ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ.

މި މަޝްރޫއުގެ ތެރޭގައި 355 މީޓަރ ބޮޑު ހިލަ ބޭރު ތޮށްޓެއް އެޅުމާއި 270 މީޓަރުގެ އެއްގަމު ތޮއްޓެއް އެޅުމާއި، ނެރު ބައްތި ތަކާއި ބަނދަރު ބައްތިތައް ހަރު ކުރުން ފަދަ މަސައްކަތްތަކެވެ. މީގެ އިތުރުން ބަނދަރު ފުން ކުރުމާއި ނެރު ފުންކުރުން ފަދަ ކަންކަން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އެމްޓީސީސީން ބުނީ،

މި މަޝްރޫއުއަކީ 53.94 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި 425 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެފައި ވެއެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.