ފަރުވާ ދިނުން ލަސްވެގެން ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލަ ހިނގައި ދިޔަ ގޮތް ބެލުމަށް ފަހު ހެލްތް މިނިސްޓްރީން އެކުލަވާލީ ތަހުގީގު ރިޕޯޓުގައި ހުރި ކަންތައްތަކަށާއި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން އަދި ހަފްތާއެއް ނަގާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރުގެ މައްސަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ވަނީ ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓަކީ ވަރަށް ގިނަ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ކަަމަށެވެ.

މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލާންސް ފޮނުވަން އެދި އާއިލާއިން ފަސް ފަަހަރެއްގެ މަތިން ކޯލް ސެންޓަރަށް ގުޅިއެވެ. ކޯލް ސެންޓަރުން އެމްބިއުލާންސް އަށް ނުގުޅާ އޮތްކަން ރިޕޯޓުން ވަނީ ހާމަވެފައެވެ.

ނަސީމް ވިދާޅުވީ ކޯލް ސެންޓަރުގައި ހުރި އެފަދަ މައްސަލަތަކަކީ މީގެ ކުރިން ފާހަގަވެފައި ނެތުމުން އަޅާނުލެވި ހުރި ކަންތައްތައް ކަމަށެވެ. އެހެންވެ ފިޔަވަޅު އެންމެ ރަނގަޅު ގޮތުގައި އެޅުމަށް ވަގުތު ނަގާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ހަފްތާއެއްގެ ފުރުސަތެއް. އެއިރަށް މައްސަލަ ތަހުގީގު ނިންމާލެވޭނެ،" އިތުރު ހަފުތާއެއްގެ މުއްދަތު ދެއްވުމަށް އެދިވަޑައިގެން ނަސީމް ވިދާޅުވިއެވެ.

މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮތަސް އަވަސް އަރުވައިލައިގެން މައްސަލަ ނިންމުމުގެ ބަދަލުގައި މިނިސްޓަރު އިސްކަން ދެއްވާނީ އިންސާފުން "އިތުރު ގޯހެއް" ނަހަދައްވާ މައްސަލަން ނިންމަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ހަފުތާއެއް ކުރިން ކޮވިޑަށް ފައްސިވެ މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އެ ރޭ 9:00 ޖަހާއިރުއްސުރެ އެމްބިއުލާންސްއެއްގެ އިންތިޒާރުގައި އެ އާއިލާއިން ތިބިއެވެ. އެމްބިއުލާންސަށް ދެވުނީ ދެ ގަޑިއިރާއި 25 މިނެޓް ފަހުންނެވެ. އޭރު މިޝްކާގެ ހަބަރު ހުސްވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މިޝްކާ އައިޖީއެމްއެޗްއަށް ގެންދިއުމަށްފަހު ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ.

ނަމަވެސް ފަރުވާ ދިނުމުގައ ިލަސްތަކެއް ވެފައިވާތީ، މިޝްކާ ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވެފައެވެ. މިނިސްޓަރު ނަސީމް ވަނީ މިއީ އިހުމާލުން ކުރިމަތިވި މަރެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހައްޤު1

    މުޅިސިސްޓަް ފެއިލް... ދެން ވަކިބައެއްގެ ބޮލުގަ އަޅުވަން ތިކުރާ މަސްއްކަތް ތީ ވަރަށް ދަށުދަރަޖައިގެ އަމަލެއް... ދެން ފިޔަވަޅު އަޅާނީ ނިކަމެތި ލައިން ސަޓާފް އަށް!!!
    "މީގެ ކުރިން މައްސަލަތަކެއް ފާހަގަ ކުރެވިފަ ނެތޭ" ބުނުމުގެ މާނައަކީ މިއޮތް ހުރިހާ ދުވަހު ދިވެހިން އެކި ގޮތްގޮތުން ސޯޝަލް މީޑިއާގަ އާއި ހަބަރުތަކުގަ އާއި ނޫސް މަޖައްލާތަކުގަ އަދި ނޫސްކޮންފަރަންސް ތަކުގަ މައްސްލަ ހުރިކަމަށް ކުރިހާ ޝަކުވާތަކެއް ސަރުކާރުން ބަލައި ނުގަތް ތަނުގައި އަޑުވެސް ނާހާ ކަމުގެ ހެއްކެއް!!!!!

    23
  2. Anonymous

    ޢިންސާފުން ދިޔާމަ އެގޭމީހުން ދޯ ގޯސްވާނީ

    20
  3. ހާށަވިޔަނި

    މިޝްޤާގެ މަރުގެ މައްސަލާަގައި ހެލްމިނިސްޓަރު އިޒްރޭލު ނަސީމުގެ އިހުމާލެއް އޮތްތޯ ކެރަފާ ނަސީމް ބަލަމުންދަނީ.

    27
  4. Anonymous

    ތިކަމުގެ އަދަބު ލިބޭނީ ތިތަނައް ނަންނުވާ ނިކަމެއްޗަކައް.

    10
  5. މަބޭ

    ފުރަތަމްކަމަކައް ރައްޔިތުން ހަންދާންކުރަންވީ ނަސީމަކީކާކުކަން މީނާބޭނުންވާގޮތައް ކަންކަންނުކުރެވުމުން ކުލީސިފައިންގެނެސް ރައީސް މައުމޫން އަވަހާރަކޮއްލަންއުޅެ ހުކުންކޮއްފަހުރި ޓެރަރިސްޓެއް ދެންކިހިނެއް މިގައުމުގެ ރައްޔިތުންނައް މިކަލޭގެ ހެވެއްއެދޭނީ

  6. އަހްމަދު

    ހަފްތާކީއްކުރަން ތިންހަފްތާދިނަސް ތިޔަމައްސަލަ އިންސާފުންނިންމުމަކީވާނެކަމެއްނޫން އަމިއްލައެދުމުންފޯވެފައިހުރި މީހަކަށް ކިހިނެއްމީހަކަށްއިންސާފިހޯދައިދެވޭނީ

  7. އަލި

    އިންސާފުން މައްސަލަ ނިމޭއިރު ގޮސްވާނީ މަރުވި ކުޑަ ކުޑަ ކުއްޖާނޫންބާ؟...

  8. Anonymous

    ކެރަފާ ނސީމަށް
    "ނުހިފޭވަރުގެ ބަރެއްނަމަ ނުނަގާށެ ދެން ކޮޑަށް
    ލުހިގޮސް ތިމާގެ ހިތްވަރު ބުންވަރު އެލެންޏަކާ"
    އިބްރާހީމަށް
    " ވަޢްދާހުވާކުރާނެޔޭ އެހަނދާން ނެތޭނެޔޭ
    ނޫނީ އެހެން ގޮތެއްގާ މަޖްބޫރުވާނެއޭ "

  9. ގަމާރު

    މަސްއޮޑިބޭއަށް އިންސާފުއެގޭނަމަތާ އިންސާފުހޯދަ ދެވޭނީ. ތިދޮގުތަށްހަދައިގެން ދިވެހިރާއްޖޭގެތިބި އެއްމެން ހެއްލިދާނެކަމަށް ހީނުކު ރާތި !! ތީދިވެހީންނުދަންނަ ބައެއްކަމަށްދޯ ތިޔަހީ ރަނީ.

  10. ޑަރޯގާ

    އަސްލު ނުކެރޭނެ އެއްވެސް ފިޔަވަޅެއް އަޅާކަށް. ތިޔަމީހުންނަށް ލިބެންވާ އެލަވަންސް ބަރާބަރަށްދޭނެ. އެހެން ބަޔަކަށް ނުލިބުނަސް.އަޅަންނާ އަޅަންޖެހޭނީ އެތާންގަ އިސްކޮށްތިބޭ ވެރިންނަށްތާ. ނަރުހަކު ތިޔަ ހާދިސާގައި ޝާމިލްވިނަމަ ވަރަށް އަވަހަށް ކުށްވެރިކުރީސް. މީ މިހާތަނަށް ހެލްތުމިނިސްޓްރީއިން ދެމެހެއްޓު ސަގާފަތް.ކިތައް އހުމާލު ޑޮކާޓަރުންގެ ފަރާތުން. އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރޭ. މިދިޔައަހަރުވެސް ފެނުނު އެންމެ ބުރަކޮށް މަސައްކަތްކުރިނަރުުހުންނަށް އެލަވަންސް ނުދީ ނުހައްގުން އަދަބުދިނަތަން. ނިކަމެތިންނާށް ނިކަމެތިގޮތްހަދާ ސަރުކާރެއްމީ. އެކަމަކު އޯގާތެރި ސްލޯގަން އެއް ހިފައިގެން ގުބޯ ހައްދަމުން ދުވާނެ.