ގދ. ގައްދޫން ރިކޯޑް އަދަދަކަށް މީހުން މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގައްދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ އާމިނަތު ރަޝީދާ "ވަގުތު" އަށް ވިދާޅުވީ، އެރަށުން މިއަދު އިތުރު 25 މީހަކު ފައްސިވެފައިވާ ކަމަށާއި އެމީހުންނަކީ މިމަހުގެ 5 ވަނަ ދުވަހު ނެގި ސުންކުތަކާއި 4 ވަނަ ދުވަހު ނެގި ސުންކުތަކުން ފައްސިވެފައިވާ މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޖުމްލަ 52 ސުންކު ނަގާފައިވާއިރު، އޭގެ ތެރެއިން 3 ސުންކު އަކީ މިމަހުގެ 4 ވަނަ ދުވަހު ނެގި ސުންކު ކަމަށާއި ބާކީ ހުރި ސުންކުތަކަކީ 5 ވަނަ ދުވަހު ނެގި ސުންކުތައް ކަމަށެވެ.

"52 ސުންކުގެ ތެރެއިން 25 ފައްސި، މިހާތަނަށް ނަތީޖާ ނުލިބި ހަތަރު ސުންކު ހުރިއިރު، ބާކީ ހުރި ސުންކުތައް ކޮވިޑަށް ނައްސި" ރަޝީދާ ވިދާޅުވިއެވެ.

މިއާއި އެކީ ގައްދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 35 އަށް އަރާފައެވެ.

ގައްދޫން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ފެނިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ މިމަހުގެ 1 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިކަށް ދެއްކި މީހެކެވެ. އޭނާގެ ނަތީޖާ ލިބިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ގައްދޫގެ މުޖުތަމައު ތެރެއިން ބަލި ފެނުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިވަގުތު އުސޫލުގައިވާ ގޮތުގެ މަތިން ރޭގަނޑޫ 21:00 އިން ފެށިގެން ފަތިހު 4 އަކަށް އެރަށުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހުމަދު އާތިފު

    ގައްދޫ ގަ ކޮވިޑު ފެތުރެން ޖެހުނީ ގައްދޫ ގައި ހިންގާފައިވާ ނާއިންސާފީ ކަންތައް ތަކުގެ ނަތީޖާ މިކަމުގާ ސިއްޚީ މަރުކަޒު، ކައުންސިލް އިދަރާ އަދި ޕޮލިސް އިހުމާލުވެފައިވޭ. ގަވާއިދުން ފިޔަވަޅުއަޅަން ގޮވާލަން،

    6
    1
  2. ކާފަބޭ2020

    މާމޫނާގެ އިންތިޚާބީކޮވިޑްފްރީގެ ހަދިޔާތައްރާއްޖޭގެ އެތަންމިތަނުންކޯދުލާއަރަނީ ކޮބާއިދިކޮޅަށްކޮވިޑުޖައްސަންގޮވި ނަމުންއިއްޒަތްތެރި މެމްބަރު މިކަހަލަޖާހިލުންމަގާމުތަކަށްލީމަ ވާނެހައެތިވަމުންމިދަނީ އިންތިޚާބުނިމުނީމަކަޑަޖެހިތަނެއް ބިންގާއެޅިތަނެއް ފެންނާކަށްނެތް ބަދަލުގާފެންނަނީ ކޮނެވެމުންދާ ކަށްވަޅުތައް ހުރިހިތާމައެއްގެބޮޑުކަމާއެވެ. މިބަލާވެރިކަމުން މިންޖުކުރަށްވާދޭވެ އާމީން!

  3. ތަކުރު

    މިކަން މިހިސާބަށް ފިޔައީ ސިއްހީ މަރުކަޒު ހިންގންހުރި ފާތުމަތުގެ ނާގާބިލްކަމުން. ހިތައް އެރިއެއްޗެއް މީހުނާ ދިމާލަށް ގޮވުމުގެ ނަތީޖާ. ކަންކުރަން ނޭގޭތާ ރީތިކޮށް ވާހަކަ ދައްކަން ނޭނގޭ. މަރުކަޒު އަސްލު ހިންގަނީ އޭނަގެ ބޭބެ ކައްޓޭ. އެއީ މިހާރު މާ މަތީގަ އުޅޭ މީހެއް. މުޅިރަށަކީ އޭނަގެ ތަރިކަޔަށް ހަދަންއުޅޭ ކަހަލަ