ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ގޮތާ މެދު، އެ މަޖިލީހުގައި ހިނގަމުންދާ އެންމެ ބޮޑު އިންކުއަރީގެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅު ކުރައްވައިފިިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ތުހުމަތު ކުރާ މައްސަލައެއް މަޖިލީހުގައި ހިނގަން ޖެހޭނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އިމްތިޔާޒުގެ މައްސަލައެއް އަދި އެހެން މައްސަލައެއް ވެސް މަޖިލީހަށް ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކަށް އަމަލު ކުރަން ޖެހޭނެއެވެ. އެކަމަކު އެންމެ ފަހުން ހުށަހެޅުނު މި މައްސަލަ ކުރިއަށް ދިޔައީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މިއަށް ވުރެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ، އެއް ރޭ ދަންވަރު ކޮމިޓީއެއް ބާއްވާފައި، މައްސަލަ އަމާޒުވި ފަރާތެއް ސާފު ނުވާ ގޮތަށް މި ކަންކަން ކުރެވިގެން ނުވާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެ މައްސަލައަކީ 241 ކޮމިޓީއިން ހުށަހެޅި މައްސަލައެއް ނޫނެވެ. އަދި އެ ފަދަ މައްސަލައެއް އެ ކޮމިޓީގައި ފާހަގަކޮށް މަޝްވަރާ ކުރެވިފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ވިޔަސް މަޖިލީހުގެ ރައީސަށް ފެނިވަޑައިގެން މައްސަލަ ހުށަހެޅުއްވޭނެ ކަމަށާއި އޭނާގެ ކަންބޮޑުވުން އޮތީ ކުއްލިއަކަށް ކޮމިޓީ ބާއްވައިގެން މައްސަލަ ގެންދަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކުރިއަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ޒަމީލަށް މި ތުހުމަތު ކުރީ، 241 ކޮމިޓީއަށް ސިފައިންގެ ވަކިވަކި ބޭފުޅުން ހާޒިރުވާން އެދުމުން އެ ކަން ނުވާނެ ކަމަށް އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި އޭނާ ސޮއިކުރައްވާފައި އޮތުމުންނެވެ.

ޒަމީލްގެ މައްޗަށް ދައުވާ ކުރުމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވެއެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ހުށަހަޅަން ލަފާދީ ޕީޖީން ވަނީ މައްސަލަ މަޖިލީހަށް އަނބުރާ ފޮނުވާލާފައިވެއެވެ.

އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލިއިރު، އެ ގޮތަށް ފާސްކުރަން އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ދެއްވުމުން ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

މި ގޮތަށް ވޯޓު ދޭން އެމްޑީޕީގެ މެންބަރުންތަކަކަށް ލޮބީ ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޅިޔަނު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ކަމަށް ވެއެވެ. ބިގޭ އެ ގޮތަށް ލޮބީ ކުރެއްވީ ރައީސް ސޯލިހްގެ އެންގެވުމަކަށް ކަމަށް އެމްޑީޕީގެ މެންބަރުން އެބަ ވިދާޅުވެއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއްގައި ޒަޚަމްވެވަޑައިގެންނެވި ރައީސް ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ. ރައީސް ނަޝީދަށް ހަމަލާއެއް ދިނީ ހަރުކަށި ފިކުރުގެ ބަޔެއް ކަމަށް ބެލެވޭއިރު، ސެކުއިރިޓީ ފޫއަޅުވާލުމުގައި ޑިފެންސްގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޯލި

    ނަޝީދު ކޮންއިރަކުން ގާނޫނީ ހަމައިގެ ތެރެއިން ކަންކަން ކުރާނީ! ޖަރުމަނުގަ ހުރެފަ މި އަންގަނީ މިވެނި މީހަކަށް ދައުވާ ކުރާށޭ. މިދެން ބޮޑުވަރު.

    10
  2. އިބްރާހިމް

    ކަންބޮޑުވާކަށެއްނުޖެހޭ. ތަނެއްގަހު ރި ބޮޑު ކޮހަކަށް މަޖިލިސްގެ ރިޔާސަތު ދިނީމާ ވާނެގޮތް މިވަނީ

    12
  3. ދައުލަތް

    އަތަށް ގޮވާފަ ތިއޮތީ، އަދިވެސް މޮޅު ބަސް ބުނެ އުޅޭ، ގަދަ ކަން ދައްކާ، ތިމަންނާމެންނަކީ ހުރިހާ ބާރެއް ލިބިފައިވާ ބައެކޭ ބުނޭ، ތަންދޮރު ނުދަންނަ ބަޔަކު އައިސް މަޖިލީއަށް ގެޅިގެން ތިޔަ އުޅޭނީ، އިއްޔެ އެންދަމަން، މަސްވެރިކަން ކުރަން، ދަމާކަނޑަން އުޅެފަ އައިސް މަޖިލީހަށް ވަދެ އިއްޒަތްތެރި ލަގަބު ޖަހައިގެން ދައުލަތުގެ މުއައްސަސާތަކުގެ އިމްތިޔާޒަށް ތިޔަ އަރައިގަންނައިރު ލަދު ހަޔާތް ކޮބާ!. މަޖިލީހުގެ އިންކުއަރީ ހަދަންވީ ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހަކަށް ހަމަލާ ދެވުނީމަކާ ނޫން، ލޯބި ލޯބި މިޝްކާ ނިޔާވި މައްސަލަވެސް ބަލަންޖެހޭ، އަފްރާޝީމްގެ މައްސަލަ ބަލަންޖެހޭ، ރިޟުވާނުގެ މައްސަލަ ބަލަންޖެހޭ،
    މިދެން ބޮޑު ...