ޑްރަގް ނެޓްވޯކްގެ ދަށުގައި ރަހުނުކުރިކަމަށް ބުނާ މިސްބާހު މުހައްމަދު (25އ) ގެ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ މީހާ އަކީ މިސްބާހުކަން އޭނާގެ ދައްތައަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

އެ ވީޑިއޯ ގައި މިސްބާހު ބުނަނީ، އޭނާއާ ޑްރަގް ނެޓްވޯކްއަކާއި ގުޅުމެއް ނެތް ކަމަށާއި، ފުލުހުން "ހަދަނީ ދޮގު" ކަމަށެވެ.

ވީޑިއޯ ނަގާފައިވަނީ ކޮންތަނެއްގައި ކަމެއް ޔަގީނެއް ނުވެއެވެ. އެކަމަކު މިސްބާހު ހުރީ ޑްރަގްނެޓްވޯކެއްގެ ދަށުގައިކަން ފުލުހުން ޔަގީންކޮށްދެއެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއި އަށް ގޮސްފައެވެ.

މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.

އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.

އޭގެ ފަހުން މިސްބާހު ޕާކިސްތާނަށް ދިޔަކަން ވަނީ އެނގިފައެވެ. ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އާއިލާ މީހުން ބުނެފައިވާ ގޮތުން މިސްބާހުއާ އެންމެ ފަހުން ބައްދަލުވެފައިވަނީ އޭނާގެ އުފަން ރަށް، ނޮޅިވަރަންފަރު އިން ނޮވެމްބަރު މަހުއެވެ. މިސްބާހު އަކީ ނަފްސާނީ މައްސަލަތަކެއްވެސް ހުންނަ މީހަކަށްވާތިވެ، އޭނާ އަކީ އަމިއްލަ އަށް ދަތުރުފަތުރު ކުރެވޭވަރު މީހެއް ނޫން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޮލް

    އެހެރީ ނަފްސާނީ ވެފަ

    16
    2
  2. ވާވާ

    ނަފްސާނީ މައްސަލަހުންނަމީހެކޭކިޔައިގެން އޭނަ ލައްވާ ޑްރަގް ވިޔަފާރިކުރުވަނީ...ރަނގަޅަށް ވިއްޔާ އާއިލާއަށްވެސް އިނގޭނެ...މިޖީލުގެ %50 ޒުވާނުންނަކީ ޑްރަގް ވިޔަފާރީގައި އުޅޭމީހުން...އާއިލާއަށްވެސް އެނގިތިބެ....

    27
    2
  3. ާރައްޔިތުމީހާ

    މި މީހާާއައް ވީގޮތެއެއް ބަލާ ދޭނެ ތަނެއް މިރާއްޖޭގަ ނެތް ދޯ.....ރޯޔަލް މީހަކައް ނުވީމަ ދޯ ....... މީވެސް ދިވެހިރައްޔިތެއެ ނޫންތަ ...ވަރައްދެރަ

    22
    10
    • ސަން

      ނުޖެހޭ ބަލާކަށް. އަމިއްލައަށް ދޯ ފިޔަ ތާކަށް ދިޔައީ

  4. ޢިންޖިނިއަރ އެޑިލް

    މުސީބާތެ އް މިޢީ ކުޑަ ކުދިން ކުޅޭ ފީކޯ އިތް ތަ... އަގަނާރުވާ އެމީހަކު ހުރިތަނުން ނުކުމެގެން އ އަ އީ މާ ވީ އެ އް ނު....މުޅި ގަ އު މު އެލާޓް އަށް ނުގެނެސް

  5. ނނނ

    ވީޑިއޯ ކޮބާތަ

  6. މިވެސް މީހެއް

    ކޮބާތަ ވީޑިއޯ؟