ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަށް އިތުރު ބިން ނެގީ ދެމެހެއްޓެނެވި ތަރައްގީގެ ވިސްނުމެއްގައި އެއާޕޯޓްގެ މަޝްރޫއު ހިންގުމަށް ކަމަށް ބިމެއް ދޭން ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިފަދަ ނިންމުމެއް ނިންމުމާ ގުޅިގެން އިންޑިއާ ސަރުކާރުގެ ނުފޫޒު ރާއްޖެއަށް ގަދަ ކުރާ ކަމުގެ އަޑު އަނެއްކާ ވެސް ގަދަވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ވެސް އެބަ ދެއެވެ. މިއީ އިންޑިއާއަށް ދެވިގެންދާ ބިމުގެ ބައެއްގެ ގޮތުގައި ވެސް ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް އެންގުމަކާ ނުލާއި އަށް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއް އިންޑިއާއިން ހިންގާ މަޝްރޫއަކަށް ދޭއިރު އެއީ ރައްޔިތުންނަށް އެތައް ގޯއްޗެއް ދެވެން އޮތް ބިމެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު "ވަގުތު" އަށް ވިދާޅުވީ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމެއްގައި ކުރިއަށް ގެންދަން ސަރުކާރުގެ ވިސްނުމުގައި ހިމެނޭ ކަމަށެވެ.
މި ގޮތުން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑު ކުރާއިރު އެ އެއާޕޯޓާއި މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުމިނެއް އޮތުމާއި އެއާޕޯޓް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ އިތުރު އިމާރާތްތަކާއި ޓޫރިޒަމަށް ބިމެއް ބޭނުންވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"އެއާޕޯޓް ރަންވޭ ބޮޑު ކުރާއިރު މިހާރު އެމްއެންޑީއެފް ހެޑް ކުއާޓަރު ހުރި ސަރަހައްދަށް ރަންވޭ އެބަ ފޯރާ، މި ހެޑްކުއާޓަރު ވެސް އެބަ ޖެހޭ ރިލޮކޭޓް ކުރަން، އެހެންވެ ހެޑް ކުއާޓަރު ހިމެނޭ ސަރަހައްދަށް ވެސް ބިމެއް ހޯދަން ޖެހޭނެ ނޫންތޯ،" ޣަފޫރު ވިދާޅުވިއެވެ.
މިއީ އިންޑިއާއަށް ދިނުމަށް ކުރާ ކަމެއް ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ޣަފޫރު ވިދާޅުވީ، މިއީ ދިވެހި ދައުލަތުގެ ބިމެއް ކަމަށާއި އެ ބިމުގައި ގާއިމް ކުރާ އެސެޓްތައް ވެސް ލިބޭނީ ދިވެހި ދައުލަތަށް ކަމަށެވެ.
"މިއީ އިންޑިއާއަށް ބިމެއް ދޭކަށް ކުރާ ކަމެއް ނޫން، މުޅިން ވެސް ހަގީގަތެއް ނެތް ވާހަކަތަކެއް އެ ފަތުރަނީ،" ޣަފޫރު ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށް އަވަށްޓެރި ގައުމުތަކަށް ފްލައިޓް އިތުރު ކުރުމާއި ތިލަދުންމަތި ސަރަހައްދުގައި ޓޫރިޒަމް ފުޅާ ކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް އެ ސަރަހައްދަށް ކުރާ ވައުދެކެވެ. ތިލަދުންމަތީ ސަރަހައްދަކީ ރާއްޖޭގައި ޓޫރިޒަމް އެންމެ ދަށް އެއް ސަރަހައްދެވެ.
މީގެ ކުރީގައި "ޓޫރިޒަމް ނެތް ހދ." ގެ ނަމުގައި އެ އަތޮޅު ޒުވާނުންތަކެއް މީސް މީޑިއާ ކެމްޕޭނެއް ވެސް ކޮށްފައިވެއެވެ.
ހއ. އަތޮޅާއ ހދ. އަތޮޅުގެ އިތުރުން އައްޑު ސިޓީއާއި ފުވައްމުލައް ސިޓީ ފަދަ ޓޫރިޒަމް ދަށް ސަރަހައްދުތަކުގެ ޓޫރިޒަމް ވިޔަފާރި ފުޅާ ކުރެވިގެން ދިއުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.
"އެ ބިމުގައި ގާއިމް ކުރާ އެސެޓްތައް ވެސް ލިބޭނީ ދިވެހި ދައުލަތަށް" މިހެން ވިދާޅުވިއިރު އެއީ ކިތައް އަހަރު ފަހުން ލިބޭވާހަކަތޯ؟
ހޮޅި ނުހެއްލާ ކޮންމެވެސް ރަނގަޅު އެއްޗެއް ކިޔާބަލަ. އެބޮޑު ބިމުގެ ޕްލޭނެއް އެބައޮތްތަ. އެބިމުގަ އަސްދުއްވުމާއި ގެރީގެ ކުޅިވަރު ކުޅުމާއި ބުދަށް އަޅުކަން ކުރަން އިންޑިޔާއިން ބަޔަކު ގެނެސް ރާއްޖެ އަޅުވެތި ކުރުމަކީ ތަރައްޤީތޯ
ތިޔައީވަރަށްބޮޑު ހަގީގަތެއްކަން ފެންނަމުންދާމަންޒަރުތަކުން ދެފޫދޯރިއަށްވެސް ޝައްކެއްނެތްމިންވަރަށް ޔަގީނާގާތަށްހީވެދާނެ! ހަތަރުސަރަހައްދެއް އިންޑިއާގެ މިލިޓަރީ މީހުން ބަނޑަހަޖަހައިގެންތިބިއިރު ގަޕޯމެންގެއަންބޮނޑި އިރައިރައިގެންދާވަރު ޝައްކެއްނެތްމިންވަރަށްޔަގީނާގާތަށްހީވޭދޯ
އެއީ ގަބޯގެމަންމަގެ ތާކުންވެއްޓުނު ބިމެއްތޯ : އެހެންނުދެވޭނެ ...
ހަނިމާދޫ މީހުން ގޯތި ނުލިބިގެން ދެން ޝަކުވާ ނުކު ރަން ބުނެބަލަ އެމީހުންގެ ވަ ރިހަމަބޮޑު ޢާފިލުކަމުން އިންޑިޔާ ސިފައިންނަ އެ ރަށުގަ އެތިބެވެނީ...ފައިސާފޮއްޗަކަށް ވޯޓުވިއްކާބައެއް...ޒުވާނުންގެ ދެތިން ޕާޓޭން ކިހިލިޖަހައިގެން ތިމީހާ ހު ރިހާކަމެ ނިންމާލަނީ..
މި ގަފޫރުއަށް މީނުރަށްކާތެރިކަމެއްކަން އެނގިހުރެ މިކަންދިފާއުކުރަނީ ފައިސާގެ ދަހިވެތިކަމުގަ މީނާ ހަށްޔަރުކުރާނެ ދުވަހެއް އޮތްކަންހަނދުމަނެތުނީތޯ އިންޑިއާއަކީ ކޮންބައެއްކަން އަހަރުތަކެއްފަހުން ކަލެއަށް ފަހުމްވާނެ އެއިރުން އޮންނާނީ ވާނެއެތިވެނިމިފަ.
މީ ކިހާ ބޮޑުވެއްޖެ ކަމެއް މި ބައިގަނޑު ވެ ރިކަމަށް އަންނަ ކޮންމެ ފަހަ ރަކު ކު ރާ ކަމަކީ ޤައުމާ ޤަެުމުގެ މުދާ އިންޑިއާ އަށް ވިއްކުން. ވެ ރިކަން ކު ރަން ނޭންގެންޔާ އިސްތިއުފާ ދީ މާ މޮޅެތި ބަޔަކަށް ހެދިގެން ބަޔެއް ގެ އުނގަށް ވެއްޓި ގެން ތިޔަ އުޅެނީ
ޙަނިމާދޫގެ ދުރު މުސްތަޤުބަލައް ނުވިސްނަންތޯ، ހަނިމާދޫގެ ބިންތިޔަހުސްކޮއްލަނީ. ކީއްވެތޯ ތިބިން ނެގިއިރު ކައުންސިލާ މަސްވަރާނުކުރީ. 20 މުއްދަތައް ބިމައް ގެނަނަ ބަދަލަކުން ކުރާނެ އަސަރައް ބަލަން ޖެހޭނޫންތޯ ލޭންޑް ޔޫސް ޕްލޭން ބަދަލު ގެންނައިރު.
ގަބޯ އކަންޏެއްނޫން ސިނކުޑި ދެއްވާފައިވަނީ.
ޢެއަރޕޯޓްގެ އަސްލުކިރެހުން ދައްކަން ނުކެރިގެން ތިޔައުޅުއްވަނީ ކީއްވެތޯ.
އަދިވެސް ރަށްޔިތުންއޮޅުވާލާ ދޮގުހަދާކައް މިނުބައިނުލަފާމީހާލަދުހަޔާ ތެއްވެސް ނުގަނޭދޯ. ލާރިއެއް ލިބިއްޖިއްޔާ އަމާވިއްކޭއިރުވެސް މިނުބައި މީހާއަށް ބުނާނީ މައްމަވިއްކާލީ ތަރައްޤީ ކޮއްޒުވާންކަން ހޯދާދޭށޭ ދޯ. އެއްމެންނަކީ ކަލޭކަހަލަ އަމިއްލައެދުންބޮޑުޖާހިލުންނެއްނޫ ނެވެ. ތިވެވެނީ ކަނޑައެޅިގެން ޤައުމައްޤައްދާރެވެ ކޮންމެސް ތިކމުގެއަދަބާކުރިމަތިލާންޖެހޭނެކަންދައްނާތި.
ވަގުކަލޭގެ ދޮގުނަހަދާ މައިތިރިވެގެން ހުރޭ. މިހާރު ތިދައްކާ ވާހަކަ ބުޅާވެސް ގަބޫލުނުކުރާނެ.
މީ އަނެއް ގައްދާ ރު...މީނަގެ މުދަލާ ގޯއްޗާ ދެންވެސްހު ރިނަމަ ހު ރިއެއްޗެ އިންޑިޔާއަށް ދޭންވީނު..އިތު ރަށް ތަ ރައްގީކޮއްދޭނެ އެމީހުން..ހަނިމާދޫ މީހުން ގުބޯހައްދައިގެން އެމީހުންގެ ބިން ފޭ ރިގެންފަ އެއޮތީ...ހަނިމާދޫގެ ދެތިން ގޮލާ އުޅޭނެ މީނައަތުން އެތިކޮޅުލިބޭ..ހަނިމާދޫ މީހުންނަކީވެސް ވަ ރަށް ވަ ރިހަމަބޮޑުބައެއް...އިންޑިޔާމީހުންނަ ގެ ކުއްޔަށްދީގެން އުޅޭ މީހުންނާ އެމީހުންނަ ކައްކާ ކާންދޭއުޅޭ މީހުންގެ ޖީބަށް ވަންނަ ފައިސާ މުޅި ރަށުގެ ރައްޔިތުންނަ ލިބެނީކީވެސް ނޫނޭ..އަޑުގަދަ ދެތިން މޑޕ މީހުންނުކުމެ ރަށް އެއްކޮށް ވިއްކާފަ އެއޮތީ..އެ ރަށުމީހުންނަ އިސްލާމްދީން ރަގަޅަށް ނޭގޭތީދޯ މީނަ ލާދީ ފަތު ރަން ކާފަ ރަކު އެ ރަށަށް ގެންގޮސް ދަ ރުސްދިނީ...
ޤައުމު ވިއްކާލާފަވެސް މިމީހުން ހަމަ ބުނާނީ މިހެން !
އެމް އެން ޑީ ގެނަމުގައި ހަދާތަނުގައި ތިބޭނީ އިންޑިއާ މީހުންހެންހީވަނީ 2 ރިސޯޓާ ލެފްޓޮޕަކުން ގައުމު ހިންގަން އައިމީހުން ޙުދުތިމާމެންގެ މުސާރަވެސް މިނަގަނީ ރައްޔިތުން އަތުންނަގާޓެކްސް އިން އެވަރުންވެސް ނުވެގެން ބިންކޮޅެއް ވެލި ފުކެއް ގިރި އެއް ހަަލެއް ނުބާއްވާ ބޭރުމީހުންނައް ވިއްކާލާ މަންޒަރ މިފެން ނަނީ ކެންޕޭނުގަ މީހަކު ބުނިހެން ހީވޭ ތިމަންނަގެ ވެރިކަމެއްގައިި އަކަ އިންޗިއެއްވެސް ބޭރުގެބަޔަކައް ނުދޭނަމޭ އެބަހުގެ މާނަ މިހާރު މިއިނގެނީ އެންމެ އަކައިންޗިއެއްވެސް ނުބާއްވާނަމޭ ސަލާމަތުން ވިއްކާނުލާ ވެދުން
ރައްޔިތަކު ބޯހިޔާކޮއްލާނެ ގެއެއްއަޅާނެ ބިންކޮޅެއްނުދީ މިފެންނަނީ ތިމާމެން ހިތައް އެރިހާބަޔަކައް ވޯޓް ހޯދަންވީމަ ރައްޔިތުމީހާ މިފެންނަނީ ކިހާދުވަހަކުތޯ ދުނިޔޭގައި އުޅޭނަމޭ ހިތުގައޮތީ ބަލަ ފިރުއައުނެވެސް ތިޔަހެން ވަރުދައކާލާފައި އުޅުނު ކޮބާތޯ މިހާރު ތިޔައީ މީހަކައް ސެލިޔުޓް ނުނަގައް ވަޒީފާ ދޫކޮއްލިމީހާކަން އެންމެން ދަނޭ މިހާރު އެމީހާ ކަރުގަ އަޅުވައިގެން އުޅޭމަންޒަރ މިފެންނަނީ
މަޖްލީހުގަ އުޅޭ ވިޔަފާރި ވެރިއަކު ދައްކާނީ ފައިދާގެ ވާހަކަ އެވެ.
މީނާ އަކީ ހުރިހާކޮޅަކުން ކައިގެން ބަނޑުފުރާފައިވާ މީހުން މީނާ ދައްކާ ވާހަކަ ގަބޫލުނުކުރާތި. އެއްބަސްވުން ކައުންސިލުންބަލާ އޭގެކޮޕީ އެއް ކައުންސިލްގައި ބާއްވާތި.
ގައުމަށް ގައްދާރުވާ މެންބަރުން ފެނޭތަ!
އާންމު ރައްޔިތުންތިބީ އަނދިރިވެފަ މިސަރުކާރަށް އިންޑިއާގެ ނުފޫޒުހިންގާވަރު ނުފެންނަން ވެރިކަމުގައި ނަމެއްގައިތިބުން ބޭނުން ވިޔަސް މިއީފުކެއްބޮޑުވަރު ޅަކުއްޖަކަށްވެސް މިމީހުން އަޅުވެތިވެފަ ތިބިވަރު އެބަފެނޭ!؟!؟!؟!؟!؟!؟
އެމްޑީޕީގަ ތިބީ ކޮރަޕްމީހުން
އެ ތެދެއް. ކަންބޮޑުނުވޭ. އަހަރެމެންނަށް ރަޖިސްޓަރީ ކުރާ ގޮތަކަށް ނޫން ބިން މި ހޯދަނީ. ކަލޭމެންނަށް އެހީ ވާން އެ ތަނަށް މި ފޮނުވާ މީހުން އެ ތާ ތިބޭނެ. ދެން އެ މީހުން ތިބެންޏާ އެ މީހުންގެ އަނބިދަރިން ވެސް ފޮނުވަން ޖެހޭނެތާ. ދެން އެ އެންމެން ތިބޭ އިރު އެ މީހުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެ މީހުން ވެސް ތިބޭނެތާ. ދެން އެ އެންމެން އުޅޭ އިރު އެ މީހުންނަށް ބޭނުންވާ ކަންތައްތައް ފުއްދޭނެ ތަންތަން އަޅަން ވާނެތާ. ޕްރޮޖެކްޓް ނިމުނީމާ އެންމެން ގެންނާނަން. ހެޔޮ ގަރުނެއް ވިޔަސް ހަނދާން ބަހައްޓާނަން ޕ ނިމުނީމަ އެ މީހުން ގެންނަން. މަގޭ ފަހުން އަރާ މީހުން ވެސް ހަނދާން ބަހައްޓާނެ.
މި މީހާއާއި ސުވާލެއްކޮށްލަންބޭނުން. މި މީހާއަށް ކިހާވަރަކަށް މި ކަމުހެ ޙަޤީޤަތް އެނިގެން ދައްކާ ވާަހަކައެއްތޯ މީ؟ އެކަމުހެ އެއްމެ ހެއްކެއްވެސް ހަނިމާދޫ ރައްުޔިތުންނަށް ލައިވްކޮށް ދއްކާލަބާލަ ނިކަން
މި ޤަފޫރުވެސް އަވަހަށް ހައުމުން ބޭރުން ވަޒީފާ ގަނޑެއް ހޯދާ!!! ހަމަ ސީދާ ގައުމުގެ ގައްދާރުންގެ ލިސްޓުގައި ހިމެނިފައިވާ މީހެއް ތިއީ. ގައުމުގެ ހައްދާރުންނަށް ގައުމުގެ ދަރިން މައާފެއް ނުކުރާނެ...
ތިވަރަށް ތިފުފެނީ، ގައުމު ވިއްކައިގެން ހަރާމް ލާރި ހޯދައި އެކައިގެން އުތަ؟
މިކަލޭގެ މިއީ ޒައިނިސްޓުންގެ އެޖެންޓެއް. ސެކިއުލަރިޒަމް ފަތުރަން ބޭރުން ބައެއްގެނެސް އެމަސައްކަތް ކުރި. މިހާރު ހަނިމާދޫ ރައްޔިތުންގެ ބިން އިންޑިޔާގެ ބަބުރުވަސްދުވާ މުންޑު އަރުވާ ޖަހައިގެން ދަނޑިހިފައިގެން އިސްލާމުން މަރަމުން ދުވާ ބައިގަނޑަށް ދޭން މިނިންމީ.. ހަމަ ޔަގީނުންވެސް މިކަލޭގެ ފައިސާގެ ބޮޑު އަދަދަކަށްނޫނީ މިވަރުގެ ކަމެއް ކުރާނެކަމަކަސް ގަބޫލެއް ނުކުރެވޭ.............
ގަފޫރުގެ ތަރިކަތަ އިންޑިޔާއަށް ތިބަހަނީ.. ހަސަން ތާޖުއްދީންގެ 2 ދަރިންނަށްވުރެވެސް ނުބައި ޔަހޫދީކަން ގަދަ ބައިގަނޑެއް މި މޑޕ ގެ މެންބަރުންނޭ ކިޔައިގެން މިތިބީ.. ގާނޫނު ހިނގާކަން ދައްކާލަންޖެހޭނެ މިވެރިކަން ނިމުމާއެކު..
ތި މެންބަރުންނަށް ވާތުން ލިބޭ ފައިސާއަށްޓަކައި މުޅި ގައުމު ވިއްކާ ހުސްކޮށްލާފި. ތި އެއަރޕޯޓް އޮތީ ކޮން ބައެއްގެ ބެލުމުގެ ދަށުގައި ބާ. އަދި ކިތައް އަހަރަށްބާ ދީފައި އޮތީ. ދީފައި އޮތް ގައުމަކީ ގަައުމުތަކަށް އަތްގަދަ ކުރަމުން ނުދާ ގައުމެއްބާ. މުޅިންވެސް ސުވާލު. ޣަފޫރުމެން ތިހެން ދައްކާ ވާހަކަ ޤަބޫލުކުރާނީ އެމްޑީޕީގެ ދެތިން މީހަކު. ގައުމަށްވާ ގޮތް ބަލަން މިތިބީ. ކުރިއަށް ގެންދޭ، ޣަފޫރުމެން ދަރިން ބޭރުގައި ދިރިއުޅުނަސް އަހަރަމެން ރެފިއުޖީންގެ ގޮތުގައި މިހާރުވެސް އުޅޭތަން މީ. ރެފިއުޖީންނޭ މި ބުނަނީ ވަންނާނެ ތަނެއް ނެތީމަ.
ހަނިމާދޫ ގިނަމީހުންނަކީ ކިރުފެލިހުންޏައް ބަރަލި ދާއުސޫލުން މަދު ފައިސާކޮޅެއް ދެނިކޮށް ކޮއްމެކަމެއް ވަރިހަމަބައެއްކަން ގަބޯވަނީ އިންޑިޔާސިފައިންނައް ކިޔައިދީފަ. ގަބޯއަކީ ކާކުކަމާ ގަބޯގެ މާޒީ ހަނިމާދޫ ރަޢޔިތުންނަކައް ނޭގޭނެ އަހަރެމެން ގަބޯގެއާއިލާއާއި ގަބޯގެ މާޒީދައްނައް. މިވަގުތު ހަނިމާދޫ ރައްޔިތުން ތިޔަކަމާ ދެކޮޅައް ނުތެދުވެއްޖެނަމަ ފަހުން ވަރައް ބޮޑުހިތާމަކުރަންޖެހޭނެ.
މީ ވެރިކަން ވައްޓާލަންޖެހޭ ވަގުތު. ދިވެހިރާއްޖޭގެ ވަސީލަތްތައް ނުހަމަ ގޮތިގައި ބޭނުންކޮށް ބޭރުގެ އަޅުވެތިކަމަކަށް ގެންދިޔުމަކީ ވަރަށް ނުރައްކާ ކަމެއް
ބޮޑު ބިމެއް ނެގީ އިންޑިއާއަށް ދޭކަށެއް ނޫން: ޣަފޫރު
13 ގަޑިއިރު ކުރިން ( ޖޫން 7, 2021 )
މީއެންމެ ބޮޑެތި ގަމާރުން މިމީހުނަށް ލާރިދޭން ބުނެފިއްޔާ މިމީހުންގެ ދެކިޑްނީވެސް އެއްފަހަރާ
ވިއްކާލަންވެސް އެއްބަސްވާނެ، އަޅެފަހެ ދިވެހި ކުންފުންޏަކަށް މިރުގެ ނޫނީ މިއަށްވުރެވެސް
ކުޑަ ބިންކޮޅެއް ދޭށޭކިޔާފަ މިގެރ ތަށް ނުފެލެނީ ކީއްވެ؟ ތިރީޓޮޕް ހޮސްޕިޓަލް އަޅަން
އެވެރިންނަށް ޖެހުނީ ބިންހަންނަން.