި

    ޝާހިދު އެގޮޑިއަށް އައުމަކީ ވުމަށްވުރެ ނުވުން ކަައިރި ކަމެއް.. ދެން ވާދަކުރަައްވާ އަފްގާންގެ މީހާއަކީ އެމެރިކާއާ މާބޮޑަށް ގުޅުން ރަގަޅު ފަރާތެއް. ފޮރިންގ ދާއިރާއާއި ޔޫއެންގެ އެކްސްޕީރިއަންސް ވެސް މާބޮޑަށް ހުރި މީހެއްް. އެމެރިކާގެ ނުފޫޒު ވޯޓްގައި އޮންނާނީ ފައި ހިއްޕާފައި. ޝާހިދުއަށް ވެސް އެނގޭ އެކަން. އެކަން އެގިހުރެ މިކަމުގައި ކެންޕެއިންއޭ ކިޔާ ލާރި ކީލަ ޖެހުމަށް ޝާހިދު މާވަރަކަށް އެކަމާ އުޅޭކަން ދައްކާގެން އުޅެނީ. ޗައިނާ ރަޝިޔާ ކަހަލަ ތަންތަން ވެސް ޝާހިދާއި ދެކޮޅަށް ޖައްސާފަ. އިންޑިއާ އަފްގާން މީހެއް ހުރީމަ ޝާހިދަށް ޖެހެނީ

  14. ހަސންކަލޯ

    އަލިފުދާލު ވެސް ބަނގުރޫޓް ކޮއްލަން ބޭނުންވަނީތަ؟؟

  15. އިބުނިސީނާ

    އިރާދަ ކުރެއްވިއްޔާ ނުހޮވޭނެ . މިކަލޭގެ ހޮވިއްޖެނަމަ އިތުރަަށް އިނޱިއާގެ އަަަޅުވެތި ކަމަށް މި ގައުމު ދާނެ . އިރާދަފުޅުން ނާކާމިޔާބާ ކުރިމަތި ލާންޖެހޭނެ