ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން "ދަންޖައްސަން" ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވިދާޅުވުމުން އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފިއެވެ.

މެންބަރު ހިސާން އަށް އަމާޒުކޮށް، ސިޔާމް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް ބުނާ އޯޑިޔޯ ކްލިޕެއް އޮންލައިން ނޫހަކުން ވަނީ މިއަދު އާންމުކޮށްފައެވެ. މިކަމާ ގުޅިގެން ސިޔާމް ވިދާޅުވެފައިވަނީ އެ ފަދައިން ވިދާޅުވީ އޭގެ އަމަލެއް ހިންގުމުގެ މާނައިގައި ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ހިސާން ފޮނުއްވި ސިޓީއެއްގައި ވަނީ، 241 ކޮމިޓީގައި ސިޔާމް އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާތީ އެ ކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކަމުގެ ސީރިއަސް ކަން ފާހަގަކުރައްވައި މަޖިލީހުގެ ސަމާލު ކަމަށް މި ކަން ގެންނަ ކަމަށް ހިސާންގެ އެ ސިޓީގައިވެއެވެ.

މަޖިލީހުގެ 241 ކޮމިޓީން ހިންގާ ޕާލިމަންޓަރީ އިންކުއަރީގެ މަޖިލީހުގެ މަސައްކަތާ ވަރަށް ދުރުން އުޅުއްވާ ސިޔާމް ކުއްލި ގޮތަކަށް ކުރިން ދުވަހުގެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. އެ ދުވަހާއި އަދި އޭގެ ފަހުން މިއަދު ބޭއްވި ކޮމިޓީގައި ހިސާނަށް ސިޔާމް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް މުއާމަލާތް ކުރެއްވި ކަމަށް އެ ސިޓީގައިވެއެވެ.

އަދި ހިސާން ކޮމިޓީގައި ނެތް ވަގުތެއްގައި އޭނާ "ދަން ޖައްސަން" ގޮވަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި ކަމުގެ މައުލޫމާތު އެ ކޮމިޓީގެ އެހެން މެންބަރުންގެ ކިބައިން ލިބިފައިވާއިރު، އެ ފަދަ މޭރުމަކުން ވާހަކަ ދެކެވޭނެ ކަމަށް ބަލައިނުގަނެވޭނެ ކަމަށް ހިސާންގެ އެ ސިޓީގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ހިސާން މަޖިލީހަށް ހުށަހެޅުއްވި ބިލަކާ ގުޅިގެން ގިނަ ބަޔެއްގެ ފަރާތުން އޭނާއަށް އެކި ޒާތުގެ އިންޒާރުތައް އައިސް ނުރައްކަލަކަށް ހުށަހެޅިފައިވާ މި ދަނޑިވަޅުގައި މެންބަރަކު ދެއްކެވި ވާހަކައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ ސިޓީގައިވެއެވެ.

އެއީ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެވެ. ހިސާނަށް މި ދުވަސްވަރު ބޮޑެތި ފާޑުކިއުންތަކާއި އެކި ޒާތުގެ އިންޒާރުތައް އަންނަމުން ދަނީ މި ބިލާ ގުޅުވައިގެނާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަން އޮންނަ ޖޭއެސްސީގެ ރިޔާސަތުގައި އެކަމަނާ ހުންނަވާ ކުރައްވާ މަސައްކަތްތަކާ ގުޅުވައިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ތިރިބެ

    ސަރުކާރު ފަރާތުން ހިސާނު ހުށައެޅުންވިބިލެއް މިހެން ، ނޫހުންވެސް ފިތުނަ އުފައްދަނީ

    12
    5
  2. ގަ މާރު

    އެމްޑީޕީ ތެރޭގަ އި ފެކުޝަން އުފެދިފަ އިވާ ވަރުން ސިޓީ އާ އިމެދު ކަން ބޮޑުވެ

    21
    • ސަައިކޯ

      އިންފެކްޝަނޭތޯ؟؟؟ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  3. އަލި

    ކިތަންމެ ބިލެއް ހުށައެޅިޔަސް މީހާ އައުރަ ނިވާކޮއްގެން ހުރި ކަމަކަށް ނުވާނެ... އަދި ހިސާނު ބިލު ލައިގެން ދޮންކުރަން އުޅުނަސް ދުނބުރިއެއް އަނބަކަށް ނުވާނެ.. ލާދީނީ މީހުން ވާނީ ހަމަ ލާދީނީއަށް

    61
    3
    • ޒަމީރު

      ވަރައްބޮޑުތެދެއް މާތްﷲ އިރާދަފުޅުން ޙިސާން ބޭއިންސާފުން ކުރަމުން ގެންދާ ކަންތައްތަކުގެ ވަރުގަދަ ޢަޛާބު ދެއްވާނެ

  4. އެލެކުސް އޮބި

    ބުނުމުގެކުރިން ބަހަކީ ތިމާގެ އަޅެ އް ބުނުމަށްފަހު ތިމާވާނީ ބަހުގެ އަޅަކަށް ކުރެވޭ ކަންތަކާ ބުނެވޭ އަދި ހުށައަޅާ ކަންތަކާމެދު ވިސްނާލުން ބުއްދިވެރި. އަހަރެން ހީ ކުރީ މަޖިލީހުގައި ތިއްބަވަނީ ނަމުން އިތްޒަތެެރި ބުއްދިސަލާމަތުން ތިބި ދިވެހިންކަމަށް ނަމަވެސް މިހާރު އެގިޖެއް އެތާ ގިނައީ ދެއުޅިއެއް ނުވާ ކަނޑުކޮހުންކަން

    36
    3
  5. ށުމަން

    މި ދައްތަ އަހަރެން ބޭނުން ށާދީ ކުރަން. ޑާކާ ގަ ހުންނަނީ އަހަރެންގެ ހައުސް.

    20
  6. ޒުބޭދާ

    ހިސާން ކަލޭ ގޮސް އޮވޭ އަންނީ އުނގަށް އަރާ.. އަންނީ ގިލިގިލި ކޮށްޓަދޭނެ..

    39
    3
  7. Mahujanu

    އއެކަކު އަނެކެ އްގެ މަސް އަލަ ބެލުމުގަ ފަސް އަހަރުގެ ދަ އުރު ނިންމާލާ، ރަ އްޔިތުންނަށް މަންފާލިބޭ ކަމެ އް ކުރެވޭނެބާ؟

    33
    1
  8. ނަޒީމް

    އެެއީ ތެދެއް ހިސާން ދަންޖައްސައިގެން ނުވާނެ.

    11
    6
  9. ދެންދެނޯ

    މިފަހަރު ސިޔާމު މަޖްލިސް އިން ވަކިކޮށްލާނެ ތިޔަފަދަމަޤާމްތަކުގަ ތި އްބަވާ އިރު އޮރިޔާން ނިވާ ކޮށްގެން ތި އްބެވުން ކި އެ އްތޯ ހަ އްހަ އް؟!؟!؟!

    26
    3
  10. ބޮކި

    މިއީ އެއްކަލަ ނުކުޅަދޭ މީހުން ކުޅަދޭ މީހުންނަށް ގޮވިމީހާދޯ ؟؟؟؟؟

    16
    3
  11. Anonymous

    ތިޔަ ބޭފުޅުން ހެޔޮ ކޮއްމެ ކަމެއް ކުރަން ގޮވިޔަސް އަދަބެއް ނާނނާނެ މީހަކު ކޮމެންޓެއް ކޮއްލައިފިއްޔާ އެވީ ކުޑަ ގޮޅިޔައްލާން.

    32
  12. Anonymous

    ފުރަމާލޭގެަގުތަކުގަ އާންމުރައްޔިތުންނައް ހިނގާއުޅެމް އުނދަގޫވާހިސާބައް ދުއްވާލާ ޑޜ ވަހީދު ދަންޖައްސާ މަރަން ގޮވި ޕާޓީ މިއަދުވެރިކަަން ކުރަން ލިބުނީމަ ހުދުކާފޫރައްވީ...

    40
    2
  13. Anonymous

    ހިސާން ކޮބާ ބުރުގާ. ޥވވވވ ހުތުރު މުސްލިމަކަށް ވެހުރެ ބުރުގާ ނޭޅީމާ. ނާޒިލުވެސް ވެއްޖެއެއްނޫންތަ ގަދަބާރުންވެސް މީނަ ބުރުގާއަޅުވަން. މަވެސް މީ ބުރުގާ އަޅަައިގެން ހުރި މީހަކަށް ވާތީ މިހެން މި ބުނީ.

    10
    1
  14. ވާގޮނުސްކޮ

    ޑޜ ވަހީދު ދަންޖައްސާ މަރަންގޮވި އެމްޑީޕީ ގެ އައުވާނުން
    މިއަދު ހުދުކާފޫރައްވީތޯ؟ ގަްުމުގަ ވަލއްޔުލްއަމްރު ދަންޖައްސާ މަރަން ގޮވުމަކީ ހަމަ ވަރަށް ސިމްޕަލް ކަމަކީތޯ؟ ސިފައިންަ މަގުމަގަތީ ރޫޓް މާޗްގަ އެމީހުންނާދިމާލައް ހަތަރެސްފާބަޅާބުޅިކިރަމުން ވައްތަރު ޖައްސަމުން ތެޅުނީ ކޮންބައެއްތޯ؟ ފުލުހުމްނާތަޅާނެ ކުދިންކޮޅެއް ހޯދާގެން މާރާމާރީ ހިންގަން ހިތްވަރުދީ ދައުލަތުގެ މުއައްސަސާތްކުގަ ހުޅުޖަހާ ރައްޔިތުންގެ މުދަލްއް ގެއްލުންދިނީ ކޮންބައެއްތޯ؟ ކޮހުންބޮޑުންނައްވީ އިރު ހޭވިހަޑިދޯ؟..... އައްޗީޑި ލަދުންބޯހލާކު

    17
  15. ކަރަކަރަ

    ޑޜ.ވަހީދު (ރައީސްވަހީދު) ދަންޖައްސަން ނުވަތަ ކާޅަށްގޮވިއިރު މީނަވެސް އެމްޑީޕީއާއެކު ހުރި ކައްޗަށްއެޅި ބިންގަލެއް އެއްޗާހަމަޔަށް އެރިއަސް އޮންނާނީކައްޗަށް

  16. ދެމަރު ތުއްތު

    މަޖިލީހުގައި މީހުން މަރަންވެސް ގޮވޭނެ ކަމަސް މަޖިލީސް ރައީސް ވިދާޅުވަނީ ، އަދި މީހަކު ދަންޖަންސަން ޖެހޭބުނުމަކުން މަރުވީކީވެސް ނޫނެންނު ، ލާދީނީ މީހުން ވަރަށް ބޮޑަށް މަރު ދެކެ ބިރުގަންނަކަމަށް ވަނީ ، އެކަމު އެއީ ދޯ ގެރެންޓީ ކަމަކީ..