އާއްމުންގެ ފަރާތުން އަހަން ބޭނުންވާ ސުވާލުތަކާއި ހުރި ކަންބޮޑުވުންތައް ފަސޭހައިން ހިއްސާ ކުރެވޭނެ ގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލައިވް ޗެޓް ތައާރަފް ކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ކޯލްސެންޓަރުތަކުގެ އެހީތެރިކަން އާއްމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަ ޖެއްސުމުގެ ގޮތުން ލައިވް ޗެޓް ތައާރަފް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ލައިވް ޗެޓް ތައާރަފް ކޮށްފައިވަނީ ނަން މެޑިކަލް ކުއެރީސް އަށް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ސުވާލުތައް ނުވަތަ ކަންބޮޑުވުންތައް ފާޅު ކުރުމަށް ޓުވިޓާ ނުވަތަ ފޭސްބުކު މެސެންޖާ އިން ވާހަކަ ދެއްކޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ލައިވް ޗެޓް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 00:00 އާއި ހަމައަށެވެ.

އެޗްޕީއޭއިން ލައިވް ޗެޓް ތައާރަފް ކޮށްފައި މިވަނީ ކޯލް ސެންޓަރުން އެންމެ އެދެވޭ ގޮތަށް އާއްމުންނަށް ހިދުމަތް ނުދެވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ދަނޑިވަޅެއްގައި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތަންކޮޅެއް އަވަސް. އެސް. އެމް. އެސް ތައާރަފް ކުރޭ އެހަށް

  2. ފައުޒިއްޔާ

    މިވެސް ކިހާ ވަރަކުން ދާނެބާ

  3. ރީމް.

    ވިހާ ވެސް ގިނަ ޅަ ކުދިން އެއް ކުރީމަ އެނިމުނީ.....